ބިން ހިއްކުމުގެ ގާބިލަން ރާއްޖޭގެ ކުންފުންޏަކަށް ލިބިފައި ނުވާތީ އެމައްސަލަ ހައްލުކޮށް، އެމްޓީސީސީ އަށް ވެސް އިތުރު ފައިދާ ހޯދުމުގެ ގޮތުން ގެނައި "މަހާ ޖައްރާފު" ބޭނުން ކޮށްގެން ފައިދާ ހޯދުމަށް އެމްޓީސީސީ ނުކުޅެދިއްޖެއެވެ.
އެމްޓީސީސީގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި އެކުންފުނީގެ ޗެއާމަން މުހައްމަދު ފަހީމް ދެއްވާފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ފަޅުފުންކުރުމާއި ބިންހިއްކުމުގެ ދާއިރާއިން ގިނަ މަޝްރޫއުތަކެއް ފާއިތުވި އަހަރު ކުރެވިފައި ވީނަމަވެސް، ވޭތުވެދިޔަ އަހަރު އެ ދާއިރާއިން 13.60 މިލިއަން ރުފިޔާ ގެއްލުން ވެފައިވާ ކަމަށެވެ.
"ފަޅުފުންކުރުމާއި ބިންހިއްކުމުގެ ދާއިރާއިން ގިނަ މަޝްރޫޢުތަކެއްގައި މަސައްކަތްކުރެވިފައި ވީނަމަވެސް، ވޭތުވެދިޔަ އަހަރު މިދާއިރާއިން ވަނީ 13.60 މިލިއަން ރުފިޔާ ގެއްލުންވެފައެވެ. މި ދާއިރާއިން ހިންގުނު މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ކ.މަޑިވަރު، ކ.ކަގި، ށ.ކޮ މަންޑޫ، ކ.ގުރައިދޫ އަދި ކ.ހުރާގެ ބިންހިއްކުމުގެ މަޝްރޫޢުތައް ހިމެނެއެވެ."
ރިޕޯޓްގައި ބުނެފައި ވަނީ މި ދާއިރާއިން ލިބުނު ގެއްލުމުގެ މައިގަނޑު ސަބަބަކީ، މަހާޖައްރާފު ގަތުމަށް ނަގާފައިވާ ލޯނު ފައިނޭންސް ކުރުމުގެ ޚަރަދު ބޮޑުވުމާއި ޚަރަދާ އެކަށީގެންނުވާވަރުގެ ކުޑަ އަގެއްގައި ބިންހިއްކުމުގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ފިއްތުންތައް ކުރިމަތިކުރުން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ރިޕޯޓްގައި ދެއްވާފައެއް ނުވެއެވެ.
ރިޕޯޓްގައި އެމްޓީސީސީގެ ޗެއާމަން ވިދާޅުވެފައި ވަނީ އަމާޒަކީ މި ދާއިރާ އަލުން ދިރުވާ، 2019 ގައި މި ދާއިރާއިން ހިންގާ މަޝްރޫޢުތަކަކީ ކުންފުންޏަށް ރަނގަޅު ފައިދާއެއް ވާވަރުގެ އަގެއްގައި ހިންގާ މަޝްރޫޢުތަކެއްކަން ކަށަވަރުކުރުން ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ގެނައި މަހާ ޖައްރާފު އަށް ރާއްޖެއިން ބޭރުގެ ބައެއް މަޝްރޫޢުތައް ވެސް ލިބިފައިވާ ކަމަށް އޭރު ސަރުކާރުން ވިދާޅުވެފައިވެއެވެ. ނަމަވެސް ސަރުކާރު ބަދަލުވި ފަހުން މަހާ ޖައްރާފު ބޭނުންކޮށްގެން ރާއްޖެ އިން ބޭރުގެ މަޝްރޫޢެއް ހިންގަން ސަރުކާރުން މަސައްކަތް ކޮށްފައެއް ނުވެއެވެ.
އާސަރުކާރާއި އެކު އެމްޓީސީސީގެ މެނޭޖްމަންޓާއި ހަވާލުވި ފަރާތްތަކުން ވަނީ މަހާ ޖައްރާފަށް ކުރަން ޖެހޭ ޚަރަދު މާބޮޑު ކަމަށް ބުނެ އެކަމުގެ ޝަކުވާތައް ކޮށްފައެވެ.
