ބްލޫ ޕަނަރާމާ އިން ރާއްޖެއަށް ޗާޓާޑް ދަތުރުތައް ފަށައިފިއެވެ.

މިއަދު ހެނދުނު އިޓަލީވިލާތުގެ މި އެއާލައިނުން ރާއްޖެ އައި ފުރަތަމަ ފްލައިޓު 10:50 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ޖައްސާފައެވެ. މިއަދު ރާއްޖެ އައި ފްލައިޓަކީ ޕޮލެންޑުން އައި ފްލައިޓެކެވެ.

ރާއްޖެ އައި މި ފްލައިޓުން 264 ފަސިންޖަރުން ރާއްޖެ އައެވެ.
މިއީ ރާއްޖެ އާއި ޕޮލެންޑާ ދެމެދު ސީދާ ފްލައިޓެއް ބޭއްވި ފުރަތަމަ ފަހަރެވެ.

ބޯޓް ވެލާނާ އިންޓަނޭޝަނަލް އޭއާޕޯޓުގައި ޖެއްސުމުން ބޯޓަށް ވަނީ ވޯޓާ ސެލިޔުޓެއް އަރުވައިފައެވެ
.

ބްލޫ ޕެނަރާމާގެ ދަތުރުތައް ރާއްޖެއަށް ފެށުމުުގައި އިސްކޮށް ހަރަކާތްތެރިވާ، ސަން އޯޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ ބުލޫ ޕެރަނާމާގެ ދަތުރުތައް ޑިސެމްބަރު 26ގެ ނިޔަލަށް ކޮންމެ ހަފްތާއަކު އެއްފަހަރު ބާއްވާނެ ކަމަށެވެ.

" ޕޮލެންޑާއި ރާއްޖެ އާއި ދެމެދު ޗާޓާޑްދަތުރުތައް ފެށުނީ އެކްސްކްލޫސިވް އެޖެންޓް އިޓާކާ އާއި އުވެޓް ހޮޓެލްސްގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު ކޮންމެ މަހަކު ގާތްގަނޑަކަށް 1000 ފަސިންޖަރުން މި އެއާލައިނުން ރާއްޖެ އަންނާނެ " ރަޝީދު ވިދާޅުވިއެވެ.

މިދިޔަ އަހަރު ޕޮލެންޑުން ރާއްޖެ ޒިޔާރަތްކުރީ 12600 ފަތުރުވެރިނަށް ވާއިރު ރާއްޖެ އާއި ޕޮލެންޑާ ދެމެދު ޗާޓާޑް ދަތުރުތަކެއް ފެށުމުން ޕޮލެންޑުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާނެއެވެ.