ތުއްތު ދަރިފުޅަށް އަރާމު ޑައިޕަރސްއެއް ލިބޭތޯ ކުރަމުން އައި ދިގު އިންތިޒާރަށް ނިމުން އަތުވެއްޖެއެވެ. މިހާރު މައިން މިކަމާއި އެއްވެސް ވަރަކަށް ހާސްވާނެކަމެއް ނެތެވެ.

ކުޑަދަރިފުޅަށް އަރާމާއި، ފަސޭހަކަން ލިއްބައިދޭނެ މޮޅު ޑައިޕަރސްއެއް ރާއްޖޭގައި މިހާރު ލިބެން އެބަހުއްޓެވެ. މިއީ ބޭނުން ކުރުމުން ހަންގަނޑު ހިރުވުންފަދަ ކަންތައްތަކުން ވެސް ދުރުކޮށްދޭނެ މޮޅު ޑައިޕަރސްއެކެވެ. މިއީ "ޓެނޭރާ ޑައިޕަރސް" އެވެ.

މައިންގެ އިތުބާރު ހޯދާފައިވާ ޓެނޭރާ ޑައިޕަރސް އެޗްއެސްސީ އިން ލިބޭނެ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ރާއްޖެއަށް ޓެނޭރާ ޑައިޕަރސް ބްރޭންޑް ތައާރަފްވެފައި ވަނީ ވަރަށް ފަހުންނެވެ. އެހެން ނަމަވެސް މިހާރު ވަނީ ގިނަ މައިންގެ އިތުބާރު ޓެނޭރާ ޑައިޕަރސް ބްރޭންޑު ހޯދައިފައެވެ. އެޗްއެސްސީން އެތެރެކޮށް ވިއްކަމުން އަންނަ ޓެނޭރާ ޑައިޕަރސްއަކީ ތުރުކީގައި ވަރަށް މަޝްހޫރު ބްރޭންޑެއްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މި ބްރޭންޑްގެ ޑައިޕަރސްގައި ހިމެނޭ ހާއްސަ ފަށަލައެއްގެ ސަބަބުން ވަރަށް ގިނައިރުވަންދެން ފެން ހިފަހައްޓާދޭނެއެވެ. މީގެ ސަބަބުން ޓެނޭރާ ޑައިޕަރސް ގިނަ ވަގުތު ބޭނުން ކުރެވޭއިރު، ފެން ލީކުނުވެ ގިނައިރު ހިފަހައްޓައިދޭނެއެވެ.

މައިންގެ އިތުބާރު ހޯދާފައިވާ ޓެނޭރާ ޑައިޕަރސް އެޗްއެސްސީ އިން ލިބޭނެ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މިއީ ކުޑަކުދިންނަށް ފަސޭހަވެފައި، އެ ކުދިންނަށް ވަރަށް އަރާމު ކަމެއް އިހުސާސު ކުރެވޭނެ ލުއި ޑައިޕަރސްއެކެވެ. އަދި ބޭނުން ވަރަކަށް ބާރުކޮށްލެވޭއިރު، ބޭނުންވެއްޖެނަމަ އެއްފަހަރަށް ވުރެ ގިނަ ފަހަރު ވެސް ބާރުކޮށް ދޫކޮށް ހެދޭނެއެވެ. އަދި މިއީ ގިނައިން ބޭނުންކުރިޔަސް ނުބައި ވަސް ނުދުވާނެ ޑައިޕަރސްއެއްކަން ފާހަގަކޮށްލާނަމެވެ.

ޓެނޭރާ ބްރޭންޑްގެ ޑައިޕަރސް މާލެ އާއި އަތޮޅު ތެރޭގެ ފިހާރަތަކުން މިހާރު ލިބެން ހުންނާނެއެވެ. އަދި ކަލާފާނު ހިނގުމުގައި އެޗް އެސްސީގެ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފިހާރަކަމަށްވާ "އެޗްއެސްސީ ޔޫރޯ އަންލިމިޓެޑް" އިންވެސް މި ބްރޭންޑްގެ ޑައިޕަރސް ހޯލް ސޭލް އަދި ރީޓެއިލްކޮށް ވެސް ގަންނަން ލިބެން ހުންނާނެއެވެ.

އެޗްއެސްސީ ޔޫރޯ އަންލިމިޓެޑް ފިހާރަ – ވަގުތު އިމޭޖްސް: އަމީން ފަހްމީ

އެޗްއެސްސީން ވިއްކާ ތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކުން 7787655 / 3326673 މިނަމްބަރުތަކަށް ގުޅައިގެން، ނޫނީ އެކުންފުނީގެ އީމެއިލް މެދުވެރިކޮށް [email protected]، އަދި އެކުންފުނީގެ ވެބްސައިޓް www.hscmaldives.com މެދުވެރިކޮށް ގަނެލުމުގެ ފުރުސަތު ލިބޭނެއެވެ.