ދުވާލުގެ ވަގުތުތަކުގައި މާލޭގެ ފިހާރަތަކާއި ޢާއްމު ތަންތަނަށް އެއްގަމު އުޅަނދު ބޭނުންކޮށްގެން މުދާ އުފުލުން މަނާ ވާނީ 2018 އެޕްރީލް 1 ވަނަ ދުވަހުން ފެށިގެންކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ، މި ބަދަލަށް އަމަލުކުރުން ފަސްކޮށްފައިވަނީ ކުރިއަށް އޮތް ހަފްތާއަކީ ސްކޫލްތައް ބަންދު ހަފްތާއަކަށްވުމާއެކު، ވިޔަފާރިވެރިން މި އުސޫލަށް ތައްޔާރުވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.

މާލެތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދާ އެއްގަމު އުޅަނދުގައި އުފުލުމަށް ވަކި ގަޑިތަކެއް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި އެފަދަ އެހެން ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭނީ ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށް އަދި ކައްކާ ގޭސް އެއް ތަނުން އަނެއްތަނަށް އުފުލޭނީ ހެނދުނު 8:30 އިން 11:00 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ.

މި ބަދަލަކީ މާލޭގެ މަގުތައް ތޮއްޖެހި، އާންމު ރައްޔިތުން މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ މައްސަައަށް ލުޔެއް ހޯދުމަށް ސަރުކާރުން ގެންސްފައިވާ ބަދަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އުމަރު

    މާލެ މަގުގެ ދެފަރާތުގައި ސައިކަލް، ކާރު އަދި ޕިކަޕް ޕާރކުރުމުން ރައްޔިތުންނަށް ދިމާވާނެ އުދަޤޫތައް ހަމަ ޓްރާސްޕޯޓަށް އޮތޯރިޓީ ނޭގެނީބާ؟ ކޮބާތޯ މާލެ އެތެރެކުރާ ކާރު، ފިކަޕް ފަދަ ތަކެތި ބޭއްވުމަށް ހަމަޖެހިވާ ޤަރާޖުތައް؟

  2. އުމަރުމަނިކު

    ޓްރާންސްޕޯޓު އޮތޯރިޓީގެ ބޭފުޅުން މޮޔަފުޅުވީތޯ؟ ތިފަދަ ޤައިވާޢިދުތަކަށް ބަދަލުތަކަށް ގެންނައިރު ރައްޔިތުންނަށް ދިމާވާނެ ގެއްލުމާއި، އުދަގޫތަކާއި މެދު އެންމެ ފަހަރަކު ވިސްނާލިންތައް؟ ތިފަދަ ޤަވާޢިދުތަކަކީ ނެރުމަކީ މާލޭގެ ވިޔާފާރިކުރާ ފަރާތަކަށާއި އާންމު ފަރުދުންގެ ދިރިއުޅުން ހުއްޓުމަކަށް ގެނައުން ފަދަ ކަމެއް ނޫންތޯ؟

  3. ޙުސައިން މ. މުލި

    ވާނެބާ

  4. އުބޭ

    މާތް ރަސްކަނލާގެ ދުވާލު ލެއްވީ އިންސާނުންނައް މަސައްކަތް ކުރުމުގެ ވަގުތެއްގެ ގޮތުގައެެވެ އަދި ރޭގަނޑުގަޑި ނިދުމާއި އަރާމުކުރުމުގެ ވަގުތެއްގެ ގޮތުގައެވެ.

    • ޔަގީން

      100 ޕަރސެންޓް ތާއީދު

  5. ޖުނެއިދު

    އެންމެ ފުރަތަމަ ޓްރާންސްޕޯޓް އޮތޯރިޓީން ކުަރަންޖެހޭ ކަމަކީ މާލޭގައި މަގުތަކުގައި ދެފާތުގައި ޕާރކުކޮށްފައިވާ ކާރު ، ޕިކަޕު އަދި ލޮރީ ފަދަތަކެތި ގަރާޖު ކުރަންވީ؟ މިކަން ކުރުމުގައި ޓްރާންސްޕޯޓް އޮތޯރިޓީން ފެއިލް ވެއްޖެނަމަ އިސްތިއުފާއަށް ގޮވާލަން؟ އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މިނިސްޓަރު އަހްމަދު ޒުހޫރު ފަދަ އަދުވެރި ބޭފުޅަކު ޓުރާސްޕޯޓް އޮތޯރިޓީއަށް އައްޔަންކޮށް ދެއްވުމަށް އެދި ސަރުކާރަށް ގޮވާލަން؟

