ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރުގައި ވިއްކަނީ، ހަމައެކަނި ދިވެހިރާއްޖޭގައި ޤާއިމުވެގެން ހިންގާ ފިހާރައެއްގައި ނުވިކި ހުރި މުދާކަން ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރުތައް އިންތިޒާމް ކުރާ ފަރާތްތަކުން ކަށަވަރު ކުރަން ޖެހޭ ގޮތައް ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ޢަމަލު ކުރާނެ އުސޫލު އިކޮނަމިކް މިނިސްޓްރީން އެކުލަވާލައިފިއެވެ.
އިއްޔެ އާއްމު ކުރި އުސޫލުގައި ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރުތަކުގައި ވިއްކޭނީ ހަމައެކަނި ފިހާރައެއްގައި ނުވިކި ހުރި މުދާކަމަށް ސަރުކާރުން ކަނޑައެޅިއިރު ފަހަކަށް އައިސް ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރުތަކުގައި ގިނަ މީހުން އެއްޗެހި ވިއްކަނީ ރާއްޖެ އިން ބޭރުން މުދާ ގެނެސްގެންނެވެ. ނަމަވެސް މިއުސޫލާއި އެކު ދެން އެގޮތައް ވިޔަފާރިއެއް ނުކުރެވޭނެއެވެ.
އަލަށް އެކުލަވާލި އުސޫލު ބުނާ ގޮތުން މިއުސޫލުގެ މައިގަނޑު މަޤުޞަދަކީ، ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަށް ޚާއްޞަކޮށްގެން ހިންގާ ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރުތަކާއި އެފަދަ އެހެން ވިޔަފާރިތައް ހިންގާ ފަރާތްތަކުން، ވަކި ތަނެއްގައި ޤާއިމުވެގެން ވިޔަފާރިކުރާ އެހެން ފަރާތްތަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް އެފަދަ ބާޒާރުތައް ހިންގޭނެ އުސޫލެއް ކަނޑައެޅުމެވެ.
އިމްޕޯޓް މުދަލުގެ ވިޔަފާރިކުރެވޭ ގޮތަށް، ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީބާޒާރު ބާއްވަން ވާނީ ކޮންމެވެސް މުނާސަބަތަކާއި ގުޅުވައިގެން ކަމަށް ވެސް މިއުސޫލުގައި ބުނެފައި ވެއެވެ. މިގޮތުން، ފާހަގަކުރެވޭނެ މުނާސަބަތުތައް ކޮންމެ އަހަރަކު އެއްފަހަރު، ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުން ނުވަތަ ރަށެއްގައިނަމަ، ރަށު ކައުންސިލުން ޢާންމުކޮށް އިޢްލާނު ކުރަންވާނެ ކަމަށް ވެސް އޫލުގައި ބުނެފައި ވެއެވެ.
ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގަން އެދި ހުށަހަޅަނީ، 2000 އިން ދަށުގެ އާބާދީ އޮތް ރަށެއްގައިނަމަ، ޕްރޮސެސިންގ ފީގެ ގޮތުގައި، 10000 ރުފިޔާ ގެ ފީއެއް ދައްކަން ޖެހޭނެ ކަމަށާއި ފެެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގަން އެދި ހުށަހަޅަނީ، 2000 އިން މަތީގެ އާބާދީއެއް އޮތް ރަށެއްގައިނަމަ ނުވަތަ ސިޓީއެއްގައިނަމަ، ޕްރޮސެސިންގ ފީގެ ގޮތުގައި، 20000 ރުފިޔާ ގެ ފީއެއް ދައްކަންޖެހޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.
ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގަން އުސޫލެއް މިއެކުލަވާލީ ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރުތައް ހިންގުން ވަރަށް ބޮޑަށް އާއްމުވެ، އެކަމުގެ ސަބަބުން އެހެން ވިޔަފާރިތަކަށް ގެއްލުންވާ ކަމުގެ ޝަކުވާ ވިޔަފާރިވެރިން ކުރަމުން ގެންދަނިކޮށެވެ.
