މިއަހަރުގެ ޖަނަވަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް 625.9 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށް އެމްއެމްއެ އިން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭ އިން މިމަހު ނެރުނު އިޤުތިޞާދީ ރިވިއުގައި ބުނާ ގޮތުން ރަސްމީ ރިޒާވަށް އައިސްފައިވާ ކުރިއެރުމަކީ އަހަރުން އަހަރަށް ބަލާއިރު 31 އިންސައްތަ އިތުރު އަދަދެކެވެ. އަދި މަހުން މަހަށް ބަލާއިރު މިއީ 7 އިންސައްތައިގެ ކުރިއެރުމެކެވެ.

މި މުއްދަތުގެ ނިޔަލަށް ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 205.6 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ވެސް އެމްއެމްއޭ އިން ވިދާޅުވެއެވެ. އަހަރުން އަހަރަށް ބަލާއިރު ޔޫޒަބަލް ރިޒާވް ދެއިންސައްތަ އިތުރުވި ނަމަވެސް، މަހުން މަހަށް ބަލާއިރު މި އަދަދަށް ފާހަގަކޮށްލެވޭ ބަދަލެއް އައިސްފައި ނުވާ ކަމަށް އެމްއެމްއޭ އިން ވިދާޅުވެއެވެ.

އެމްއެމްއޭ އިން ވިދާޅުވީ މިއަހަރު އުފެދުންތެރިކަން ކުރިއަރާ މިންވަރު 6 އިންސައްތައިގެ ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އިގްތިސާދުގެ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު ހިފެހެއްޓޭނެކަމަށް ލަފާކުރެވެނީ އިމާރާތްކުރުމުގެ ދާއިރާ އިތުރަށް ފުޅާވުމުގެ ސަބަބުން އިގްތިސާދުގައި ކުރާ ހޭދަ އިތުރުވެގެން ދިޔުމާއެކު އިގްތިސާދީ ދުވެއްޔަށް އިތުރު ބާރެއް ލިބޭނެކަމަށް ލަފާކުރެވޭތީ ކަމަށް އެމްއެމްއޭ އިން ވިދާޅުވެއެވެ. އެމްއެމްއޭ އިން ވިދާޅުވީ މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ވެސް 2018 ވަނަ އަހަރު ކުރިއަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖަމީލާ

    ތަރައްޤީ މެކްހްގައި! ޞިިނާޢީ މަސައްކަތްތައް އަރާ އުހުގައި! ބަލާވެރިންގެ ބަލާވެރިކަން ބޮންތީގައި! އެހެނަސް ރާއްޖޭގެ އިޤތިޞާދު މާތްﷲގެ ރަހްމަތްފުޅުން ދުވަހަކަށްވުރެ ދުވަހަކަށް ކުރިޔަށް ! މިއީ ޙިކުމަތްތެރި ވެރިޔެއް ލިބިފައިހުރުމުގެ ނަތީޖާ!

  2. އިންމަބެ

    ރައީސް ޔާމީނަށް އެންގޭ ވެރިކަން ކުރަން.. ބަޔަކައް މިކަމްއް ހަޖަމެއް ނުވާނެ..

  3. ެއަލީ

    ސާބަހޭ ރައީސް ޔާމީން އަޅުގަނޑުމެންމިތިބީ މަނިކުފާގެ ފަހަތްޕުޅުގައި ގައުމައިގެން ކުރިއަށް ވަޑައިގަށްނަވާ

  4. ލިން

    ދަރަނި ކިހާވަރެެއްތޯ؟ ކިހާ ޓީބިލެއް އެބަހުރިތޯ ޕޭކުރަންޖެހޭ؟ އެ ހުރިހާ އެއްޗަކަށް ކަނޑައިފަ ރިޒާވްގަ އެއްޗެއް ހުންނާނެބާ

  5. ވިލުފުށި

    ތަރައްޤީ މެކްހްގައި! ޞިިނާޢީ މަސައްކަތްތައް އަރާ އުހުގައި! ބަލާވެރިންގެ ބަލާވެރިކަން ބޮންތީގައި! އެހެނަސް ރާއްޖޭގެ އިޤތިޞާދު މާތްﷲގެ ރަހްމަތްފުޅުން ދުވަހަކަށްވުރެ ދުވަހަކަށް ކުރިޔަށް ! މިއީ ޙިކުމަތްތެރި ވެރިޔެއް ލިބިފައިހުރުމުގެ ނަތީޖާ!

    ޔާމީން 2018.