ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެސްޓީއޯއަށް ކަން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 7.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައި ވެެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސަރުކާރު ކުންފުނިތަކަށް ލިބިފައިވަނީ 7.1 ބިލިއަން ރުފިޔާއެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އެސްޓީއޯއަށް ފުރަތަމަ ތިން މަސް ދުވަހު 2.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެކުންފުންޏަށް ލިބުނު އާމްދަނީއަށް ވުރެ 5.3 އިންސައްތަ އިތުރު އަދަދެކެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއަށެވެ.

އެ ކުންފުންޏަށް ފުރަތަމަ ތިން މަސް ދުވަހު 1.5 ބިލިއަން ރުފިޔާގެ ލިބިފައިވެއެވެ.

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހާއި އަޅާ ބަލާއިރު 19.47 އިންސައްތަ އިތުރު އަދަދެކެވެ.

ތިން ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ ދިރާގުންނެވެ. ދިރާގަށް 704 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.

ލިބުނު އާމްދަނީން ހަރަދުތައް ކެނޑުމަށްފަހު ފުރަތަމަ ތިން މަސް ދުވަހުގައި އެންމެ ބޮޑު ސާފު ފައިދާއެއް ލިބިފައިވަނީ އެމްއޭ.ސީއެލްއަށެވެ.

އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 572 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 44.17 އިންސައްތައިގެ ކުރިއެރުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރިލްވާން

    ޔާމީނު ގެ ވިސްނުންހަމ މޮޅީ
    މިހާރު ގަބޫކުރަން މަސަތްކަތް ކޮއްފަ ހުރި ކަން

    15
    3
    • ހަހާ

      ބޭފުޅާ ހަބަރު އަލުން ކިޔާލުން ރަނގަޅު