ކޮސްމެޓިކްސް ޕާފިއުމްސް އަދި ރީތިވާ އެއްޗެހީގެ ގިނަ ވައްތަރުތަކެއް ވިއްކަމުން އަންނަ "ނިއު އެޑިޝަން" އަކީ ދުނިޔޭގެ އެންމެ މައްޝޫރު އެއް ކޮސްމެޓިކްސް ބްރޭންޑު ކަމުގައިވާ ނޯޓް ކޮސްމެޓިކްސްގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ.

ނޯޓު ކޮސްމެޓިކްސްއަކީ ދިވެހިންގެ ތެރޭގައިވެސް މަގުބޫލު ބްރޭންޑެއް ކަމަށްވާއިރު ދިވެހި ޒުވާން އަންހެނުންނަށް ހަދިޔާއެއްގެ ގޮތުގައިވެސް އެންމެ ބޭނުންވާނެ އެކައްޗަކީ މިއީއެވެ.

މާލޭގެ ބޮޑު ރަސްގެފާނު މަގުގައި ހުންނަ ނިއު އެޑިޝަންގެ ފިހާރައަކީ ނޯޓުގެ ގިނަ ޕްރޮޑަކްޓްތައް ލިބޭނެ އެއް ތަނެވެ. އެ ތަނަކީ އެތައް ބައެއްގެ ހިތްތަކާއި ގުޅިފައިވާ ތަނެކެވެ.

އެތަނުން މިއަދު ޒުވާނުންނަށް ދިން އުފާވެރި ޚަބަރަކީ އެތަނުން ވިއްކަމުން އަންނަ ހުރިހާ ނޯޓު ޕްރޮޑަކްޓްސްތަކުން އެއް ގަޑިއިރަށް 50 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭ ފްލޭޝް ސޭލްއް ފަށަން ތައްޔާރުވަމުން އަންނަ ވާހަކައެވެ.

https://www.facebook.com/neweditionmv/photos/a.416781321824852/1221983744637935/?type=3&permPage=1

މިއީ އެ ޒުވާނުންނަށް ހަދިޔާއެއްގެ ގޮތުގައި ނޯޓު ކޮސްމެޓިކްސް ވައްތަރުތައް ދޭން ލިބޭނެ ރަނުގެ ފުރުސަތަކަށް ވެގެން ދާނެއެވެ. ނޫނީ އަމިއްލައަށް ގޮސް ނޯޓު ކޮސްމެޓިކްސްގެ އަޖުމަ ބަލާލުމަށް ގަނެލަންވެސް ރަނގަޅު ފުރުސަތަކަށް ވެގެން ދާނެއެވެ.

މާދަމާ ރޭގަނޑު 9:00 އިން 10:00 އަށް ނިއު އެޑިޝަންގެ ފިހާރައަށް ގޮސް ބޭނުން ވަރަކަށް ނޯޓުގެ ޕްރޮޑަކްޓްތައް ގަނެލަންވީއެވެ. މި ވަރުގެ ޑިސްކައުންޓެއް ލިބޭނީ މަދު ފަހަރެއްގައެވެ.

ނިއު އެޑިޝަން އިން ބުނީ ރާއްޖޭގައި އާއްމުކޮށް ބާއްވާ ސޭލްތަކުގައި އަގުހެޔޮވެގެން ދާނީ ވަކި ޕްރޮޑަކްޓްތަކެއް ކަމަށާއި ނަމަވެސް ރާއްޖޭގައި އާއްމުކޮށް ބާއްވާ ސޭލްތަަކަށްވުރެ މި ސޭލް ތަފާތު ވާނެ ކަމަށެވެ.

"އެކަމަކު މި ފްލޭޝް ސޭލްގައި ނޯޓުގެ ހުރިހާ ޕްރޮޑަކްޓްތަކަކުން އެއްފަހަރާ 50 ޕަސެންޓް އޮފްކޮށްލަނީ. ފަހުގެ ޕްރޮޑަކްޓްތައްވެސް ކުރީގެ ޕްރޮޑަކްޓްތައްވެސް، ވަކި ޕްރޮޑަކްޓެއް ނުބަލާ ހުރިހާ ނޯޓް ޕްރޮޑަކްޓްސް 50 ޕަސެންޓް ހެޔޮވެގެންދާނެ." ނިއު އެޑިޝަނުން ބުންޏެވެ.

އިތުރަށް އެ ފިހާރައިން ބުނީ މި ހާއްސަ ސޭލްގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަ ހަދިޔާތަކެއްވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ފްލެޝް ސޭލްއެވެ. އާއްމުކޮށް މިފަދަ ފްލެޝް ސޭލްތައް ބާއްވަނީ ބޭރުގެ ބޮޑެތި ބްރޭންޑްތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސިނީ

    އައި ވިލް ބީދެއާ ޑޯންޓް ވޮރީ

    5
    2
  2. ޢަލި

    ނުވިކިގެން. ޢަދި އެމްބެސެޑާ ވެސް ބަދަލުކުރަންފެނޭ ނޫންނަމަ ތިޔަބްރަެންޑް އުވެނެ ރާއްޖެއިން

  3. ބަހަނާ

    50%ގެ ޑިސްކައުންޓާއެކު ނޯޓް ފޯނެއް ނުލިބޭނެތަ؟