ބޭނުން ކުރެވޭ ރިޒާވް ނުވަތަ ދައުލަތުގެ ޔޫސެބުލް ރިޒާވް ޖެހިޖެހިގެން ތިން ވަނަ މަހު ދަށަށް ހިނގަށްޖެ ކަން ސަރުކާރުން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން އިއްޔެ އާއްމުކޮށްފައިވާ ކޮށްފައިވާ، ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެޕްރީލް މަސް ނިމުނު އިރު ޔޫސަބުލް ރިޒާވް ވަނީ 250.2 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. މާޗް މަހު ޔޫސެބުލް ރިޒާވް ގައި 251.8 މިލިއަން ޑޮލަރު ހުއްޓެވެ. އެހެންކަމުން ފާއިތުވި މަސް ދުވަހުގެ ތެރޭގައި ޔޫސަބަލް ރިޒާވުން 1.6 މިލިއަން ޑޮލަރު ވަނީ މަދުވެފައެވެ.

އޭޕްރީލް މަހުގެ ކުރިން މާޗް މަހާއި ފެބުރުއަރީ މަހުވެސް ޔޫސަބަލް ރިޒާވް ވަނީ ދަށަށް ގޮސްފަ އެވެ. މާޗް މަހު ޔޫސަބަލް ރިޒާވްގައި 317.9 މިލިއަން ޑޮލަރު ހުރި ނަމަވެސް ފެބުރުއަރީ މަހު ޔޫސަބަލް ރިޒާވް، 295.3 މިލިއަން ޑޮލަރަށް ދަށްވިއެވެ. މާޗް މަހު ޔޫސަބަލް ރިޒާވް ވަނީ 251.8 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.

މިދިޔަ މަހު ޖުމްލަ ރިޒާވް ހުރީ 778 މިލިއަން ޑޮލަރުގަ އެވެ. އެއީ، މާޗް މަހު ޖުމްލަ ރިޒާވް ހުރި އަދަދަށް ވުރެ، 1.8 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. ނަމަވެސް ފެބުރުއަރީ މަހު ޖުމްލަ ރިޒާވް ހުރީ 938.6 މިލިއަން ޑޮލަރުގައި ހުރުމަށް ފަހު ބޮޑު އަދަދެއް ވަނީ ރަސްމީ ރިޒާވުން ވެސް މިހާތަނަށް މަދުވެފައެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ރަސްމީ ރިޒާވް ފަސް އަހަރު ދުވަހުން އެއް ބިލިއަން ޑޮލަރަށް އަރުވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު އެއް ބިލިއަން ޑޮލަރަށް ރިޒާވް އިތުރު ކުރަން ބޭނުންވީ ފަންސާހަކަށް މިލިއަން ޑޮލަރެވެ.

ސަރުކާރުން މާބޮޑު މަސައްކަތެއް ނުކުރި ނަމަވެސް މިހާރު ހުޅުވާފައި ހުރި ރިސޯޓްތަކާއި އިޤުތިޞަދީ ކުރިއެރުން އަންނަމުންދާ މިންވަރަށް ބަލާއިރު ފަސް އަހަރު ދުވަހުން ރިޒާވް އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އިޤުތިޞަދީ ދާއިރާގެ ތަޖުރިބާކާރުން ކުރިން ވިދާޅުވެފައިވެއެވެ.

މަހުން މަހަށް ރިޒާވް ދަށްވެ އިޤުތިޞަދީ ކުރިއެރުން މަޑުޖެހެމުން ދާއިރު ސަރުކާރުން ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި އިޤުތިޞާދަށް ފައިދާ ކުރަނިވި އެންމެ މަޝްރޫޢެއް ވެސް ހިންގާފައި ނުވާތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ނާސް

    ކިހިނެއް މިވަނީ......

