ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އަކީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފެއްޓެވި އެންމެ ބިޔަ ބޮޑު އެއް މަޝްރޫއުއެވެ. މިހާރު އެ މަޝްރޫއުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު އައު ރަންވޭގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތަށް ގޮސްފައެވެ.

"ވަގުތު" އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ތާރު އެޅުމަށް ހާއްސަ ގިނަ އަދަދެއްގެ މެޝިނަރީއާއެކު ތާރު އެޅުމުގެ މަސައްކަތް ދަނީ ވަރަށް ފުރިހަމައަށް ކުރިއަށް ގެންދަމުންނެވެ.

މިއީ މި ތަރައްގީީގެ މަޝްރޫއުގެ ދަށުން ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޯޓަށް ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތެވެ.

ރަންވޭގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާއިރު ފޮޓޯތަކުން ފެންނަ ގޮތުގައި އަލަށް ތަރައްގީ ކުރާ ރަންވޭ މިހާރު އޮތް ރަންވޭއަށް ވުރެ ފުރިހަމަވެފައި ހިތްގައިމެވެ.

 

މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން އެއާޕޯޓްސް ކޮމްޕެނީގެ އެސޯސިއޭޓް ޖެނެރަލް މެނޭޖާރ ހަސަން އަރީފު ވިދާޅުވީ ރަންވޭގެ މެދުން އުތުރުށް 1600 މީޓަރުގެ ދިގުމިނުގައި ތާރު އަޅާ ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ރަންވޭގެ މެދުން ދެކުނަށް ތާރު އެޅުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

އާ ރަންވޭގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު މި މަސައްކަތް އަންނަ އޮގަސްޓް މަހު އެއްކޮށް ނިންމާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޮގަސްޓް މަހު ރަންވޭގެ މަސައްކަތްތައް އެއްކޮށް ނިމި، މި އަހަރުގެ ފިނި މޫސުމަށް އިތުރު އެއާލައިންތަކަށް ރާއްޖެ އަށް ދަތުރުތައް ފެށޭނެ ކަމަށެވެ.

އެއާޕޯޓް ތަރައްގީގެ މަސައްކަތުގެ ދަށުން މިހާރު ވެލާނާ އެއާޕޯޓްގައި އަޅަމުން އެދަނީ ،3400 މީޓަރު ދިގު، 60 މީޓަރު ފުޅާ އާ ރަންވޭއެކެވެ. މިއީ މިހާރު ދުނިޔޭގައި ބޭނުން ކުރާ އެންމެ ބޮޑެތި މަތިންދާބޯޓްތަކަށް ވެސް ޖެއްސޭ ވަރުގެ ރަންވޭ އެެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ފެނޭތޭ

  ހުޅުލޭގައި ހަދާ އާ ރަންވޭގެ މަސައްކަތް އޮގަސްޓް މަހު ނިންމާލެވޭނެ ނަމަ މިފެންނަނީ ކެނެރީގެ ނަޝީދު ނެހެދޭނެއޭ ބުނި ވެލާނާ އެއާރޕޯރޓް މަމެން ޕިންކީން މިހަދަނީ ދޯ. މީ ރައީސް ވަހީދުގެ ވެރިކަމެއް ނޫނޭ މީ މަމެން ޕިންކީންގެ ވެރިކަމޭ މަމެންގެ ވެރިކަމުގައި މަމެން ކުރާ ކަންކަން ލާރޖް ކޮށް ކުރާނަމޭ ދެން ފެންނާނީ ހުޅުލޭގެ އިރުން އޮތް ކަނޑުހިއްކާލާ އެތަން އަނެއްކާ ހުޅުލެ އަށް އިތުރުވެގެން ގޮސް ތިންވަނަ ރަންވޭ އަދި ތިން ވަނަ ޓާރމިނަލް އެތާ އެޅިގެން ދާ ތަން. އެކަމަކު މިކަން ކުރެވެން އޮތީ ހުރިހާ ކުދިން ވެސް ކޮންމެ ކުއްޖެއްގެ ޓަޓޫ މާރކްސް މަމެން ޕިންކީން ނަށް ދީގެންނޭ މަމެން ބުނަން ނެތީމު ދޯ.