  6. ނުރަބޯ

    ތިޔަބަދަލަކީ ހެޔޮބަދަލެއްގެ ގޮތުގައި ބެލޭނެ އެއްވެސް ގޮތެއްނެތެވެ. އެހެނީ ތިޔަކަމުގެ ސަބަބުން އެއްމެ ބޮޑު ދަތިކަމެއް ފޯރާނީ ދިވެހި ދައުލަތަށް އެއްމެބޮޑު އާމްދަނީ އެއް ލިބެމުން އަންނަދާއިރާ ކަމަށްވާ ފަތުރުވެރިކަމަށެވެ. ބާރު ސްޕީޑްގައި ރިސޯޓްތައް އިތުރުވެގެންދާ ވަރަކަށް ބަނދަރުގެ ޚިދުމަތް ފުޅާކުރެވިފައެއް ނުވެއެވެ. އެހެންކަމުން މިހާރުވެސް ރިސޯޓްތަކުގެ ސަޕްލައިދޯނި ތަކުން މުޅި ބަނދަރުފުރި ތޮއްޖެހި އެއްދޯނީގެބޭރުން އަނެއްދޯނި ކައިރި ކޮށްގެން ނުހަނުބުރަ ތަކެތިވެސް އަރުވަމުންދަނީ އެއްދޯނިން އަނެއް ދޯނިންލާފަ ވަރަށް ދަތިޙާލުގައެވެ. އަދި މިއީ ޖާނަށާމާލަށް އެހާމެބޮ ނުރައްކައު އޮތްކަމެއްވެސް މެއެވެ. ކަންމިހެން އޮތްއިރު ދުވާލުގެ އަލި ކަމުގައި މިކަން މިގޮތަށް ކުރެވުނަސް ކަނުއަނދިރީގައި މިގޮތަށް މިކަން ކުރާނީ ކިހިނެތްތޯއެވެ؟އަދި ޢަމްދުން ވިއްސާރަ މޫސުމުގައި ރާޅުބޮޑުވެ ބަނދަރު ހަލަބޮލިވެފައި އޮންނައިރު މިދެންނެވިހެން ތަކެތި އަރުވައި ބާލާ ހަދާނީ ކިހިނަކުންތޯއެވެ؟ އަނެއް ކަމަކީ ތިޔަގަވައިދުގެ ސަބަބުން އެތައްބަޔަކު ނިދިން މަޙުރޫމުވުމެވެ. ދުވާލު ނިދާފަ ރޭގަޑު ހޭލާތިބެގެން މަސައްކަތް ދާއިމީގޮތެއްގައި ކުރުމަކީ އެކަންކުރާބައެއްގެ ސިއްޙަތަށްވެސް ގެއްލުންހުރި ކަމެކެވެ. ވީމާ ތިޔަ ގަވާޢިދުގެ ސަބަބުން ލިބޭނެ ލުއި ފަސޭހައަށްވުރެ އުފުލަންޖެހޭ ތަކުލީފު މާ ބޮޑުވާނެކަމީ ޝައްކެއްނެތް ކަމެކެވެ. މިފަދަ ކަންކަމަކީ ސަރުކާރުގެ ތެރޭގައިތިބޭ ސަރުކާރާ އިދިކޮޅުފިކުރުގެ މީހުން ރާވައިގެން ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުކުރުވަންވެގެން ކުރާކަންކަމެވެ. އެހެންކަމުން އިސްވެދިޔަ ސަބަބު ތަކަށްޓަކައި މިގަވައިދު އުވާލެއްވުމަށް ސަރުކާރަށް ދެންނެވީމެވެ.

  7. އަލީ އާދަމް

    ޓްރާންސް ޕޯރޓް އޮތޯރިޓީ ފެއިލް ވީމަ ނޫންތޯ މިހިސާބަށް ޓްރެފިކް ކަންކަން ދިޔައީ، މުޅިތަން ކޮރަޕްޓް ވެފައެކޭ ނުބުނާނަން، އެކަމު އެނގޭހާވެސް ކަމަކީ ރެޖިސްޓްރީ ކުރާނެ ސައްހަ ގަރާޖެއް ނެތި ކިތަށް ކާރާ ކިތަށް ޕިކަޕް ރެޖިސްޓްރީ ކޮށްދީފިތޯ، މީގެން ޖީބަށް ކިހާވަރެއް އިތުރުވިތޯ؟؟

    • ޖުނެއިދު

      100 ޕަރސެންޓް ތާއީދު.

  8. ހުސޭނު

    އެހެންވީމާ ރާއްޖެތެރެއަށް ވިއްކާމުދާ ކޮންމެގަޑިއަކުވެސް އޮޑިފަހަރަށް ޑެލިވަރީ ކުރެވޭނެތާ؟މިކަން މަނާކޮށްފައެއްނެތެއްނު.

  9. Anonymous

    އުދުހޭ ކާރު ބޭނުން ކުރަންވީނު މުދާ އުފުލަން