"ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ގެ ރެސްޓޯރެންޓް މާލޭގައި ހުޅުވަން ތައްޔާރު ވެއްޖެއެވެ.

ދުނިޔޭގެ މަޝްހޫރުކަން ލިބިފައިވާ ދެ ފްރެންޗައިޒް ބްރޭންޑް ކަމަށްވާ "ކޭއެފްސީ" އާއި "ޕިއްޒާހަޓް" ރެސްޓޯރެންޓް ހުޅުވަނީ އަމީނީމަގުގައި ހުންނަ "މާލެގްރޭންޑް" ގައެވެ.

މި ދެ ތަން ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނައިރު، މިހާރު އެ ދެ ތަނުގައިވެސް ނަން ބޯޑު ވަނީ ހަރުކޮށްފައެވެ.

މާލޭގައި ޕިއްޒާހަޓާއި ކޭއެފްސީ ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، ބާގާ ކިންގް" އަދި "ދަ ކޮފީ ކްލަބް" ވެސް މާލޭގައި ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ.

މި ދެތަން ހުޅުވުމަށް ނިންމާފައި ވަނީ މާލެ އިން ހުޅުމާލެއަށް ފުރާ ފެރީ ޓާމިނަލް ހުންނަ އިމާރާތުގައެވެ. ބާގަ ކިންގް ހުޅުވަނީ ސީހައުސް ރެސްޓޯރެންޓާ އިންވެގެން ކުރިން ހިންގަމުން އައި އޯޝަން ބްރީޒް ރެސްޓޯރެންޓްގެ ބައިގައެވެ. އަދި "ދަ ކޮފީ ކްލަބް" ހުޅުވަނީ މި އިމާރާތަށް ބައެއް އިތުރު ކޮށްގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިންމަބޭ

    ހަބޭސް! ތޭންކްސް ރައީސް ޔާމީން.. މި ޙަބަރު ހަޖަމު ނުވާނޭ ބަޔަކުވެސް އުޅޭނެ.. އެކަމަކު އެމީހުންވެސް އެތަނައް ކާންދާނެ.. ލޮލް

    • މޮޔަ

      ހޭބަލި ވާކަށް މީ ރައީސް ޔާމީނު ކުރާކަމެއް ނޫނޭ.. މަމެންވެސް އުފާވޭ މިކަހަލަ މީރު ކާނާ ލިބޭ ތަންތަން ހުޅުވާތީވެ. ހަޖަމު ނުވެޔޯލަ. މޮޔަ ނިގޮވާ

    • ޒާތީ

      ޕިންކް ޒާތީ

  2. Abdul Latheef

    ޔަހޫދީންނަށް ފަލަސްޠީނުކުދިން މަރަން އިތުރު ފައިސާ ލިބޭނެގޮތް ހަދާދޭން ދިވެހިން ތިޔަކުރާ މަސައްކަތް އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރިކުރަން. ދެންބުނޭ މަށަށް ތިޔަ ތަންތަނަކީ ޔާހޫދީންގެ ތަންތަން ކަން މުޅިދުނިޔެއަށް އެނގޭ އިރު މަށަށް ނޭގެންވީ ސަބަބެއް ބުނެބަލަ.

  3. ޔެސް

    ޕިންކީން ތިބެނީ އަބަދު ޒާތީވެފަ