ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ދެމުން އަންނަ ދިރާގު އިން ބޭނުން އަދަދަކަށް ވައިބާ ސްޓިކާ ލިބޭ ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފިއެވެ.

ދިރާގުގެ ކަސްޓަމަރުންނަށް ހާއްސަކޮށް ވައިބާގެ ހުރިހާ ޕްރީމިއަމް ސްޓިކާއެއް ލިބޭގޮތަށް ތައާރަފްކުރި މި ޕެކޭޖްގެ އަގަކީ މަހަކަށް 19 ރުފިޔާއެވެ.

މި ޕެކޭޖާއެކު އެތައް ވައްތަރެއްގެ ވައިބާ ސްޓިކާތައް ބޭނުން ވަރަކަށް ބޭނުން ކުރެވޭނެއެވެ. މި ޕެކޭޖް ސަބްސްކްރައިބް ކުރުމަށް ވައިބާ ސްޓިކާ ޕޯޓަލްއަށް ގޮސް "މި ލިންކް" އަށް ފިއްތާލާށެވެ. އަދި އޭގައިވާ މައުލޫމާތާއި އެއްގޮތަށް ކަންތައް ކުރާށެވެ.

މި ޕެކޭޖް ސަބްސްކްރައިބް ކުރުމާއެކު ކޮންމެ މަހެއްގައި އޮޓޯއިން ރިނިއުވާނެއެވެ. އަދި އެ ސްޓްކާ ޕެކް ބޭނުން ނުވާނަމަ ކަސްޓަމަރު އަމިއްލައަށް އަންސަބްކްރައިބް ކުރެވޭނެެއެވެ.

ބައެއް ސްޓިކާ ތަކަކީ ހާލަތު ބުނެދިނުމުގެ ގޮތުން ބޭނުން ކުރާ ސްޓިކާތަކެވެ. އަނެއް ބައި ސްޓިކާތަކުން ދެނީ މެސެޖްތަކެވެ.