 2. ފެނޭތޭ

  ހުޅުލޭގައި ހަދާ އާ ރަންވޭގެ މަސައްކަތް އޮގަސްޓް މަހު ނިންމާލެވޭނެ ނަމަ މިފެންނަނީ ކެނެރީގެ ނަޝީދު ނެހެދޭނެއޭ ބުނި ވެލާނާ އެއާރޕޯރޓް މަމެން ޕިންކީން މިހަދަނީ ދޯ. މީ ރައީސް ވަހީދުގެ ވެރިކަމެއް ނޫނޭ މީ މަމެން ޕިންކީންގެ ވެރިކަމޭ މަމެންގެ ވެރިކަމުގައި މަމެން ކުރާ ކަންކަން ލާރޖް ކޮށް ކުރާނަމޭ ދެން ފެންނާނީ ހުޅުލޭގެ އިރުން އޮތް ކަނޑުހިއްކާލާ އެތަން އަނެއްކާ ހުޅުލެ އަށް އިތުރުވެގެން ގޮސް ތިންވަނަ ރަންވޭ އަދި ތިން ވަނަ ޓާރމިނަލް އެތާ އެޅިގެން ދާ ތަން. އެކަމަކު މިކަން ކުރެވެން އޮތީ ހުރިހާ ކުދިން ވެސް ކޮންމެ ކުއްޖެއްގެ ޓަޓޫ މާރކްސް މަމެން ޕިންކީން ނަށް ދީގެންނޭ މަމެން ބުނަން ނެތީމު ދޯ. ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

 3. ހުސޭނުބެ

  ކޮބާހޭ އާޓާމިނަލްގެ މަސައްކަތް!! އަދިވެސް އެމަސައްކަތް ފެށޭ ގޮތެއްނުވޭ!! ާސައުދީ ބިންލާދިން ގުރޫޕާ ހަވާލުކުރި އެމަސައްކަތް އޮތީ ކިހާ ހިސާބެއްގައި!!! ކޮބާ ޑްރޯވިންތައް!! ނުފެނޭ!! މާބޮޑަށްލަސްވެއްޖެ!!

  • ސޯދިގުބެ

   ކަލޭމެންނަށް ފެންނާނީ ނުކުރާ ކަން ކަން އަބަދުވެސް?

 4. ބޮޑު ދެލޯ

  ތި ރަންވޭ ހިފައިގެން ފިލާނެކަން އެއްމެނަށް އެނގޭވަރަށް ހަރުއަޑުން މަމެން ރަންރީނދޫއިން މިދަނީ ގޮވާ ނަގަމުން! ހޭލާ ތިބޭތި ތަމެން! ހިތް ހިތް ހިތް! ދޮގެއްތަޅޭ!

 5. އަމީނާ

  30 އަހަރުގެ ދިގު ވެރިކަމެއް ކުރި މީހކަށް މިވަރުވެސް ކޮށްނުލެވުނު!!!!

  • މޯޑު

   30 އަހަރު ތެރޭގައި ތިޔަ ހުޅުލެއަށާއި ރާއްޖެއަށް އައިސްފައިވާ ތަރައްގީ ނުފެނުމަކީ ދުވާލުގަޑީގަ އިރު ނުފެނުންކަހަލަ ކަމެއް. ސިޔާސީ ވިޔަސް ބޮޑުވަރު....

 6. ނުރަބޯ

  ކެރަފާނަޝީދުގެ ވަށައިގެން މަހާރާޖް މަހާރާޖް އޭ ކިޔަމުން ދެއަތްޖޯޑުކޮށްގެން އެނބުރޭ ބައިގަނޑު ނިކަން ދެލޯސާފުކޮށްގެން މިހިރަ ކަންކަން ބަލާބަލަ. މިހުންނަނީ ތަރައްގީއަކީ.