މާލޭގެ ވިޔަފާރި ބަނދަރާއި ޓީ ޖެޓީން މާލެ ތެރެއަށް ގުދަންކުރަން ގެންދާ މުދާ ދޫކުރުން ރޭގަނޑަށް މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއެލް) އިން ބަދަލުކޮށްފިއެވެ.

އެމްޕީއެލް އިން މި ބަދަލު ގެނައީ މިދިޔަ ހަފްތާ ތެރޭގައި ޓްރާންސްޕޯޓް އޮތޯރިޓީން ދުވާލު ގަޑީގައި މުދާ އުފުލުން މަނާކޮށް ގެނައި ބަދަލާއި ގުޅިގެންނެވެ. އެކަމާ ގުޅޭގޮތުން މިއަދު އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، އެ ގަވާއިދަށް ގެނައި ބަދަލާއެކު ޓީ ޖެޓީންނާއި، ވިޔަފާރި ބަނދަރުން ދުވާލު ގަޑީގައި ލޮރީ ވައްދައިގެން މުދާ ނެރުމުގެ ކަންތައް މަޑު ޖައްސާލާފައިވާކަަމަށެވެ. އަދި މިހާރު އެކަން ކުރެވޭނީ ރޭގަނޑު 9:00 އައި ފަތިހު 5:00 ޖެހުމާއި ހަމައަށްކަމަށް ހަލީމް ވިދާޅުވިއެވެ.

"މިކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް ވެސް އަދި ލޮރީތައް ދުއްވާ ޑްރައިވަރުންނަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ. އަޅުގަނޑުމެންނަށް އަންނަ އެންމެ ބޮޑު ޝަކުވާއަކީ މާލޭގެ ކާރޫބާރު ބޮޑު ގަޑިތަކުގައި ބޮޑެތި ލޮރީތައް ދުއްވާއިރު އެ މީހުންނަށް ވެސް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާކަން". ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ، މާލެ ތެރެއަށް ލޮރީތަކުން މުދާ އުފުލުން މަޑުޖައްސާލި ނަމަވެސް އެ ތަނުގެ ޖެޓީން ދޯނިތަކަށް ބަރުކޮށްގެން ގެންދެވޭނެ ކަމަށެވެ. އެގޮތުން ހެދުނު 8:00 ން ހަވީރު 6:00 އާ ހަމަޔަށް ދޯނިފަހަރަށް މުދާ ބަރުކޮށްދޭނެއެވެ.

ދުވާލުގެ ވަގުތުތަކުގައި މާލޭގެ ފިހާރަތަކާއި ޢާއްމު ތަންތަނަށް އެއްގަމު އުޅަނދު ބޭނުންކޮށްގެން މުދާ އުފުލުން މަނާކޮށް ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ގަވާއިދަށް އަމަލު ކުރުން އަންނަ އެޕްރީލް 1 ވަނަ ދުވަހާއި، ހަމައަށް ވަނީ ފާސްކޮށްފައެވެ.

އެ ގަވާއިދުގައި ބުނެފައިވާގޮތުގައި، މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި އެފަދަ އެހެން ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭނީ ރޭގަނޑު 10:00 އިން ހެނދުނު 6:00 އަށް އަދި ކައްކާ ގޭސް އެއް ތަނުން އަނެއްތަނަށް އުފުލޭނީ ހެނދުނު 8:30 އިން 11:00 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ.

މި ބަދަލަކީ މާލޭގެ މަގުތައް ތޮއްޖެހި، އާންމު ރައްޔިތުން މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ މައްސަައަށް ލުޔެއް ހޯދުމަށް ސަރުކާރުން ގެންސްފައިވާ ބަދަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުސްތަފާ

    ތިނޫންގޮތެއްނެތީބާ!!!!!!!!!!!!!!!ބަލަމިީއިނސާނުން އަދި މުސްލިމުން ރެޭގަނޑު ނިދަންވެސް ޖެހޭ ފަތިސްނަމާދަށް ދާންޖެހޭ
    ތިހެންހެދީމަ މާލޭގައުޅޭ ހުރިހާރައްޔަތުންނަށް ވަރައްބޮޑަ އުނދަގޫވާނެ
    އަދިވެސް އިތުރަށް ވިސްނުމަށް އެދެން

  2. ޖޮއްބެ

    މީގެފަހުން ދިވެހިރައްޔިތުންގެ ނިދުން ދުވާލަށް ބަދަލުކޮށް، ރޭގަނޑު އާމްދަނީ ހޯދަން މަސައްކަތްކުރާ ވަގުތު ކަމަށް ހަމަޖައްސައިފީމެވެ.

  3. ސަލް

    ބަލާއެއް ނުން.. ދެން ކާރީ ރައްރަށުގަ މަސައްކަތް ކުރާ މީހުންވެސް ވީ ތަކެތީ ރޭގަނޑު ދަންވަރުތަ ގެންދަން.. ދެން ތީޔައޮތީ އީންތީޚާބު ކާމީޔާބު ވެފަ.