ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދިޔަ "އަހަރެންގެ ރާއްޖެ" އިންސްޓަގްރާމް ފޮޓޯ މުބާރާތުގެ ވަނަތަށް މިއަދު ހޮވައިފިއެވެ.

އެގޮތުން މި މުބާރާތުގެ އެއްވަނަ އަށް ދިޔައީ އިސްމާއިލް އަހުމަދުއެވެ. އޭނާ އަށް ބީއެމްއެލް އިން ވަނީ 25000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މީގެއިތުރުން މުބާރާތުގެ ދެވަނައަށް އައި ފަސް ފަރާތަކަށް ބީއެމްއެލް އިން ވަނީ 2500 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 20،000 ފޮޓޯ ބައިވެރި ކުރި ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

ބީއެމްއެލްގެ "އަހަރެންގެ ކެމްޕޭންގެ" ދަށުން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި އިންސްޓަގްރާމް ފޮޓޯ މުބާރާތުން ދައްކުވައިދޭން ޖެހުނީ ރާއްޖޭގެ ރީތި ކަމެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، "މުޅި ރާއްޖެ އަށް އަމާޒުކޮށް އަޅުގަނޑުމެން ހިންގާ 'އަހަރެންގެ ބޭންކް' ޕްރޮގްރާމް އިން ބުނެދެނީ އަޅުގަނޑުމެން ޚިދުމަތް ދެމެންދާ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާ ބޭންކެއްގެ ވާހަކަ." ކަމަށެވެ.

އެންޑްރޫ ވިދާޅުވީ، ބީއެލްއެލްގެ އަމާޒަކީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް މިއަހަރުތެރޭ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ 60 ޕްރޮގްރާމް ހިންގުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރަބޯ

    މޮޅުބައިސާ ކަނޑާއިރު ލޯނުގަނޑެއް ވެސްދެނީ އެހާ އުނދަގުލުން އަނެއްކާ އިހައްދުވަހު ލޯނުނަގަން ބަހައްޓަންވާ، ނަގާ ޢަދަދުގެ 20%، 30% އަށް ބޮޑުކޮށްފި އެއީ އަތްފަޔަށް ނުކުޅަދާނަ ވާވަރަށް ފައިދާވާއިރުވެސް ހަދާ އެތިފަހަރު.

  2. އަލީ

    ނުރަބޯ ތިޔަބުނީ ހަމަ ރަނގަޅަށް. ސައްތައިން ކޮންމެ އަހަރަކުވެސް ފައިދާވާކަމަށް ބުނޭ. އެކަމް ލޯނު ނަގާ އަދަދުގެ 20% އިން 30% ބޮޑުކުރީމަ އަހަރެންގެ ރާއްޖެ ބޭންކުން އަހަރެން ފެލަނީ.

  3. ބޯގޮސް

    ބީއެމްއެލްގެ އަމާޒަކީ ރައްޔިތުން ފެލުން. މޮޅެތި ނަންނަމުގައި ރައްޔިތުންނަށް ތާކުން ތާކުނުޖެހޭ އިންޓަރެސްޓް ރޭޓްގެ ލޯނުތަށް ސަރުކާރު މެދުވެރިކޮށް 'އެވޯޑު' ކޮށް، ރައްޔިތުމީހާ ދަރަނިވެރިކުރުވުން.