ރާއްޖޭގެ އެންމެ ފުރަތަމަ އެއަރ ފްރެޝްނާ ބްރޭންޑްގެ ލަގަބް އޫދް އަލް ސަބާޔާއިން ހޯދައި އެ ބްރޭންޑްގެ އެއަރ ފްރެޝްނާ ބާޒާރަށް ނެރުމަށް ތައްޔާރު ވެއްޖެއެވެ.

އޫދް އަލް ސަބާޔާ އިން މިރޭ ނެރުމަށް ނިންމާފައި ވަނީ އޫދް އަލް ސަބާޔާ ބްރޭންޑްގެ އެއާ ފްރެޝްނާ ފުޅިތަކެވެ.

މިރޭ ނެރެނީ ލެމަން ގްރާސް ފްލޭވާގެ އެއަރ ފްރެޝްނާ ފުޅިތަކެވެ.

އޫދް އަލް ސަބާޔާ އިން ބުނީ މިރޭ ނެރެން ނިންމާފައިވާ އެ ބްރޭންޑްގެ އެއަރ ފްރެޝްނާއަކީ މީގެ އަހަރެއްހާ ދުވަސް ކުރިން ފަށައިގެން ނެރުމަށް މަސައްކަތް ކުރަމުންދިޔަ އެއްޗެއް ކަމަށެވެ.

މިރޭ ނެރުމަށް ނިންމާފައި ވަނީ އެއާ ފްރެޝްނާގެ 120 އެމްއެލްގެ ފުޅިއެވެ.

މީގެ ފުޅިއެއްގެ އަގަކީ 200 ރުފިޔާއެވެ.

އޫދް އަލް ސަބާޔާ އިން މައުލޫމާތު ދޭ ގޮތުގައި މިއީ ގިނައިރު ވަސް ހުންނާނެ ވަރަށް ވެސް މީރުވަސް ދުވާ އެއަރ ފްރެޝްނާއެކެވެ.

އަދި މި އެއާ ފްރެޝްނާ ފުޅިތައް ކޮޓަރި، ރެސްޓޯރެންޓް، ކާރު ފަދަ އެއްޗެހީގައި ބޭނުން ކުރެވޭނެެއެވެ.

އަދި މީގެ އިތުރުން، ރިސޯޓްތަކާއި، ގެސްޓް ހައުސް އަދި ރެސްޓޯރެންޓްތަކަށް ހާއްސަކޮށް، އެ ތަނަކުން ބޭނުންވާ ފްލޭވާއެއްގެ އެއަރ ފްރެޝްނާ އޫދް އަލް ސަބާޔާއިން ތައްޔާރު ކޮށްދޭނެއެެވެ.

އޫދް އަލް ސަބާޔާ ބްރޭންޑްގެ އެއަރ ފްރެޝްނާ މިރެއިން ފެށިގެން މާލޭގެ މާފަންނު މިރިޔަސް މަގުގައި ހުންނަ ފިހާރައިން ލިބެން ހުންނާނެ އެވެ.

އަދި ވަރަށް އަވަހަށް އޫދް އަލް ސަބާޔާގެ އައްޑޫ ފިހާރައިން ލިބޭނެ އިންތިޒާމްތައް ވެސް ހަމަޖެހިގެންދާނެ ކަމަށް އެ ފިހާރައިން މައުލޫމާތުދެއެވެ.

އޫދް އަލް ސަބާޔާއަކީ ދިވެހިން އިތުބާރު ހޯދާފައިވާ، އެތައް ވައްތަރެއްގެ މީރުވަސްދުވާ އަތަރާއި ޕާފިއުން އަދި ލޯޝަން ނެރެމުން އަންނަ ފިހާރައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލްޖިބްރާ

    މިއީ މިރާއްޖޭގެ އުފެއްދުމެއް ބާ ؟ ސުރުޚީ އޮތް ގޮތުން އަހާލެވުނީ !

  2. Anonymous

    ލަބަ

  3. ާަޒެސާ

    ލަބަ މިއީ މިރާއްޖޭގެ އުފެއްދުމެއް.