ތި އޮޑިޔައް ކިޔާ "މަހާ ބުއްރާސް ޕަރީ"..
ސަރުކާރު ހިންގުމުގެ ގާބިލް ކަމެއް ނެތް ބައެއް ކޮންމެ ކަމެއްގަވެސް ހަދަނީ ބުހުތާނު ދޮގު އަދިވެސް ރައީސް ޔާމީނާ އަޅައިގަނެގެން ނެއްޓެން ނޭގިގެން އުޅޭ ބައެއް. އިބޫ ސޯލިހަށް ވާނުވާ ނޭގޭ
ވާނެ ކަމެއްނޫން. ޔާމީނަކީ އަމިއްލަނއަދި އާއިލީ ބިޒްނަސްއެއް އޮތް މީހެއްނޫން. ހުރިހާ ޕްރޮޖެކްޓެއް ރައްޔިތުންގެ ކުންފުންނަށް އއސަރުކާރުންދެިނީ. މިހާރު މިއޮތް ސަރުކާރަކީ އާއިލީސަރުކާރެއް. ބިޒްނަސް ކުރާ ސަރުކާރެއް. ސަރުކާރުން ހުރިހާ ޕްރޮޖެކްޓެއްދެނީ ޢައިލީ ކުންފުނިތަކަށް. ރައްޔިތުންގެ ވެރިކަމެއްނޫންވީމަ ރައްޔިތުންގެ ކުންފުނި ފަނާކޮށްލަނީ. މަހާޖައްރާފްވެސް އާއިލީ ކުންފުންޏަކުން ގަންނަތަން ދެންފެންނާނީ. ރައްޔިތުންގެ މުދާކޮޅު ގެއަށް ނުއަގުގައި ވިއްކާލާނީ. މިއީ ވައްކަން ނުކުރާ ނުފޭރޭ ކޮރަޕްޝަން ނެތް ސަރުކާރު.
ކިތަންމެ އަގުބޮޑު ރަންގަޑެއްދިނަސް އޭގެން ނަފާ ހޯދަން ނޭންގެންޏާ އެޔެކޭ ހިލަގަނޑެކޭ ތަފާތެއްނެތް. މި ސަރުކާރަށް ހުސް އަނގަ ތެޅުން ފިޔަވާ އަމަލީ އެއްވެސް މަސައްކަތެއް ކުރުމުގެ ޤާބިލްކަމެއްނެއް. ކުރީ ސަރުކާރު، ކުރީ ސަރުކާރު، ކުރީ ސަރުކާރު ނޫންއެއްޗެއް ނުކިޔާ
ޕްލޭންކުރަން ނޭންގޭ ހިންގަން ނޭންގޭ ބައެއްގެއަތައް ގައުމު ދިޔައީމަ ވާނީ ތިހެން
ޢަސްލު ވާގޮތަކީ މި ރާއްޖޭ ގައި މި އޮންނަ ނީ ސިޔާސީ
ތަރައްގީ މީ ވާގޮތަކީ 2018 ވަނަ އަހަރު ހިއްކި ހުރިހާ
ރަށަކުން އެމްޓީސީސީ ޔަށް ވާނީ ހަމަ ގެއްލުން އެއީ
ރިޔާސީ އިބްތިހާބަށް ކުރި މަސައްކަތެއް ވީމަ އެކަން
ދާނީ ހަމަ އެގޮތަށް
ނޭންގޭ ބަޔަކަށް ނޭންގޭނެ ކިތަންމެވަރަަކަށް ކިޔައިދިނަސް
އިނދެގެން، އުޅޭ އަނބިމީހާގެ ބޭނުން ކުރަން ނޭނގޭ ބަޔަކަށް މަހާޖައްރާފާ ބޭނުންކުރަން ނޭނގުމަކީ ބަޔަކު އަޖާއިބުވާންޖެހޭ ކަމެއްނޫނޭ.
