އަލް ނޫރް ހިކިކިރު ޕެކެޓެއް ރާއްޖެ އަށް ތައާރަފްކޮށް ގަންނަ ހަމަ ކޮންމެ މީހަކަށްވެސް އިނާމެއް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯ ސުޕަރމާޓުން ފަށައިފިއެވެ.

އެސްޓީއީން އިން ބުނީ، އެ ފިހާރައިން ގަންނަ ކޮންމެ އަލްނޫރު ހިކިކިރު ޕެކެޓަކާއިއެކު އަލްނޫރު ލޯގޯޖެހި ހާއްސަ ކޮލިޓީ ރަނގަޅު ބިއްލޫރިތައްޓެއް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

އެގޮތުން އަލް ނޫރު ހިކިކިރުގެ 800 ގުރާމް، 1800 ގުރާމް އަދި 2250 ގުރާމް ގެ ޕެކެޓުން، ބައްލަވައިގަންނަވާ އަލްނޫރު ހިކިކިރު ކޮންމެ ސައިޒެއްގެ ޕެކެޓަކާއި އެކު ރީތީ ބިއްލޫރިތަށްޓެއް ކަސްޓަމަރުންނަށް މިޕްރޮމޯޝަނުން ލިބޭނެއެވެ. މިއީ ވަރަށް ރީތި އަންހެން ކަނބަލުންނަށް ވަރަށް ކަމުދާނެ ބިއްލޫރި ތައްޓެކެވެ.

މިޕްރޮމޯޝަނަކީ ރީޓެއިލް އަދި ހޯލްސޭލް ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނޭފަދަ ޕްރޮމޯޝަނެކެވެ.

އަލް ނޫރަކީ އޮމާންގެ ހިކިކިރު ޕެކްކުރާ އެންމެ ބޮޑު ކުންފުނި ކަމުގައިވާ "އޮމާން ފުޑްސުޓަފް" ގެ މޮޅު އުފެއްދުމެކެވެ. މިކުންފުންޏަކީ މެދު އިރުމަތީގައި ހިކިކިރު ބަންދުކުރުމުގައި ފާހަގަކޮށްލެވޭ ބޮޑު ކުންފުންޏެކެވެ.

އެސްޓީއޯއިން ވިއްކާ މި ބްރޭންޑްގެ ކިރު ޕެކެޓްތަކުގެ އަގުތަކަށް ބަލާއިރު، 800 ގުރާމް 95ރ އަށް އަދި 1800 ގުރާމް 102ރ އަށް އަދި 2250 ގުރާމްގެ ޕެކެޓެއް 245ރ އަށް ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާރޓް ފިހާރައިން ލިބޭނެއެވެ.

އަދި ކޭހުން ގަންނައިރު، އަލްނޫރު 800 ގުރާމް (12 ޕެކެޓު) 1035ރ އަށް، 1800 ގުރާމް (6 ޕެކެޓު) 1165ރ އަށް އަދި 2250 ގުރާމް (6 ޕެކެޓު) 1385ރ އަށް އެސްޓީއޯ ސުޕަރމާޓް އަދި ސުޕަރމާޓް ހޯލްސޭލް ސެންޓަރުން ލިބޭނެއެވެ.

އަންނަމަހުން ފެށިގެން އެސްޓީއޯ ރީޖަނަލް ފިހާރަތަކުންވެސް މި ކިރު ޕެކެތޓްތައް ލިބޭނެކަމަށް އެސްޓީއޯއިން މައުލޫމާތުދެެެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    އަލްނޫރު ހިކިކިރު އެސްޓީއޯއިން ވިއްކާތާ އަހަރަކަށްވުރެވެސް ގިނަވެއްޖެ. އަހަރެންމީ އަބަދުވެސް އެސްޓީއޯއިން އެކިރުގަންނަމީހެއް. މިދިޔައަހަރު ފަހުކޮޅު ކޮންމެ ޕެކެޓަކަށްތަށްޓެއްވެސްދިން.

    10
    2