މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ތަރައްޤީގެ ބޮޑު އެއްވެސް މަޝްރޫޢުއެއް ނުހިންގި ނަމަވެސް ދަޢުލަތަށް ލިބުނު އާމްދަނީއަށްވުރެ ޚަރަދުތައް އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މޭމަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 9.08 ބިލިއަން ރުފިޔާއެވެ. މި މުއްދަތުގައި ދައުލަތުން ހިނގި ޚަރަދު 9.75 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ 672.2 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ލިބުނު އާމްދަނީއަށްވުރެ ކުރި ޚަރަދުތައް އިތުރުވެފައިވާއިރު، އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ދަޢުލަތް ހިންގުމުގެ ޚަރަދަށެވެ.

ފުރަތަމަ 5 މަސް ދުވަހުގެ ތެރޭގައި ދައުލަތް ހިންގުމަށް ވަނީ 7.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީންނެވެ. އެމިނިސްޓްރީން 2.7 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. ދެން އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެމިނިސްޓްރީން 1،1 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

ދައުލަތް ހިންގުމަށް 7.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 4 ބިލިއަނެއްހާ ރުފިޔާއަކީ ދައުލަތުގެ މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތްދިނުމަށް ހޭދަކުރި މިންވަރެވެ. އަދި އިދާރީ ހިންގުމަށް 3.1 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ފުރަތަމަ 5 މަސް ދުވަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 9.08 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން 6.9 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ.

ލިބޭ އާމްދަނީ އަށް ވުރެ ދައުލަތުގެ ޚަރަދުތައް ބޮޑުވެގެން ދިއުމަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ. އެމައްސަލަ ހައްލު ކުރަން ދައުލަތުގެ ޚަރަދުތައް ކުޑަކުރަން އިޤުތިޞާދީ މާހިރުން ލަފާ ދެއްވަމުން ގެންދަވާތާ އެތައް ދުވަހެއް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ޢިކޮނޮމީ

  ކޮބާ ދައުލަތުގެ ހަޒާނާގައި ހުރި 850 މިލިޔަން އަހަރެންނަ މީހަހު ވެރިކަންދިނަސް އެކަމުން އުރުވެރިވާނަން ކޮބާ ޢިންޓަގްރިޓީ ؟ ޕުރޮޑަކްޓިވިޓީ ޒީރޯ މިދިޔަ 8 މަސްދުވަހު ކުވިކަމެއްބުނެދީ ؟

  43
  1
  • ފޭރޭ ސަރުކާރު

   "ވަގުން" މާ ރަނގަޅެއްނު. ކަލޭމެން ބުނާ ގޮތުން ވިއްޔާ ކުރީ ވައްކަން. އެކަމަކު ތަރައްގީގެ އެތައް މަޝްރޫއެއް ހިންގަމުން ދައުލަތުގެ ރިޒާވް ވެސް ވަނީ އިތުރުކޮށް ދީފަ. "ވަގުންނާ" ހަވާލު ކޮށްފަ ރައްކާވޭ.

 2. ހަގީޤަތް

  މީރާ ޓެކްސް ފައިސާ ހޯދަން ފާރަލަނީ ފިހާރަ ތަކުންނާއި ކުންފުނިތަކުން، ކޮބާ ވިޔަފާރި އުސޫލުން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ހޯދާ ޓެކްސް، އެބައިމީހުން ބިލިއަނުންނަގާއިރު މީރާ ގަދަނިދީގަ ނިދާފަ

  39
  1
 3. މަހޭޝް

  ޚަރަދު ބޮޑުވާނެނޫން، އެސްކިޔާފަ ތަރައްޤީއޭ މިދަނީ ކުރިއަށް.

  48
  3
 4. ރައްޔިތުން

  ކޮބާ.. މަތިބަރު މިވީ ކޮންބައެއް؟

  50
 5. ދަންނަ

  މަތިބަރުވީމަ ޚަރަދު ބޮޑުވާނެ އަދި އެކޮޅުކޮޅުން ޖެހުންވެސް އަވަސްވާނެ އޮޅުވާލި ވެރިކަން

  58
 6. ޚަރަދު ބަރަދު

  ސަރުކާރު ކުންފުނި ތަކުން ސަރުކާރަށް ދައްކާބައި އިތުރު! އިތުރު އިނާޔަތްތައް ކަނޑާލާފަ! ހުރިހާ ނިކަމެތި ކަމެއް އާދައިގެ މުވައްޒަފުންނަށާއި އެމީހުންގެ އާއިލާ ތަކަށް! އޯގާތެރި ސަރުކާރު...

