މި އަހަރު ފެށުނު ފަހުން ފުރަތަމަ ފަހަރަށް މުދަލާއި ހިދުމަތުގެ އަގު (އިންފްލޭޝަން) މަތިވެއްޖެ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.40 ޕަސެންޓް މަތިވެފަ އެވެ،

މި މަތިވުމަކީ މި އަހަރު ފެށުނު ފަހުން ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) މަތިވި ފުރަތަމަ ފަހަރެވެ.

މަހުގެ އަގަށް އައިބަދަލު ނުލާ ބަލައިފިނަމަ އޭޕްރީލްމަހުގެ އިންފްލޭޝަން ރޭޓް ހުރީ 0.62 އިންސައްތައިގައެވެ. މިއަދަދު ފާއިތުވި މާރިޗުމަހު ހުރީ 0.09 އިންސައްތައިގައެވެ.

އޭޕްރީލްމަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި މަހުގެ ބައިން -ތަރުކާރީގެ ބައިން ވީޑިއޯއާއި އޯޑިއޯ ރެކޯޑްކުރުމާއި ޖެހުމަށް ބޭނުންކުރާ އާލާތްތަކުގެ ބައިން ގޯތިގެދޮރުގައި ބޭނުންކުރާ ހަރުމުދަލުގެ ބައިން -ކިރާއި ޗީޒް އަދި ބިހުގެ ބައިން، ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ތަކެތީގެ ބައިން އަދި އެއްގަމު މަހުގެ ބައިން ހިމެނެއެވެ.

މުުޅިރާއްޖޭގެ އަގުތައް މައްޗަށް ދިއުމަށް އެންމެ ބޮޑަށް ޙިއްސާކޮށްފައިވަނީ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްގެ ބައިން (%19.5)ނެވެ. މިބައިގެ އަގު މަށްޗަށް ދިއުމަށް ހިއްސާކޮށްފައިވަނީ ރެސްޓޯރެންޓްގެ ހިދުމަތްތަށް ދިނުމުގެ ބައިން )%35.5) އެވެ. އަދި އަގުތައް ދަށަށް ދިއުމަށް އެންމެ ބޮޑަށް ޙިއްސާކޮއްފައިވަނީ މަހުގެ ބައިން (%46.7) އެވެ. މިބައިގެ އަގު ދަށަށް ގޮސްފައިވަނީ ތާޒާ އަދި ގަނޑުކުރިމަހުގެ އަގުން (%86.11) އެވެ.

މާލޭގެ އަގުތައް މައްޗަށް ދިއުމަށް އެންމެ ބޮޑަށް ޙިއްސާކޮށްފައިވަނީ ސިއްޚީ ޚިދުމަތުގެ ބައިން (%75.7) އެވެ. މިބައިގެ އަގު މަށްޗަށް ގޮސްފައިވަނީ ޑޮކްޓަރަށް ދެއްކުމުގެ އަގުން %20.13 ނެވެ. މި ބަދަލަކީ އަމިއްލަ ހޮސްޕިޓަލް/ކްލިނިކް ތަކުން ސިއްހީ ހިދުމަތް ފޯރުކޮށްދޭ އަގުތަށް ބަދަލު ކުރުމާއި ގުޅިގެންނެވެ. މާލޭގެ އަގުތައް ދަށަށް ދިއުމަށް އެންމެ ބޮޑަށް ޙިއްސާކޮއްފައިވަނީ އަންނައުނާއި ފައިވާނުގެ ބައިން (%34.7) ނެވެ. މިބައިގެ އަގު ދަށަށް ދިއުމަށް ހިއްސާކޮށްފައިވަނީ ފޮތީގެ ބާވަތްތަކުން (%54.9) ނެވެ.

އަތޮޅުތަކުގެ އަގުތައް މައްޗަށް ދިއުމަށް އެންމެ ބޮޑަށް ޙިއްސާކޮއްފައިވަނީ ފަރުނީޗަރ އަދި ހިފާގެންގުޅޭ ސާމާނުގެ ބައިން (%66.2 ) ނެވެ. މިބައިގެ އަގު މަށްޗަށް ދިއުމަށް ހިއްސާ ކޮށްފައިވަނީ ފަރުނީޗަރުގެ އަގުން (%72.10)އެވެ. އަތޮޅުތަކުގެ އަގުތައް ދަށަށް ދިއުމަށް އެންމެ ބޮޑަށް ޙިއްސާކޮށްފައިވަނީ މަހުގެ ބައިން (%72.10)-ނެވެ. މިބައިގެ އަގު ދަށަށް ދިއުމަށް ހިއްސާކޮށްފައިވަނީ ތާޒާ އަދި ގަނޑުކުރިމަހުގެ އަގުން (%75.18 )-އެވެ.

އިންފްލޭޝަން މައްޗަށް ދިއުމަކީ އިޤުތިޞާދީ ގޮތުން ރަނގަޅު ފާލެއް ނޫނެވެ. ނަމަވެސް އަދި އިންފްލޭޝަން ރޭޓް އުފުލުނު މިންވަރަކީ މާބޮޑު ނުތަނަވަސް ކަމެއް އުފެދޭ މިންވަރެއް ނޫންކަމަށް އިޤުތިޞާދީ ބޭފުޅުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދޮންބެ

  އިބޫ އަކީ ވަރައް ގާބިލު މީހެއް ތިހީރީ ރާޖެ ކުރިޔައް ދާވަރު

  18
  4
 2. ޢަލީ ހަމީދު

  ޑޮލަރުގެ އަގުވެސް ވަރައް އަވަހައް މައްޗައް ދާނެ ކަމުގެ އަޑުތަކެއް ދަނީ އިވެމުން..

 3. ފައިދޮންބެ

  ފެންނަފޮޓޯގައި އަގުކިޔައި ތަކެތިވިއްކައި ފައިސާއާއި ޙަވާލުވާންއެހުރީ ދިވެއްސެއްބާ؟ ވަރަށް ހީނުވޭ.

 4. ގޮޅާ އާރު އެމް (މައުމޫން)

  މިމީހުން ލައިގެން މިކަމެއް ނުވާނެ...