ތިއީ ވަރަށް ރަގަޅުކަމެއް... ފުރަތަމަ ނައިޓް މާކެޓް ފެއްޓީ ތިގޮތަށް.. ފަހުން ފިހާރަތަކަށްވުރެ ތަކެތީގެ އަގުބޮޑު ތިތަނުގައި.. އެހެންވެ މިހާރު މީހުން ތިތަންތަނަށް ނުދަނީވެސް..
ތީ ކުރަން މާލަސްވެސް ވެއްޖެ ކަމެއް. ނައިޓް މާކެޓަށް ފޭކް އެއްޗެހި ގެނެސްގެން ވިއްކާ މީހުން މިހާރު އުޅެނީ. ތި ނިންމުން ތަންފީޒް ވާތަން ދެކެން ބޭނުން.
އާދައިގެ ރައްޔިތުންނަށް ލިބޭ ފުރުސަތުތައް މަޑުމަޑުން ބީވެގެންދަނީ، މުއްސަނދިން މުއްސަނދީ ވަނީ، އާދއިގެ މީހާ އަށް ކުރެވެން ހުރި ކަަަންތައްތައް ބީވަނީ.
ކޮބާތަ ދަތުރުވެރިންގެ މާރުކޭޓުގަ އިންޕޯޓްކޮށްގެން ސަޕްލައިކުރުން، ހުއްޓުވަންވެސް އެބަޖެހޭ
ރަށްޔިތުންގެ ތެރޭގައި ނަމަވެސް ފިޔަފާރިވެރިންގެ ތެރޭގައި ނަމަވެސް ކޮންމެ ވެސް އެއް ބައެއްގެ ސަކުވާއޮއްނާނެއެވެ. ނަމަވެސް އަލަށް ތިއެކުލަވާލިއުސޫލުގެދަށުވިޔަސް މަތިންވިޔަސް ސަކުވާކުރާމީހުންގެ ޢަދަދު ނިސްބަތުން އިތުރު ވާނެކަން ކަށަވަރު
ދެން ވިޔަފާރިވެރިން ގެންނަންވީ ބޭރުން މުދާ.އަބަދު ވިޔަފާރިވެރިންނަށް ފައިދާވާކަށް ނުޖެހޭ
ރައްޔިތުން ކަރަށް ފީތާލުން މާރަނގާޅުވާނެ
ފުރަތަމަ ނައިޓް މާކެޓް މިއުސޫލުން އައިކަމަށް ވިޔަސް އެކަން މުގުރާލީ 2008 ގެ އެމްޑިޕީ ސަރުކާރުން. އާވިޔަފާރިވެރިން އުފެއް ދުމުގެ ނަމުގަ ލޯނުދީ އެމްޑީޕީ ކުދިން މުއްސަނދި ކުރުމަށް މަގުމަތީބާޒަޜު ކައުންސިލަށަނަގާ ބަޔަކާ އެގްރީމަންޓް ކޮށް ހަދައިގެން ޕާޓީ ކުދިންނަށް ދޫކުރި ލޯނުތަކުން ލަންކާ އިން ގާމެންޓްސް އާ އެހެން މުދާގެނެސް މަގުމަތި ވިއްކާ ގައުމުގެ ވިޔަފާރިތައް ބަގުރޫޓް ކޮށްލީ އަދި ގައުމު ބަގުރޫޓް ވަނީ އޭ އައި އެމް އެފުން ބުނީމަ ރައީސްމީހާ އިސްތިއުފާ ދީ ބަގާވާތެކެ ކިޔާ ގައުމުގާ ރޯކުރުވީ
ނައިޓް މާކެޓްގައި ވިއްކަންވީ ލޯކަލް އެއްޗެހިތޯ؟