  50
 7. ޒާ

  ރައްޔިތުންނަށް ތަރައްގީގެ ވެސްވެސް ނެތި ޚަރަދު ބޮޑު ކޮށްލީ އެކުވެރިންނަށް މަގާމުދީގެން މުސާރަދޭން. އިބޫ އިސްތިޢުފާ.

  54
  2
 8. މަށޭ

  ކީއްވެޔޯ އެހާހަރަދު ބޮޑީި މިއޮއްކުޑަކު ތަނުގަ...ގައިމު ފަތުރުވެރި ސިނާއަތުންވެސް ބިލިޔަނުން ވަދެޔޯ...

  45
 9. ފަތިފުއް

  ކޮބައިތޯ ތިންމަސްދުވަހު ތެރޭގައި ހޯދި 8.9 ބިލިޔަން ރުފިޔާ ލިފްޓްސާހިދު ކާލީތޯ ފަސްމަސްވީއިރު ލިބުނީ 9.1 ބިލިޔަން ލިބުނު ވަރަށްވުރެ 675.2 މިލިޔަން ރުފިޔާ ތިއޮތީ ޚަރަދު ކޮށްފަ ދެންކޮން ތަރައްޤީއެއްވާނީ

  46
  1
 10. ވަސީ

  ހާރިޖީވަޒީރު ރާއްޖޭގްހުރީމަ ބަނޑުކައްކާތީ އަބަދުއުޅެނީ އެހެން ކަރަކަރަޔައް ދަތުރުކުރުމުގަ

  37
 11. މޯދީ

  މޮޔައިންގެ އަތަށް ކަނޑި އެއް ދިނީމަ ވާނެ ގޮތް ތިހިރަގެން ފެންނަނީ. އިއްޔެ ބިލިއަން ޑޮލަރަށް ޤައުމު ވިއްކާލައިފި. ދެން އަތްޖަހާ

  49
 12. ބުމަރު

  ފާޑުފާޑުގެ ތާކުންތާކު ނުޖެހޭ ވައުދުވެ އެވައުދު ފުއްދަން ބޮޑެތ އިސްރާފު ކުރަންޖެހުމުން ވާނެ ހައެތި ވަނީ! ރައްޔިތުންނަށްދިމާވެފާ ހުރި މައްސަލަތައް ހުރިގޮތަށް ހުރީ!އެޖެންޑާ 19 އަށް ހޫނުކުރަންވީ!އޭރުން ޖާޒީރާ އަށް މާރިދަކު ފާވާނެ ޑޮލަރު ހިފައިގެން!

  28
  1
 13. މިގޭ

  މޮޔައިންގެ އަތަށް ކަނޑި އެއް ދިނީމަ ވާނެ ގޮތް ތިހިރަގެން ފެންނަނީ. އިއްޔެ ބިލިއަން ޑޮލަރަށް ޤައުމު ވިއްކާލައިފި. ދެން އަތްޖަހާ

  21
  1
 14. ކޮރަލް

  ދައުލަތް ހިންގާކަށް ނޫނެވެ. ސިޔާސީ މީހުންނަށް މުސާރަދީ ފައިސާ ބަހާށެވެ.

  28
 15. ރަނާ / މާލެ

  ޖީބަށް މަހާލީ! 1.8 ބިލިޔަން ރުފިޔާވެސް ވީ ކައްވާލާފަ!

  21
 16. ދދދދދދ

  ހިންގަމުން އައި ހުރިހާ ޕްރޮޖެކްޓެއް ވަނީ ހުއްޓިފަ. އަލަށް ފެށި ކަމެއް ނެތް. ޚަރަދު ވީ ބޮޑު. ހުރިހާ ފައިސާއެއް. "ފޭރިގަނެ" ބޭބޭފުޅު އެކައުންޓަށް ލަމުން އެ ގެންދަނީ. ފިލިޔަ ދީގެން ނުވާނެ މިފަހަރު.