އެޗްއެސްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކޮން ބައެއްކަން ގިނަބަޔަކު އެނގެން ބޭނުންވާނެއެވެ.

އެޗްއެސްސީއާއި ގުޅޭ ތަފާތު އިޝްތިހާރުތައް މިހާރު ގިނަބައެއްގެ ސަމާލުކަން ލިބިފައިވާއިރު އެ ކުންފުންޏާއި ގުޅޭ ކުޑަ މައުލޫމާތުކޮޅެއް ހިއްސާކޮށްލާނަމެވެ. އެޗްއެޗްސީއަކީ ޔޫރަޕް ބައްރުގެ މޮޅު ކޮލެޓީގެ މުދާ ހެޔޮއަގެއްގައި ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.

އެޗްއެސްސީގެ އެންމެ ބޮޑު އެއް އަމާޒަކީ ޔޫރަޕްގެ ފެންވަރު ރަނގަޅު މުދާ ރާއްޖެއަށް ގެނެސް ވިއްކުމެވެ. އަދި އެ ކުންފުނިން ގެންނަ މުދާ މެދުނުކެނޑި އާއްމުންނަށް ލިބޭނެ ގޮތް ހެދުމަކީވެސް އެޗްއެސްސީގެ އެއް އަމާޒެވެ.

އެޗްއެސްސީ ޔޫރޯ އަންލިމިޓެޑް ފިހާރަ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

އެޗްއެސްސީ އަކީ މިހާރު ރާއްޖޭގައި ފުޅާދާއިރާއެއްގައި ހޯލް ސޭލް އަދި ރީޓެއިލް ކުރަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ފުރަތަމަ ފިހާރަ ކަމަށްވާ "އެޗްއެސްސީ ޔޫރޯ އަންލިމިޓެޑް" ހުންނާނި ކަލާފާނު ހިނގުމުގަ އެވެ.

އެޗްއެސްސީ ޔޫރޯ އަންލިމިޓެޑް ފިހާރަ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
އެޗްއެސްސީ ޔޫރޯ އަންލިމިޓެޑް ފިހާރަ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މި ފިހާރައިން ލިބޭ ތަކެތީގެ ތެރޭގައި، ކޮސްމެޓިކްސް ބާވަތްތައް، ސާފްކުރަން ބޭނުންވާ ބާވަތްތައް، ޖޫހުގެ ބާވަތްތަކުގެ އިތުރުން، އިޓަލީގެ މަޝްހޫރު ކޮފީގެ ބަވަތްތަކާއި މެޝިންތައް، އަދި ކުޑަކުދިންގެ ޑައިޕާސް ލިބެން ހުންނާނެ އެވެ.

މި ފިހާރައިން ހޯލް ސޭލް އަދި ރީޓެއިލްކޮށް މުދާ ގަންނަން ލިބެން ހުންނާނެއެވެ.

އެޗްއެސްސީ ޔޫރޯ އަންލިމިޓެޑް ފިހާރަ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
އެޗްއެސްސީ ޔޫރޯ އަންލިމިޓެޑް ފިހާރަ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މި ފިހާރައިން ގަންނަ މުދާ ހިލޭ ޑެލިވަރީކޮށްދިނުމުގެ ހިދުމަތްވެސް ދޭނެއެވެ.

އެގޮތުން މާލެ އާއި ހުޅުމާލޭގެ ކޮންމެ ތާކަށް ޑެލިވަރީ ހިދުމަތްދެމުން އަންނައިރު، އަތޮޅު ތެރެއަށްދާ ބޯޓުތަކާއި ހަމައަށްވެސް ޑެލިވަރީ ހިދުމަތް ދޭނެއެވެ. އެޗްއެސްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ރާއްޖެއަށް ޔޫރަޕްގެ ތަކެތި ތައާރަފްކޮށް ވިއްކަމުން އަންނައިރު އެ ކުންފުނިން ރާއްޖެ ގެންނަ ހުރިހާ މުދަލަކީ ސީދާ އެ މުދަލެއް އުފައްދާ ފެކްޓްރީއިން ގެންނަ މުދަލެވެ.

އެޗްއެސްސީ ޔޫރޯ އަންލިމިޓެޑް ފިހާރަ – ވަގުތު އިމޭޖްސް: އަމީން ފަހްމީ
އެޗްއެސްސީ ޔޫރޯ އަންލިމިޓެޑް ފިހާރަ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

އަދި އެ މުދާ ގެނައުމުގެ ޑިސްޓްރިބިއުޝަންޝިޕް ވެސް ލިބިފައި ހުންނަ މުދާކަން ފާހަގަކޮށްލެވެ އެވެ.

މިހާރު މި ތަކެތި މާލޭގެ އިތުރުން، އަތޮޅު ތެރޭގެ އެކި ފިހާރަތަކުންވެސް ލިބެން ހުންނާނެއެވެ.

އަދި އެޗްއެސްސީން ވިއްކާ ތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކުން 7787655 / 3326673 މި ނަމްބަރުތަކަށް ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް، [email protected] ނޫނީ އެ ކުންފުނީގެ ވެބްސައިޓް www.hscmaldives.com މެދުވެރިކޮށް ގަނެލުމުގެ ފުރުސަތު ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޟިއާ

    މީ ވަގުތު މީހުންގެ ފިހާރައެއްތަ؟

    10
  2. ކޮސް

    ޔޫރަޕް މީހުން ކަމަކު ނުދޭ. ޔޫރަޕްގެ މުދާ ރަނގަޅު. މި ކިހިނެއްވާ ކަމެއް؟

    15
    • ދޮންބެ

      ކޮސް ބެ އިންނަން ކަމުނުދާ މީހަކު ކައްކާ ރިހައެއް ކޮސްބެ އަށް މީރުވުން އެއީ ކިހިނެތް ވާކަމެއް.؟

      9
      2
      • ކަޅުބެ

        އެހެންނެއްނޫން. ވާގޮތަކީ ދޮންބެމެންގެ ދެފުއްކެހެރިކަން ބޮޑީ.

        4
        1