ޝާވިން ވިލިއަމްސްގެ މޮޅު ކުލަ ވިއްކަމުން އަންނަ ޕެއިންޓް ގްލޯބްގެ މިދިޔަ ރޯދަ މަހު ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.

ރޯދަ މަހުގެ ނިޔަލަށް ޕެއިންޓް ގްލޯބުން ކުރިޔަށް ގެންދިޔަ ހާއްސަ އެ ޕްރޮމޯޝަނަކީ 200 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކޮށްގެން ފައިސާ އިނާމު ލިބޭގޮތަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގެ ތިން ނަސީބުވެރިން މިހާރު ވަނީ ހޮވާފައެވެ.

ގުރުއަތުން 1 ވަނައަށް ހޮވިގެން 15000 ރުފިޔާގެ ފައިސާގެ އިނާމު ލިބިފައިވަނީ ކ.ގުރައިދޫ ތާއިލާ އަބްދުﷲ އަށެވެ. ދެވަނައަށް ހޮވުނު ނަސީބުވެރިޔާއަކީ މުހައްމަދު ޔަޤްޡާންއެވެ. އޭނާއަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނުއިރު ތިން ވަނައަށް ހޮވުނު ނަސީބުވެރިޔަކަށް ހޮވުނު ސ.ހިތަދޫ ޝައްމޫނަށް 6000 ރުފިޔާގެ ފައިސާގެ އިނާމު ޕެއިންޓް ގްލޯބު ކުލަ ފިހާރައިން ދީފައިވެއެވެ.

ޕެއިންޓް ގްލޯބް ރޯދަ ޕްރޮމޯޝަންގެ ތިން ނަސީބުވެރިޔާއަށް ރަމްޒީ ޗެކް ހަވާލުކުރަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ކުލަ އާއި ދަވާދާއި، ވޯލްސީލަރ، އަދި ކުލަލުމަށް ބޭނުން ކުރާ ސާމާނުތައްވެސް ވިއްކަމުން އަންނަ މަޝްހޫރު ޕެއިންޓް ގްލޯބްއަކީ ދިވެހިންގެ މެދުގައި އިތުބާރާއި ޔަގީންކަން ހޯދާފައިވާ ފިހާރައެއްކަން ފާހަގަކޮށްލަން ޖެހެއެވެ.