    48
    • Anonymous

      ކައި.ހުސްކުރަނީ! އަހަރެމެން މީހުނަށް ވަގަށް ނުގޮވާތީއާ އަހަރެމެނަކީ ކާޅު ބައިގަނޑަކަށް ނުވާތީ ސޯލިހަށް ވަގަށް ނުގޮވަނީ.

      46
      1
    • އައިންތު

      ރައްޔިތުން މިތިބީ ޣާފިލު ކަމުގެ ނިދިން ނިދާފަ. ހޭލެވޭއިރު އަމިއަލަ ގައުމެއް ނިސްބަތްވާ އަމިއްލަ ނަމެއް މުދަލެއް ނުހުންނާނެ. ކައި ވިއްކާ ހުސްކޮށްފަ އޮންނާނީ. ފަލަސްޠީނުގެ ރައްޔިތުންގެ ހާލަށްވުރެވެސް ނިކަމެތި ހާލަތެއްގައި ދިވެހިން ތިބޭނީ. މިއީ މިހާރުގެ ހާލަތަށް ބަލާ މަށަށް ލަފާކުރެވޭގޮތް.

      43
    • ހުސޭނުބޭ

      ޖުޑިޝަރީ އިސްލާޙްކުރެވޭނީ ރިޒާވްވެސް ކައި ހުސްކޮށްގެން!

      32
  2. ޢާކް

    ލަދުން ބޯހަލާކު އެމް ޑީ ޕީއަށް ވެރިކަން ލިބޭކޮންމެ ފަހަރަކު ހުސް އަގަތަޅާފަ މާލިއްޔަތު ހުސްކޮލީމަ ނިމުނީ. ޜައްޔިތުން މިތިބެނީ ހިޕްނޮޓައިޒް ކޮއްފަ ތޯއްޗެއް

    95
    1
    • ހހހހ

      އެ އޯކޭނު. ބަނޑަށް ޖެހުނީމަ ހާނތިވާ ފަހަރުވެސް ލޯހުޅުޗާލެޗޭ އިރަށް ރައީސް ޔާމީނަށް ޗަގަށްގޮވާލީމަ ހޮތަށް ހަމަޖެހުން ލިބި ބަނޑުފުރޭނެ މީހުން މިގައުމުގައި ރީނދޫ ހުމުން ބުރާންތިވެފަ ތިބޭނެ.

      47
      1
  3. ފާއިޒް

    މިމީިހާ ދައުލަތުގެ ޚަޒާނާ ބަނޑު އަޅާލަނީތަ.... ކަން ކަމަށް ބޯކޮށްޕާލަން ވާނި ކަންކަން ކުރާނެ ގޮތް ދަސްކޮށްފަ...

    81
    1
  4. ނަފާ

    ވަގުއްނަ ތިޖޫރީ ލިބުނީމަ ވާނެގޮތް ތިފެއްނަނީ.

    86
    2
  5. އުއްޗުގެ ކޮއްކޮ ލުއްޗާ

    ވައްކަން ކުރާކަމަށް ނަންވަނީ ޔާމީނު ރައުސުލްމާލު ބަނޑުއަޅަނީ ތިޔަ އަޅުވެރި ސާލިހު ސޯލިހު.

    58
    2
  6. ޟ

    ނާގާބިލް މީ ހުންނަށް ވެރިކަން ދިނީމަ ވާނެ ހައެތި ތިވަނީ.. ދެން ތިބޭ ބަލަން. ޜައްޔިތުން އަނގަޔާ އަތާ ދިމާ ނުވާ ތަން ވެސް އަދި އަންނާނެ..މާތްﷲ އާ ވަކީލު..އީސީ ޝަރީފް ތިކުރި ކަންތަކުގެ ސަޒާ ދައްކަވާނެ ޝަރީފަށް އިރާދަ ކުރެއްވިއްޔާ..

    75
    1
  7. ދދދދދ

    މީހުންގެ ސިކުނޑި ބޭކާރު ދިމަދިމާއަށް އަނބުރާލާ ބަހައްޓާފަ މާލިއްޔާ ކައި ހުސް ކޮށްފަ ވަގާމެން ފިލަން އެ ތެޅެނީ. އާނދޮގޭ ލާހިކެއް ނޫން ފިލާކަށް މިފަހަރަކު.

