ބޮޑު ޑިސްކައުންޓެއް ލިބޭ އެސްޓީއޯ ވެއެއަރހައުސް ސޭލް ފަށައިގެން ކުރިއަށް އެބަ ދެއެވެ.

ޖުލައި 2 އިން 6 އަށް އެސްޓީއޯ 7 ނަންބަރު ކޮށީގައި (އަމީނީމަގު/ އެސްޓީއޯ ސުޕަރމާރޓް ގުދަން)ގައި ކުރިއަށްގެންދާ މި ސޭލްގައި ބޮޑެތި ޑިސްކައުންޓްތައް ލިބިގެންދާއިރު، އެތަނުން ގޭތެރެއަށް ބޭނުންވާ ގިނަ ސާމަނަތަކާއި، އިލެކްޓްރޯނިކް ލިބެން ހުންނާނެއެވެ.

އެގޮތުން ފިލިޕްސް، ހިޓާޗީ، ނިޕޯން، މަކިޓާ އަދި ސުޕަރމާޓްއިން ވިއްކާ ގޭތެރޭގެ ސާމާނުތައްވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ ވެއަރހައުސް ސޭލް ފަށައިގެން ކުރިއަށް - ފޮޓޯ: އެސްޓީއޯ

ރޭގަނޑު 20:00 އިން 23:00 ކުރިއަށްދާ މި ސޭލްގައި އެންމެ ޙާއްސަކަމަކީ ހުރިހާ އެއްޗެއްވެސް ވަރަށް އަގުހެޔޮކޮށް ލިބެން ހުރުމެވެ.

އެސްޓީއޯ އިން ބުނީ، އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު މި ސޭލް ކުރިއަށްދާނީ ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް ކަމަށެވެ.

އެސްޓީއޯ ވެއަރހައުސް ސޭލް ފަށައިގެން ކުރިއަށް - ފޮޓޯ: އެސްޓީއޯ

ވެއެއަރހައުސް ސޭލް ކުރިއަށްދާއިރު މިސޭލަށް ޒިޔާރަތް ކުރައްވާ ކޮންމެ ކަސްޓަމަރަކަށްވެސް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ކޮންމެ ރެއަކު ގުރުއަތުން ނަސީބުވެރި ފަރާތެއް ހޮވިގެންދާނެއެވެ.

އެސްޓީއޯއިން މަޢުލޫމާތު ދިން ގޮތުގައި އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ބާވަމުން އަންނަ ވެއަރހައުސް ސޭލްއަށް ވަރަށް ބޮޑު ތަރުހީބެއް ލިބެއެވެ..

ކިޔުންތެރިންގެ ހިޔާލު