400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް އެގްރިމަންޓްއެއްގައި އިންޑިއާ އާއި ރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.

ކަރަންސީ ސްވެޕް އެގްރިމަންޓަކީ، ދެ ގައުމެއްގެ ފައިސާ ބަދަލު ކުރުމަށް، އެ ދެ ގައުމުގެ ސެންޓްރަލް ބޭންކުގެ ދެމެދުގައި ސޮއިކުރާ އެއްބަސްވުމެކެވެ.

މިއަދު އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާގެ އެގްޒެކްޓިވް ޑިރެކްޓަރު ރަބީ އެން މިޝްރާ އެވެ. އަދި އެމްއެމްއޭ ފަރާތުން ގަވަރުނަރު އަހްމަދު ނަސީރެވެ.

އިންޑިއާޔާއި ރާއްޖެއާ އެކު 2012 އިން ފެށިގެންވެސް ކޮންމެ އަހަރަކު ކަރަންސީ ސޮވްޕްތައް ހަދާފައިވެ އެވެ. މިއީ އިންޑިއާއިން ރާއްޖެއަށް ދިނުމަށް އެއްބަސްވި، 1.4 ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖްގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިދިޔަ މާޗް މަސް ނިމުނުއިރު ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ނޫނީ، ޔޫޒަބަލް ރިޒާވް ދައްވެފައި ވަނިކޮށް ކަރަންސީ ސްވެޕްއެއް އަލުން ހަދަން ސޮއިކުރިއިރު މިއެއްބަސްވުމުގެ ދަށުން އިންޑިއާގެ ސެންޓްރަލް ބޭންކުން ދިވެހި ރުފިޔާ ބަހައްޓާއިރު، އެ އަދަދަށްވާ އިންޑިއާ ރުޕީސް އެ ގައުމުން އެމްއެމްއޭގައި ބަހައްޓާނެ އެވެ.

އަދި ފަހުން އެއްބަސްވާ ތާރީހެއްގައި އެ ދެ ފައިސާ ބަދަލު ކުރެ އެވެ.

މިފަދަ އެއްބަސްވުންތަކުގެ ސަބަބުން، ރާއްޖެއިން އިންޑިއާއަށް ދައްކަން ޖެހޭ ފައިސާ ދިވެހި ރުފިޔާއިން ދެއްކުމަށް މަގުފަހިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ހުސޭނުބޭ

  ކުރިން އެމްޖީއާރު! މިހާރު ސުވޭހު އެގްރީމެންޓް! ރާއްޖެއަށް ލިބޭ ޑޮލަރުކޮޅު އިންޑިޔާއަށް ހިލޭ ދޭނެ އެގްރީމެންޓެއް އެހެދީ! ތިކަމުން ސަލާމަތްވާން ދިމާކުރިއްޔާ އަނެއްފަހަރު އަނެއް ބިލިޔަން ޑޮލަރު އަތުން ބީވާގޮތަށް ތި އޮންނާނީ!

  11
  1
 2. ހެނާ

  ކުރިންވެސް މިބައިގެ ވެރިކަމުގަ ސްވޮޕް ހަދައިގެން ގައުމުގަ އޮތް ދިވެހި ރުފިޔާކޮޅު އިންޑިއާއަށް ދީފައި ބަދަލުގައި އެއަށްވާވަރަށް ޑޮލަރުކޮޅެއް ގެނެސް މިސަކަރާތެއްގައި މުޅި އިގުތިސާދު ފުނޑުވެ މުސާރަދޭނެ އެތިކޮޅެއްވެސް ނެތި މީހުން މަގުމައްޗަށް ނިކުމެ ވައްޓާލީ. މިހާރުވެސް ހަމަ އެހެން. 138000 ކެނޢިންތައް ތިބޭނެ މިހާރު ރާކަނިމަސް ކެވިފައި.،ދެން ބާރަށް އަތް ޖަހާ ފައްޓަރުބަޔާ ހުރިހާ އެއްޗެއް މިފަހަރު ވިއްކާނެ. ރައްޔިތުން ނިކުމެ ޒިއްމާދާރު ކުރުވާ އަވަހަށް.

  17
  1