    48
    3
  8. ހަނަފީ

    ނުވާނެ ދަށެއް. ހިލޭ އެހީގެ 1.2 ބިލިޔަން ވީތަނެއް ނޭގި ގެއްލިއްޖެ. އިންޑިޔާއިން 800 މިލިޔަން ޑޮލަރު ދީފިޔޯ، ދިނީ ކޮން އުސޫލަކުންކަމެއް އެންގޭ މީހަކުނެތް. މިހާރު އިންޑިޔާއާއެކު މިސަރުކާރުންވެފަވާ ހުރިހާ އެއްބަސް ވުމެއްގަ ކަޅާހުދުން ލިޔެފަ އޮންނާނެ އެއްބަސްވުމުގެ ތަފްސީލް އާންމުނައް ހާމަކޮއްގެންނުވާނެޔޭ. ފޮރުވިފަ ކަމެއްނެތްނަމަ އެމާއްދާ އިންނާނެބާ؟ މިކަން ތެދުހަދާ ސަރުކާރަކައް ދޮގުކުރާކައް ނުކެރޭ. މިހާރުވެސް ބަލާ މީ ދޮގެއްތޯ.

    36
  9. ޝަރީފް

    އެކަމަކު 1 ބިލިޔަންޑޮލަރުގެ އެހީ އިންޑިޔާއިން ކަށަވަރު ވެއްޖެޔޯ.. ކުރެޑިޓު ލައިން ލިބިއްޖެޔޯ.. މި ވެރިންނަކައް ނޭނގޭ ލިބުނު ހުރިހާ އެއްޗަކީ އިންޓުރަސްޓާ އެކީ އަނބުރާ ދައްކަން ޖެހޭ އެއްޗެއްކަމެއް. އެހެންވީމާ ރިޒާވުން ބޭރުވާލާރި ގިނަވާނެކަމެއް. ކީއްކުރާނީ އަހަރެމެންނައްވެސް އެނގުނީ ތަރައްގީ ކުރަން އުޅުނުމީހާ ވެރިކަމުން ދުރުކޮއްފަ ޖަޒީރާ ކުރާށޭކިޔައިގެން އައި މަރުމޯލުންތަކަކައް ވެރިކަން ހަވާލު ކުރަންވިއްޔާ. ދެން މިވެރިންނައް ވުންއެންމެ ގާތް ގޮތަކީ ގައުމު ބޮއްސުންލީމަ އިންޑިޔާ ނުވަތަ އިނގިރޭސީންނާއި ގައުމުގެ ކަންކަން ހަވާލުކުރުމެވެ.

    25
    1
  10. ތަަރައްގީ ވެފަ

    ދައުލަތުގެ ރިޒާވް އިން ވައްކަން ކޮށް އެހުސްކުރަނީ. ާާާ

    27
    1
  11. ނ

    ހާދަ ވަރަކަށް ކައިގެން ބަނޑުފުރާބަޔެކޭކާން އެގެނީއެހެން ކަމެއް ކުރާކަށްނޭގޭ .ގިނަ ކުރަން އައިބަޔަކުމަދު މިކުރަނީ އަދިވެސް ފައިބައިގެން ދާް ހިތަށްވެސްނާރާ. ގައުމެއް ހޯދާނުފެންނަނިސް އަމިއްލަ އެދުމެއްނެތް ބަޔަކު ނަމަ ގެއަށްދާން ވެއްޖެކަން މިހާރު އެގޭނެ