މޮޔައެއްގެ އަތައް ކިތަންމެ ބޭނުންތެރި އެއްޗެއް އެރިޔަސް ބޭނުންހިފާކައް ނޭނގޭނެ.. ޖައްރާފު ފުނޑާލުމަކީ އެމްޑީޕީގެ އަމާޒެއް. އޭގެ ފަހަަަތުގައި އޮތީ ހިތްކުމުގެ ޕުރޮޖެކްޓުތަކެއް އިންޑިޔާބަޔަކައް ދިނުން. މިވެރިންހާ ގައުމައް ޣައްދާރުބަޔަކު ނުދެކެން. އެހެންތާވާނީ..މިވެރީންނަކީ މިގައުމުގެ އިސްލާމީޝަހުސިއްޔަތައްވެސް ނަފުރަތުކުރާބަޔެއް އެހެންވީމާ ދެން ކޮންކަމަކައްތަ މިމީހުން ވަފާތެރިވާނީ.. ބައިއަތު ހިފައިގެން އެތިބީ ހިންދޫއިންނާއިއެކު. އަމާރުއޮތީ ގައުމުގެ ބާރުތައް އެމީހުންގެ އަތްދަށައް ގެނެސްފަ ގާނޫނުތަކުން އިސްލާމީ ވަހުދަތު މުގުރާލާފަ ފަރަންޖީން ބުނާގޮތައް ގައުމުގެ ވެއްޓާއި ގާނޫނުތަކާއި މުޖުތަމައު ބައްޓަންކޮއް އެމީހުންގެ ވާގިން ވެރިކަމުގައި ދެމިތިބުން..
އުޑެއް ބުޑެއް ނޭނގޭ ބަޔަކަށް ވާނީ ކޮންކަމެއް.
މަހާޖައްރާފު ކިޔަން އެނގޭތަ އެހާވަރުން ފުދޭނެ
އެއްކަމެއްވެސް ކުރަން ނޭންގޭ ބަޔަކު ވެރިކަމާ ހަވާލުވީމަ ވާނެ އެއްޗެއް މިވަނީ.. ދެން ތިވެސް ނުއަގުގަ ވިއްކާލާ.. ނަގާފައޮތް ލޯނަކަށް ފައިސާދައްކާނެ ގޮތެއް އެގެނީކީނޫން.. ސަރިކާރުގެ ހަރު އެސެޓްތައް ބޭނުންކުރާނެ ގޮތެއް އެނގެނީކީނޫން.. ނުވާކޮޅުދައްކާ މޮޅުވާހަކައެއް ކޮންމެ ކަމެއްގަ ކޮންމެ ދުވަހަކު މި އަޑުއިވެނީ.. ވެރިކަމާ ހަވާލުވާން ރައްޔިތުން ލޮލުގަ އަނދުން އެޅުވިއިރު މިވަރުގެ ގާބިލު ހަމަ އެއްވެސް ބައެއް މިގައުމަކުނެތް.. ވެރިކަން ލިބުނީމަ ހިންގާކަށް އަމުދުން އެނގެނީކީނޫން.. ދައުލަތުގެ ރިޒާވް މިލިޔަނުން ތިރިކޮށްލަނީ.. ދައުލަތުގެ ވެރިން ކޮންމެ ދުވަހަކު ގައުމަކަށް ބައިހަދާފަ ދަތުރުއަޅަނީ.. ކޮންމެ ކަމެއްގަ ނުވާކޮޅުދައްކާ ބޯދަމައިގަންނަނީ..
ތިިބުނާ މަހާޖައްރާފުން ބިންހިޢްކަން އުޅެގެން ރާއްޖެ ތަރައްގީ ކުރަން 20 އަހަރު ނަގާނެ
ކަލެޔަށް ބޮޑަށް އެނގޭނީ.. ބޮނޑިބަތް ކޭމަ ތިނޫން ވިސްނުމެއް ނާންނާނެ..
ތި މީހަކު ފަހުރުވެރި ވާވަރަށް ވުރެން ކުޑަ އެއްޗެއް ޑޮމެސްޓިކް އެއަރ ޕޯރޓެއް ހިއްކަން 4 މަސް އެވަރު ތިކުދިން ނަން އެވަރު އޯކޭތަ؟
އަވަހަށް އިންޑިއާ ބޔަކާ ހަވާލުކުރޭ!
އެންމެ އަވަހަށް ހިއްކޭނީ ނާސިރުއިރު މޫދުންގޯތިހިއްކިގޮތައް ކުނިއަޅާއިގެން ހިއްކީމަ ހެހެ! ކަންކުރަން ނޭގޭނަމަ ސަލާމްބުނެފަ ވެރިކަމުންފައިބާ!