ނ.އަތޮޅާއި، ހއ.އަތޮޅާއި އަދި ހދ.އަތޮޅުގެ ރަށްތަކަށް ހާއްސަކޮށް ނ.މަނަދޫ ހޯޕް ކުންފުނީގެ ފަރާތުން ލޯންޗް ފެރީގެ ހިދުމަތް ފަށައިފިއެވެ.

ހޯޕް ކުންފުނީގެ ދަށުން ހިންގަމުން އަންނަ ހޯޕް ޓްރެވެލްސް އިން މި ހިދުމަތް މިއަދު ފަށާފައި މިވަނީ ނ.އަތޮޅުގެ ރަށްތަކަށެވެ. އެ ކުންފުނިން ބުނީ، އެ ކުންފުނީގެ ލޯންޗް ފެރީ އެ އަތޮޅުގެ ހަތް ރަށަކަށް ދަތުރު ކުރާނެ ކަމަށެވެ. އެގޮތުން މާލެ އިން އެ އަތޮޅުގެ، މަނަދޫ، ޅޮހި، މިލަދޫ، ހޮޅުދޫ، ފޮއްދޫ، ވެލިދޫއަށް ދަތުރު ކުރާނެއެވެ.

މިއަދު މި ހިދުމަތް ފަށާފައިވާއިރު، ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުދަ ދުވަހު މި އަތޮޅަށް އެ ލޯންޗް ފެރީ ދަތުރު ކުރާނެއެވެ.

މި ލޯންޗް ފެރީ ހިދުމަތް މާލެއިން ހއ، ހދގެ ރަށްތަކަށް ދަތުރުކުރަން ހަމަޖެހިފައި ވަނީ ކޮންމެ ހޮނިހިރު ހޯމަ އަދި ބުރާސްފަތި ދުވަހުއެވެ. މި ލޯޯންޗްގައި މާލެ އިން ކުޅުދުއްފުއްޓަށް ތިން ގަޑިއިރާއި ތިރީސް މިނިޓުން ދެވޭ ކަމީ ކަސްޓަމަރުންނަށް ވަރަށްވެސް އުފާވެރި ހަބަރަކަށް ވެގެން ދާނެއެވެ. އެހާވަރަށް މި ލޯންޗްގެ ދުވުން ހަލުވި ވާނެއެވެ.

ހޯޕް ޓްރެވެލްސްގެ ލޯންޗް ފެރީ ޝެޑިއުލް

ހޯޕް ޓްރެވެލްސް އިން ބުނީ، މިދަތުރުތައް ފެށީ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ. އެ ކުންފުނީގެ ފަރާތުން މި ދަތުރުތައް ކުރަން ފެށުމުން ރައްޔިތުންނަށްވަރަށް ބޮޑަށް ލުއިވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން މިކަމަށް ބޭނުން ކުރާނީ 63 މީހުންގެ ޖާގައިގެ ޒަމާނީ ފެންވަރުގެ ލޯންޗް ފެރީއެކެވެ. މި ދަތުރުތަކަށް ފުރިހަމަ ކަމެއް ގެނައުމަށް ލޯންޗުން ހިލޭ ވައިފައި ހިދުމަތް ލިބޭއިރު، ތަފާތު ވައްތަރުގެ ރިފްރެޝްމެންޓް ވެސް ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމް މި ލޯންޗުން ވަނީ ހަމަޖައްސާފައެވެ. އަދި މި ލޯންޗަކީ ކަސްޓަމަރުންނަށް ވަރަށް އަރާމުކޮށް ތިބެވޭނެ ޖާގަ ތަނަވަސް ލޯންޗެކެވެ.

ހޯޕް ކުންފުންޏަކީ ތިމާވެއްޓާއި ރަހުމަތްތެރި ކުންފުންޏެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ޕްލާސްޓިކް ކޮތަޅު ބޭނުން ނުކުރަމަކީ އެ ކުންފުނީގެ އެއް އަމާޒުކަމަށްވާއިރު، މޫދަށް ކުނި ނޭޅުމަކީވެސް އެ ކުންފުނިން ވަރަށް ގާތުން ބަލަމުން އަންނާނެ ކަންތައްތަކެވެ.

އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތަކުގެ މައުލޫމާތު އެ ކުންފުނީގެ މީސް މީޑިއާގެ އެކައުންޓްތަކުން ލިބިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. .ޖަމީ

    ދަތުރު ހޯދަން ގުޅާނެ ނަމްބަރެއް ޖަހާލި ނަމަ ދޯ

    14
    2
  2. ޙާނަ

    ދިއްދޫ އައް ދާނެ ގޮތެއް ދާނެ ކަމެއް ހަބަރަކުން ނޭގުނު

    8
    2
    • އަލިބެއްޔާ

      ފާޑު ފާޑެއް ނުކުރެވޭނެ! މީތި ދިއްދޫއަށް ނުދަންޏާ، ދިއްދޫވެސް މީގެ ދޮށަށް އަންނާނެ.

      13
      1
  3. ފުޅައްމަސް

    އެއްމެ ދެކުނަށް ދަތުރު ކުރަންމިޖެހެނީ ދެތިންދުވަސް ހޭދަކޮށްގެން ބަނގަލާ ބޯޓުފަހަރުގައި! ދެކުނަށްވެސް ތި އަރާމު ފެރީ ފަށާބަލަ!

    4
    8
  4. ޕިންކީ

    މި ފެރީގެ ދަތުރު ތަކުގެ އަގަކީ ކޮބާ؟

    9
    3
  5. ނ

    ހޯޕް ވަރެއް ނެތް. ހޯޕަކީ ތަފާާތު ޕްލޭޔަރެއް. މުޅި އިންޑަސްޓްރީ ރެޑިފައިން ކުރުމުގެ ޤާބިލުކަން ތިޔަ ޓީމުގައި އޮތް ކަމާމެދު ޝައްކެއް ނުކުރަން

    16
    3
  6. މަލިކު ޢަލީ

    ތިޔައީ ވަރަށް ބުރަ ޚަރަދުބޮޑުކަމެއް 1 ލޯންޗް ހިފައިގެން އެކަށީގެންވާ ޚިދުމަތެއް ނުދެވޭނެ, ވަޒީފާއަށް އިޚްލާސްތެރިން ހޯދުމަކީ ދަތިކަމެއް، ފެށުމުގެ ކުރިން ރަނގަޅަށް ތައްޔާރުވޭ، ކާމިޔާބަށް އެދެން.

    11
  7. މޫސަ

    ރަގަޅަށް ސެޑިއުލް ބައްލަވާލައްވާ އޭރުން ގުޅޭނެ ނަނަބަރާ ދަތހުރު ކުރާރަށްތައްވެސް އެގިލައްވާނެ. މި ޓީމަކީ މިކަން ކުރެވޭވަރުގެ ޓީމެއްކަން ފުރަތަމަ ދަތުރުންވެސް ސާބިތު ކޮށްދީފި . ޝުކުރިއްޔާ ހޯޕް ޓީމް އަދި މީގެ އެްމެމުގުލުގަ ތިއްބެވި ފަރާތްތަކަށް.

    3
    2
  8. ޣާދިރު މަނަދޫ

    3 ބުރަދާސްގެ މަސައްކަތައް ހަމަ ޝުކުރު ދަންނަވަން..މަނަދޫގެ ހީވާގި ދަރިންތަކެއް ތިބިކަން މިއަދު ހާމަވެގެން ހިގައްޖެ..ރީލޯރޑް އައް މަނަދޫގަ ނޭޅުނު ޓާފުދަނޑު ވެސް މުސްތަގުބަލުގަ އަޅައިދޭނީ ތުރީބުރަދާސްގެ ހޯޕުން ކަންނޭގެ..

    2
    1
  9. ނިޝާ

    ދެން ބ. އަތޮޅަށް ވެސް ފަށާބަލަ ދޯ؟

  10. ަނަންބަރޭ

    ދެލޯފުޅާ ޚަބަރުގެ މެދުތެރޭ އެހެރަ ފޮޓޯ ބަލައިލަބަލަ