ޓީވީ އުފައްދާ ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު ކުންފުނި އަދި އެހެނިހެން އިލެކްޓްރޯނިކްސް ސާމާނު އުފައްދާ ކުންފުނި ކަމަށްވާ ޓީސީއެލްއިން ނޭމާ އެ ކުންފުނީގެ ގްލޯބަލް ބްރޭންޑް އެމްބެސަޑަރަކަށް ހަމަޖައްސައިފިއެވެ.

މިހާރު ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ނޭމާ ޓީސީއެލްގެ ބްރޭންޑް އެމްބެސަޑަރަކަށް ހަމަޖެއްސީ އެ ކުންފުނީގެ ކުރިއަރަމުން އަންނަ ކަސްޓަމަރުންނާއި ޕާޓްނަރުން އިތުރު ކުރުމުގެ މަގްސަދުގައެވެ.

މި އެއްބަސްވުމަކީ ދެ އަހަރުދުވަހުގެ އެއްބަސްވުމެއް ކަމަށް ޓީސީއެލްއިން ހާމަކުރެއެވެ. މި މުއްދަތުގެ ތެރޭގައި ޓީސީއެލް ޓީވީ އާއި ޓީސީއެލްގެ އިސްތިހާރު ތަކާއި ޕޯސްޓަރ ތަކުން ނޭމާ ފެނިގެންދާނެއެވެ.

ޓީސީއެލް ގެ ސީއީއޯ އަދި ޗެއާމަން ވިދާޅުވިގޮތުގައި ނޭމާ އަކީ އެ ކުންފުނި ދައްކުވައިދިނުމަށް އެންމެ އެކަށޭނަ ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އަދި ނޭމާގެ ސަބަބުން ގިނަ ބަޔަކަށް އެ ކުންފުނި ރަމްޒުކޮށްދޭނެ ކަމަށް އުންމީދު ކުރާކަމަށެވެ.

މި އެއްބަސްވުމާ ބެހޭގޮތުން ނޭމާ ބުނީ ޓީސީއެލްއާ އެކު މަސައްކަތް ކުރުމަށް ފުރުސަތު ލިބުމަކީ ވަރަށް އުފާކުރާ ކަމެއްކަމަށެވެ.

ޓީސީއެލް ޓީވީގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބުޓަރކީ އެސްޓަރސް އެވެ. އެސްޓްރސް އިން ދަނީ ޓީސީއެލްއާއި ގުޅިގެން އެންމެ ފަހުގެ ޓީސީއެލް ޓީވީ ކަސްޓަމަރުންނަށް ހެޔޮއަގުގައި ފޯރުކޮށްދެމުންނެވެ. އަދި އެސްޓަރސް އިން ބައްލަވައިގަންނަވާ ކޮންމެ ޓީވީއަކަށް 1 އަހަރުދުވަހުގެ ވޮރެންޓީ ވެސް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަގުއެކަނީ އެއްނޫން ކޮލިޓީވެސް އެންމެ ރަގަޅީ ކަލޭމެން.

  2. ގޫގުލް ދޮންބެ ސާރޗް ކުރުމުން ތިޔަބުނާ ބްރޭންޑް އުޅެނީ 8 ވަނައިގަ