    24
    1
  12. ވިނިވިޑިވިސި

    އަބްދުﷲ ޝާހިދު އެވަރަށް ރާއްޖެއިން ބޭރަށް ހާއްސަކޮށް އިންޑިޔާ ޔޫރަޕަށް ކުރާ ދަތުރު ތަކުގާ ބަސްތާ ޖަހާފަ އެހީ ހޯދައިގެން އަންނައިރުވެސް ދައުލަތުގެ ރިޒާވްއެއް ނާރާ މައްޗަކަށް. އަޑިއަޑިން މިދަނީ. އަނެއްކާ ރިޒާވުންބާ އެހުރިހާ ދަތުރެއް އެކުރަނީ. މިވާގޮތެއް މިހާރު ވެއްޖެއެއްނު ބަލަން. ގައިމުވެސް އަދި ބިޔަ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދިޔައީކީ ނޫން. ހުސްނުއްސުއޫދު ފިޔަވާ ބިޔަބޮޑު މަޝްރޫއެއް ހިންގާ މީހެއް ވެސް ނެތް. ދެން ރިޒާވް އަޑިއަޅަންޖެހޭ ސަބަބެއް ނެތް. ރިޒާވްގެ ފޫ ކައިލައިގެން ޔާމީން ގޮސްފަވާނަމަވެސް މިހާރު ފުލެއް އެޅެންވާނެ އުމަރުގެ ލަފާވެސް ލިބޭނެ. ފުލާ ހިސާބަށް ދާން އުދަގޫނަމަ އުމަރުގެ ސަބްމެރިންވެސް އޮތީ ތައްޔާރީ ހާލަތުގައި

    14
    1
  13. އަހުން

    ވަގުސަރުކާރު އިނދަޖެހެނީ އަޅާލާނީ ކާކުބާ އިންޑިއާއަށް ގައުމުވިއްކާހުލި ކުރިއިރުވެސް ރައްޔަތުން މިިތިބީ ހޭބުއްދި ފިލާ ދޮޅުރޯނާ އަރާފަ.

    20
    1
  14. ކިޔުންތެރިޔާ

    ރައީސް ޔާމީން. ވީ ސެލިއުޓް ޔޫ ސަރ! އަދި ކިރިޔާ ފަހުމް މިވަނީ އަސްލު ހަގީގީ ވަގުންނަކީ ކޮބައިކަން. މަނިކުފާނު މި ގައުމުގެ ވެރިކަމަށް އަނބުރާ އަންނަ ދުވަހަކީ މި ދިވެހިރާއްޖޭގައި އަޅުގަނޑު އެންމެ ދެކެން ބޭނުންވާ ދުވަސް. އަދި އެވެސް މި ވަގު ސަރުކާރު ގެންނަން ހަށި ވިއްކި ދިވެހިން އަމިއްލައަށް މަގުތަކަށް ނުކުމެ މި ލާދީނީ ގަމާރު ވެރިކަމޭ މިކިޔާ ޖަމާއަތް ވައްޓާލުމަށްފަހު.

    12
    2
  15. ނަސީދު

    ތީވަރައްބޮޑު ކުރިއެރުމެއް ޖެހިޖެހިގެން ތިންމަސް ތެރޭ އެހެންވީމާ މޑޕބައިގަޑު ނެރެ ހަރުގެކުރިމަތީގައި ބޮނޑިބަތް ބަހަންފެނޭ

    10
    1
  16. ޖ

    ވެރިކަން ހިންގަންނޭގޭމީހުންނާއި ހަވާލުކުރީމާ ވާގޮތް މިފެންނަނީ ޔާމީނު ނުލާހިކުރަގަޅައް ގައުމުމުހިންގާ ގައުމު ކުރިޔައްޖެހިފާ އިންދާ ނުވިސްނޭދިވެހިންގެ ބަޔަކު މިމީހުންނާ ގައުމު ހަވާލުކުރީމާ ވާނީމިހެން ވޯޓުގެ ދުވަސްވަރު ވެސް ދިވެހިންފަހުން ރޯންޖެހޭނެ ވާހަކައޮތީބުނެފަ

    10
    1
  17. ވަގު

    ދެންމިހާރު ކީވެގެން ވަގެކޭ ވަގެކޭ ކިއަމުން ނުދުވަނީ