ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ ފޭސްބުކް ޕޭޖް، "ލިބޭ" އިން ވިއްކާ ޕްރޮޑަކްޓުތައް ހުޅުމާލޭ "ސަމަރ ސްޕޯޓްސް" ފިހާރައިން ވިއްކަން ފަށައިފިއެވެ.

ސަމަރ ސްޕޯޓްސްގައި، "ލިބޭ"ގެ ޕްރޮޑަކްޓުތައް ހެޔޮ އަގުގައި މިހާރު ވިއްކަމުން ދާއިރު، "ލިބޭ" އިން ދަނީ ގިނަ ބަޔަކަށް ކަމުދާ މޮޅު ބްރޭންޑުތަކާއި ޕްރޮޑަކްޓުތައް ރާއްޖެއަށް ތަޢާރަފްކުރަމުންނެވެ.

"ލިބޭ" އިން މިހާތަނަށް ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޕްރޮޑަކްޓުތައް ރާއްޖެއަށް އެތެރެކޮށް ހެޔޮ އަހުގައި ރީޓެއިލް އަދި ހޯލްސޭލް ކުރަމުން ދާއިރު، އެފަރާތުން ބުނެފައި ވަނީ މިވަގުތު އެންމެ ބޮޑު ޑިމާންޑެއް އޮތީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އިސްތަށި ފޭބުން ހުއްޓުވައި އިސްތަށިގަނޑު ދުޅަހެޔޮކޮށްދޭ ހެއާ ޕެކާއި، ސްކިން ކެއާ ޕްރޮޑަކްޓުތަކާއި ދަތް ހުދުކޮށް ރީތިކުރުމަށް ބޭނުންކުރާ ޚާއްސަ ޕްރޮޑަކްޓުތަކަށް ކަމަށެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކާއި އޭގެ މަޢުލޫމާތުތައް، "ލިބޭ" ފޭސްބުކް ޕޭޖުން ލިބެން ހުރިއިރު، މި ޕްރޮޑަކްޓުތައް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ. "ލިބޭ" އިން ދަނީ މާލެ އިން ތަކެތި އޯޑަރުކުރާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތްވެސް ދެމުންނެވެ.

"ލިބޭ"ގެ ޕްރޮޑަކްޓުތައް ހުޅުމާލޭގައި ވިއްކާ "ސަމަރ ސްޕޯޓްސް" އަކީ ކުޅިވަރު ސާމާނާއި، ކުޑަކުދިންނަށް ބޭނުންވާ ތަކެއްޗާއި ކޮސްމެޓިކްސްގެ އިތުރުން އެނޫންވެސް ގިނަ ޕްރޮޑަކްޓުތައް އެއްތަނަކުން "ލިބޭ" ފިހާރައެކެވެ. މި ފިހާރަ ހުންނަނީ، ހުޅުމާލޭ ބޮކަރުމާ ހިނގުން (ލޮޓް ނަމްބަރު: 11165) ގައެވެ.

 


ސަމަރ ސްޕޯޓްސް އިން ވިއްކާ "ލިބޭ"ގެ ބައެއް ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ހަށިގަނޑު ދޮންކޮށްދޭ، "ވަޓްސަންސް" - އެކްސްފޮލިއޭޓިންގ ބޮޑީވޮޝް


2. އިސްތަށި ފޭބުން ހުއްޓުވާ، "ޕަތުމްތިޕް" ހެއާކެއާ ޕެކް


3. ދަތް ހުދުކޮށް ރީތިކޮށްދޭ، "ވެންތައި" އަލޮވެރާ ޓޫތްޕޭސްޓް


4. ދަތް ހުދުކޮށްދޭ، "އިސްމީ" އެކްސްޓްރާ ވައިޓް ޓޫތްޕޭސްޓް


5. ދަތް ފަނިކެއުން ހުއްޓުވާ، "ޓްރީ ހާބް" ޓޫތްޕޭސްޓް


6. މޫނުގެ ހަންގަނޑު އޮމާންކޮށް ރީތިކޮށްދޭ، އަލޮވެރާ ފޭޝަލް މާސްކް އަދި ސްކްރަބް.