ސާކް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ސާކް ސީސީއައި)ގެ ރިޔާސަތާ ސްރީލަންކާއިން ހަވާލުވެއްޖެ އެވެ.

1985 ވަނަ އަހަރު އުފެއްދި ސާކް ސީސީއައި އަކީ ސާކް ސަރަހައްދުގެ އެންމެ ބޮޑު ވިޔަފާރިވެރިންގެ ޖަމިއްޔާ އެވެ.

މީގެ ކުރިން އެ ޖަމިއްޔާގެ ރިޔާސަތު ބެލެހެއްޓެވި ގައުމުތަކަށް ބަލާއިރު 2016 ވަނަ އަހަރުން ފެށިގެން ސާކް ސީސީއައިގެ ރިޔާސަތު ބެލެހެއްޓީ ނޭޕާލް އިންނެވެ.

ނޭޕާލްގެ ދެ އަހަރުގެ ދައުރު ހަމަވުމުން ލަންކާއަށް ރިޔާސަތު ހަވާލު ކުރަން އިއްޔެ ކޮލޮމްބޯގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައިވެއެވެ. މިއާއެކު އެ ޖަމިއްޔާގެ ރައީސަކީ މިހާރު ސްރީލަންކާގެ ވިޔަފާރިވެރިންގެ ޖަމިއްޔާ، ފެޑެރޭޝަން އޮފް ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އޮފް ސްރީލަންކާ (އެފްސީސީއައިއެސްއެލް)ގެ ރައީސް ރުވާން އެޑިރިސިންހަ އެވެ.

މީގެ ކުރިން އެ ޖަމްއިއްޔާގެ ރައީސްގެ މަގާމު އަދާކުރެއްވީ ނޭޕާލްގެ ވިޔަފާރިވެރިޔާ ސޫރަޖް ވައިދްޔާ އެވެ.