ދުނިޔޭގެ އެންމެ މަގުބޫލު ވަސްތައް ހިމަނައިގެން އުފައްދާފައިވާ މޮންޓާލޭ ކަލެކްޝަން ނިއު އެޑިޝަން އިން ރާއްޖެ އަށް ތައާރަފްކޮށްފިއެވެ.

މޮންޓާލޭ ކަލެކްޝަންގައި ދުނިޔޭގައި ފަހަކަށް އައިސް އެންމެ މަގުބޫލުކަން ހޯދާފައިވާ 20 ސެންޓެއް ހިމެނެއެވެ. މީގެ ތެރޭގައި ފިރިހެން އަދި އަންހެނުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ސެންޓުތައް ވެސް ހިމެނެއެވެ. މީގެތެރެއިން ފާހަގަކޮށްލެވޭ ވަސްތަކުގެ ތެރޭގައި، ޖަޑޯ، އިންވިކްޓަސް، އަރްމާނީ ސީ، ފެރަންހައިޓް، މިސް ޑިއޯރ ފަދަ މްއްޝޫރު ސެންޓުތައް ހިމެނެއެވެ.

ގިނައިރަށް ވަސް ހުންނަ މި ސެންޓަކީ ގޭސް ނުލާ ހަދާފައިވާ އޮއިލް ބޭސްޑް ޕާފިއުމް ސެންޓެކެވެ. އާންމުކޮށް ބޭނުންކުރާ ސެންޓުތަކަށްވުރެން މިސެންޓުގެ ވަސް ގިނައިރަށް ދެމިހުރެއެވެ.

މޮންޓާލޭ ކަލެކްޝަންގެ ސެންޓުތައް ލިބެން ހުންނަނީ 50 އެމް އެލް ފުޅީގައިއެވެ. ރީޓެއިލްކޮށް މޮންޓާލޭ ފުޅިއެއްގެ އަގަކީ އެންމެ 150ރ އަށެވެ. އަމޮންޓާލޭގެ ހޯލްސޭލް ކަސްޓަމަރުންނަށް ވަރަށް ހާއްސަ އަގަކާއި އޮފާތަކެއް ނިއު އެޑިޝަން އިން ދޭނެއެވެ.

ނިއު އެޑިޝަނުން މައުލޫމާތުދިން ގޮތުގައި، މޮންޓާލޭ ކަލެކްޝަންއަކީ ގިނައިރު ވަސް ހުންނަ މޮޅު ސެންޓަކަށް ވުމާއިއެކު އަގު ހެޔޮވުމުން ގިނަ ކަސްޓަމަރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެންދެއެވެ. ނިއު އެޑިޝަނުން ބުނީ، މިފަދަ ކޮލެޓީ ޕްރޮޑަކްޓުތައް އަތްފޯރާ އަގުގައި ރާއްޖެއިން ލިބެންހުރުމަކީ ނިއު އެޑިޝަންގެ އެއް އަމާޒު ކަމަށެވެ. ކުރިޔަށް އޮތް މުސްތަޤްބަލުގައި ވެސް އިތުރު ރަނގަޅު ޕްރޮޑަކްޓުތަކެއް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ނިއު އެޑިޝަން އިން ބުނެއެވެ.

ނިއު އެޑިޝަން އަކީ ރާއްޖެއަށް ދުނިޔޭގެ އެންމެ މައްޝޫރު އެއް ކޮސްމެޓިކްސް ބްރޭންޑު ކަމުގައިވާ ނޯޓް ކޮސްމެޓިކްސްގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ. ނޯޓްގެ ޕްރޮޑަކްޓުތައްވެސް ނިއެއެޑިޝަނުން ރާއްޖޭގައި ވިއްކަމުންގެންދަނީ ހެޔޮއަގެއްގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

މޮންޓާލޭ ކަލެކްޝަންގެ ވެސް ހޯލްސޭލްކޮށް ޑިސްޓްރިބިއުޓްކުރާ އެކްސްކުލޫސިވް ފަރާތަކީ ނިއު އެޑިޝަންއެވެ.

ނިއު އެޑިޝަން ފިހާރަ ހުންނާނީ އޮލިމްޕަސް ކުރިމަތީ ގޯޅިން ގޮސް، ބޮޑުރަސްގެފާނު މަގުގެ ވާތް ފަޅީގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ވަޖުދީ

    މަގަނެފިން ފެރަންހައިޓްއެއް، ވަރައް ސަޅި، އަގުހެޔޮވީމަ އެންމެ ސަޅީ

  2. ހަނީމު

    ނިއު އެޑިޝަން ހުންނަނީ ކޮންތާކުތަ

  3. ސުދާ

    ކޮބާތަ ނިއު އެޑިޝަން އަކީ؟ ގުޅޭނެ ގޮތެއް ބޭނުން.

  4. ޖ

    މީކޮންތާކު ހުންނަތަނެއްތަ

  5. ރައްޔިތުމީހާ

    ޚަބަރެއްގެ އެންމެ މުހިންމު މަޢުލޫމާތު އެތަނެއް ހުންނަތަންވެސް އެނގުން.

  6. އެސޮރު

    ގަލޮޅު ސަހަރާ ކުރިމަތިން ހުޅަނގަށް ހިގާލަބަލަ ރައުންޑުވަން ބުކުސޮޕާ ހަމަޔަށް ނިއު އެޑިސަން ފެންނާނެ [ ބޮޑުރަސްގެފާނުމަގު}

  7. ނަސީމު

    ގަލޮޅު ސަހަރާ ކުރިމަތިން ހުޅަނގަށް ހިގާލަބަލަ ރައުންޑުވަން ބުކުސޮޕާ ހަމަޔަށް ނިއު އެޑިސަން ފެންނާނެ [ ބޮޑުރަސްގެފާނުމަގު}

  8. މީހާ

    ގަލޮޅު މޯޗަރީ ކައިރީ ހުންނަ ފިހާރައެއް