އޮޑި ދޯނިފަހަރާއި ލޯންޗުތަކާއި އެހެނިހެން ކަނޑު އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ފިއުލް ސަޕްލައި މޯލްޑިވްސް އިން ހުޅުމާލޭގައި ޕަމްޕް ސްޓޭޝަނެއް ހުޅުވައިފިއެވެ.

ހުޅުމާލޭ އީޒީ ފިއުލް 3 ގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕަމްޕް ސްޓޭޝަން ހުޅުއްވައިދެއްވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. މި ރަސްމިއްޔާތުގައި އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޤަސަމްއާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕަމްޕް ސްޓޭޝަން ތަރައްޤީކޮށްފައިވަނީ ހުޅުމާލޭ އީޒީ ފިއުލް 3 އާ ދިމާލުން ޖެޓީ ކައިރީގައެވެ.

ހުޅުމާލޭ ޕަމްޕް ސްޓޭޝަނަކީ ކަނޑު އުޅަނދުތަކަށް މާލޭގައި ތެލުގެ ޚިދުމަތްދެމުންގެންދާ ޕަމްޕް ސްޓޭޝަންއަށް ލޯޑު ބޮޑުވުމާއި ގުޅިގެން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަކުރުމަށްޓަކައި ޤާއިމްކޮށްފައިވާ ސްޓޭޝަނެކެވެ.

ޕަމްޕް ސްޓޭޝަން ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ މިއަދު ހުޅުވި ޕަންޕް ސްޓޭޝަނަކީ އެ ކުންފުނީގެ ހިދުމަތަށް އިތުރުވި މުހިންމު ބޮޅެއް ކަމަށެވެ.

ގަސަމް ވިދާޅުވީ ހުޅުމާލޭގައި މިއަދު ހުޅުވި ޕަމްޕް ސްޓޭޝަންގެ ސްޓޯރޭޖް އަކީ އެންމެ އެކަށީގެންވާ ސްޓޯރޭޖްއެއް ނޫން ކަމަށާއި ދޯނި ފަހަރަށާއި އެއްގަމު އުޅަނދުތަކަށް ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށް ކޮންމެ ދުވަހަކު ތިން ހަތަރު ފަހަރު ސްޓޯރޭޖް ފިލް ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ކައިރި ހިސާބަކުން އިތުރު ސްޓޯރޭޖެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފްއެސްއެމްއިން ބުނީ ހުޅުމާލޭގައި ހުޅުވާފައިވާ ޕަމްޕް ސްޓޭޝަންއާއިއެކު މާލޭގެ ޕަމްޕް ސްޓޭޝަނަށް ލުއި ލިބިގެން ދާނެ ކަމަށެވެ.

އެފްއެސްއެމްއިން ކަނޑު އުޅަނދުތަކަށް ތެލުގެ ޚިދުމަތް ދެމުން ގެންދަނީ ޓީ-ޖެޓިންނެވެ. އެފްއެސްއެމް އިން ބުނީ ކުރިއަށްއޮތް ތަނުގައި ވެސް އިތުރު ސްޓޭޝަންތައް ހެދުމަށް ސަރުކާރާއެކު މަޝްވަރާކުރަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝައުފީ

    ގާސިމް އިބުރާހީމައް ހުޅުމާލޭގައ ތެޔޮ އެކުސްކުލޫސިވް އެގުރަިމަންޓަކުން ދީފައި ވަނިކޮއްތޯ..؟ ސޭޓު ވަރައް ރުޅިއަންނާނެ.