ބޮޑު އީދާއި ދިމާކޮށް ރާއްޖޭގެ މަޝްހޫރު އަތަރް ބްރޭންޑް އޫދް އަލް ސަބާޔާ އިން ހާއްސަ ޕްރޮމޯޝަންއެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

ޖުލައި 25 ވަނަ ދުވަހުން ފެށިގެން ބޮޑު އީދު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އެ ފިހާރައިން ވިއްކާ އަތަރު އަދި ޕާފިއުމް ޕްރޮޑަކްޓްތަކުން ހާއްސަ ޑިސްކައުންޓެއް ލިބިގެން ދާނެއެވެ.

އޫދް އަލް ސަބާޔާގެ މެނޭޖަރ އަހުމަދު ފަޒަލް ވިދާޅުވީ، އީދު ދުވަހަށް ހާއްސަކޮށް އޫދް އަލް ސަބާޔާއިން ކުރިއަަށްގެންދާ މި ޕްރޮމޯޝަންގައި އޫދް އަލް ސަބާޔާގެ ހުރިހާ އަތަރު ޕްރޮޑަކްޓަކުން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ފިހާރައިން ވިއްކާ ޕާފިއުމް އިން 10 ޕަސެންޓް ލިބިގެންދާނެ ކަމަށް ފަޒަލް ވިދާޅުވިއެވެ.

މިއީ އޫދް އަލް ސަބާޔާއިން މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޕްރޮމޯޝަންއެެވެ.

އޫދް އަލް ސަބާޔާއަކީ ދިވެހިންގެ އިތުބާރު ހޯދާފައިވާ ރާއްޖެއަށް މަޝްހޫރު އަތަރު ބްރޭންޑެކެވެ. މި ބްރޭންޑްގެ އަތަރާއި، ޕާފިއުމް އަދި ލޯޝަންގެ އިތުރުން އެއާފްރެޝްނާ ދަނީ ވިއްކަމުންނެވެ.

އޫދް އަލް ސަބާޔާގެ މައި ފިހާރަ މާފަންނު މިރިޔަސް މަގުގައި ހުންނައިރު، މި ބްރޭންޑްގެ ފިހާރައެއް އައްޑޫގައި ވެސް ހިންގަމުންދެއެވެ. މި ދެ ފިހާރައިގައި ވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އޫދް އަލް ސަބާޔާއިން ބުންޏެވެ.

އޫދް އަލް ސަބާޔާގެ އުފެއްދުންތައް ރީޓެއިލްކޮށް އޫދް އަލް ސަބާޔާގެ އެޖެންޓް ހުޅުމާލެ ޝަރޫ މާޓުން ލިބެން ހުންނާނެއެވެ. އޫދް އަލް ސަބާޔާއާ ގުޅޭނެ ފޯން ނަމްބަރަކީ 9495757 އެވެ.