ޕިއްޒާ ވިއްކުމަށް މަޝްހޫރު ފުޑް ޗެއިން "ޕިއްޒާ ހަޓް" ގެ އައުޓް ލެޓެއް ފުރަތަމަ ފަަހަރަށް މިރޭ މާލޭގައި ހުޅުވައިފިއެވެ.

މިރޭ މާލޭގައި ޕިއްޒާ ހަޓްގެ އަޓްލެޓެއް ހުޅުވާފައި ވަނީ އަމީނީމަގުގައި ހުންނަ "މާލޭ ސްކޮއާ" ގައެވެ. މިރޭ އެތަން ހުޅުވި ނަމަވެސް އާންމުންނަށް ޚިދުމަތް ދޭން ފަށާނީ މާދަމާ ހެނދުނު 11:00 އިން ފެށިގެންނެވެ.

މާލޭގައި ޕިއްޒާ ހަޓް ހިންގާނީ ސްރީލަންކާގައި ވެސް ޕިއްޒާ ހަޓް ހިންގާ ގެމާ ޕިއްޒާ ކްރާފްޓާއި ރާއްޖޭގެ އައިލެންޑް ފުޑްސް މޯލްޑިވްސް ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ގެމާ އައިލެންޑް ފުޑްސްއިންނެވެ.

ޕިއްޒާ ހަޓް މާލޭ އަޓްލެޓް މިރޭ ރަސްމީކޮށް ހުޅުއްވައިދެއްވީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ގެމާ އައިލެންޑްސް އިން މިރޭ ބުނީ ޕިއްޒާ ހަޓްގެ އަޓްލެޓްތައް މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް އެކުންފުނިން ކުރިއަށް އޮތްތަނުގައި ހުޅުވާނެ ކަމަށެވެ. އެކުންފުނިން މިހާރު ގެންދަނީ މާލޭގައި ކޭއެފްސީގެ އަޓްލެޓެއް ވެސް ހުޅުވަން ތައްޔާރުވަމުންނެވެ.

ޕިއްޒާ ހަޓަކީ 1958 ވަނަ އަހަރު އެމެރިކާގައި ފުރަތަމަ ހުޅުވި ރެސްޓޯރެންޓެކެވެ. ޕިއްޒާ ހަޓް ހިންގާ ޔަމް ބްރޭންޑްސް އަކީ މިހާރު ދުނިޔޭގެ އެންމެ ގިނަ ރެސްޓޯރެންޓް ހިންގާ އެއް ކުންފުންޏެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިހާރު 16000 އަށް ވުރެ ގިނަ ޕިއްޒާ ހަޓް ރެސްޓޯރެންޓް އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ގޯޕާލް

    އުންމަ....! ވަރަށް އުފާ ވެއްޖެ! އަވަހަށް މިރޭ ޖިންސުލަތީފުން ކޮޅު ގޮވައިގެން ދާންވީ!

  2. ހާމިދުސޭޓް

    ތިޔާތަނަކުން ޚިދުމަތްދޭންފެށީމަ ފެންނާނެ އަނގާޔާ އަތާ ދިމާނުވާ, ކަރަންޓްބިލް ނުދެއްކޭ, ގެކުލި ނުދެއްކޭ މާލެފުޅުގަ ކުއްޔަށްއުޅޭ މުއްސަނދި މަހުޖަނުންތަށް

    • ބްރަވާޑޯ

      ޙާމިދު ސޭޓް އަސަރުކުރީދޯ މިސަރުކާރުގަ މިފަދަޙިދުމަތެއް ލިބުނީމަ .

    • ވަރަށްވާހަކަ

      ވަރަށް ބޮޑު ތެދެއް ތިބުނީ، ހަހަހާ

  3. ގޯނިބެ

    ހެނދުނު 11 ޖަހާތަ.؟

  4. ދަވޭ

    ގަމާ ޕިއްޒާ ކްރާފްޓް އޯވާސީސް އިން ތައްޔާރު ކުރާ ޕިއްޒާ އާއި ސިންގަޕޯރގެ ޕިއްޒާ ހަޓްސް ތަކުން އުފައްދާ ޕިއްޒާ އާއި ރަހަ ވަރަށް ބޮޑު ތަން ތަފާތެވެ. ސިންގަޕޯރގެ ޕިއްޒާ ހަޓްގެ ޕިއްޒާ މާ ބޮޑު ތަން ވެސް ރަހަ ރަނގަޅެވެ. ފްރެންޗައިސް ޕްރޮޑަކްޓްސް ތަކަކީ އެއީ އަޕްފްރަންޓަށް ބޮޑު އެއްޗެއް ދީފައި ގަންނަން ޖެހޭ އެއްޗަކަށް ވާއިރު އަޕްފްރަންޓަށް އެވަރުގެ އަދަދެއް ދީގެން ނުގަނެވޭތީވެ އެހެން ބަޔެއްގެ އަންޑަރ ލައިސަންސް ދަށުން ތާރޑް ޕާރޓީ އެއް އޮޕަރޭޓް ކުރާ ގޮތަށް އަންޑަރލައިސަންސް ދިން ފަރާތަށް ބައި އަޅާ ގޮތަށް ހަދާ ކާބޯތަކެތީގެ ރަހަ ވަރަށް ބޮޑު ތަން ތަފާތެވެ. ލަންކާ ގައި ހުންނަ މެކް ޑޮނަލްޑް އަށް މަމެން ނުކިޔަން އެއީ މެކް ޑޮނަލްޑްއެއް ކަމަށް މަމެން އެއަށް ކިޔަނީ އިންޑިއަން ރެސްޓޯރެންޓް އެއް ކަމަށް.

  5. ގިވްއިން

    ފާސްޓް ފުޑްސް ތަކުގެ ތެރޭން ސިއްހަތަށް އެންމެ ރަނގަޅު އަދި ބޭޑް ޓްރެކް ރިކޯރޑެއް ނެތް ހަމަ އެކަނި ފާސްޓް ފުޑް އަކީ އެއީ މޮސްބާރގަރ އޭ މަމެން އުއްމީދު ކުރަމޭ މީގެ އައުޓް ލެޓް އެއް ވެލާނާ އެއާރޕޯރޓް ގައި ހުޅުވާނޭ ކަމަށް. ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން.

  6. މަތިއުތުރު

    ވަރަށް ސަޅި. ސައީދުގެ މިނިސްޓްރީއިން ކަމެއްނުވިއަސް މެޑަލްޖަހަން ކުރާ މަސައްކަތުގެ ކުޅަދާނަ ކަމަށް ސާބަސް.

  7. މާރިޔާ

    އަސްތާ....! ވަރަށް އުފާ ވެއްޖެ! އަވަހަށް މިރޭ ޖިންސުލަތީފުން އެއްކޮއް ގޮވައިގެން ދާންވީ!