މިދިޔަ ޖޫން މަހު ރާއްޖެ އަށް އިމްޕޯޓް ކޮށްފައިވާ މުދަލާއި، ރާއްޖެ އިން ބޭރުގެ ގައުމުތަކަށް އެކްސްޕޯޓް ކުރި މުދަލުގެ އަދަދު ވެސް މަދުވެއްޖެއެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ފާއިތުވި ޖޫން މަހު ރާއްޖެއިން އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2018 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 5 އިންސައްތަ ވަނީ ދަށްވެފައެވެ. 2018 ވަނަ އަހަރުގެ ޖޫން މަހު ދިވެހިރާއްޖެއިން 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖޫން މަހު މި ޢަދަދުވަނީ 3.3 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ޖޫން މަހު އިމްޕޯޓާއި އެކްސްޕޯޓް ދަށްވި ނަމަވެސް ކަސްޓަމްސް އަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.

ފާއިތުވި ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީ 2018 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 13 އިންސައްތަ ވަނީ އިތުރުވެފައެވެ. 2018 ވަނަ އަހަރުގެ ޖޫން މަހު 235 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖޫން މަހު މި ޢަދަދުވަނީ 266 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 19 އިންސައްތަ ޗައިނާ އަދި ޔޫ.އޭ.އީ އިން އިމްޕޯޓްކޮށްފައިވާއިރު، ސިންގަޕޫރުން 13 އިންސައްތަ އަދި އިންޑިއާއިން 9 އިންސަައްތަ މުދާ އެތެރެކޮށްފައިވެއެވެ.

މިއަހަރު ރާއްޖޭގެ އިމްޕޯޓް ދަށްވަމުން ދާއިރު މިއީ އިޤުތިޞާދީ ނަޒަރަކުން ވިސްނާއިރު ގައުމުގެ އިޤުތިޞާދު މަޑު ޖެހެމުންދާ ކަމުގެ ނިޝާނެއް ކަމަށް އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. އިމްޕޯޓް ދަށް ވެގެން ދިއުމުގެ އެއް ސަބަބަކީ ބޮޑެތި މަޝްރޫޢުތައް ހިންގުން މަޑު ޖެހިފައިވުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޞިރާޠު

    އެސްޓީއޯ ، އެމްޓީސީސީ ، ފެނަކަކޯޕްރޭޝަން ، ފެންކުންފުނި އިނދަޖެހިފައޮއްވާ ރައީސް ޔާމީން ވަޑައިގެން އެތަކެއް މަސައްކަތުން އެތަންތަން މޮޓާކޮށް ކޮޅަށް ޖަހާ ފައިދާލިބޭތަންތަނަށް ހަދާފައޮއްވާ ދިވެހިން ނުކުމެ އަލުން އެތަންތަން އިނދަޖައްސާލުމަށް ފުރުޞަތު ދިނެވެ. އެންމެ 150 މިލިޔަން ޑޮލަރު ރިޟާވްގައި ހުއްޓާ ރައީސް ޔާމީންގެ އިޤްތިޞާދީ ސިޔާސަތުން ޤަވްމީ ރިޟާވްގައި 850 ބިލިޔަން ޑޮލަރަށް އިތުރުކޮށްފައި ހުއްޓާ ރިޟާވް ހުލިކޮށްލުމަށް ދިވެހިން ނުކުމެ ފުރުޞަތު ދިނެވެ. ދިވެހިންނަށް ހަމަ ސާބަހެވެ. ހިތި ނަތީޖާ އެބަ ފެންނަމުން ދެއެވެ.

    29
    1
  2. އާލަމް

    މަދުވާނެދޯ!؟ ރާއްޖޭގެ އެންމެންނާއި ރާއްޖޭގައުޅޭ ބޭރުމީހުންވެސް ބޭނުންވާ ހުރިހާ އެއްޗެއް ގެންނަނީ ޕޯސްޓްއިން ޑީ އެޗް އެލް ފެޑެކްސް އީ އެމް އެސް މެދުވެރިކޮއް ނުގެންނަ އެއްވެސް އެއްޗެއް ނެތް އޮންލައިން ޕޭޖް ތަށް ބަލާލީމަ އެކަން އެނގޭނެ މީ ޤައުމު ހަލާކުވެ ހާލަތު ދަށަށްދާނެކަމުގެ ސިގްނަލް މިކަން ކޮންޓްރޯލް ނުވެއްޖެނަ ހާލަތު ވ ގޯސްވާނެ

    13
    5