މިދިޔަ ފެބްރުއަރީ މަހު ދުފުމުގެ ބާވަތްތަކުގެ އަގު މައްޗަށް ދިޔައީ ރަސިލީ ސުޕާރީން ނަގަމުންދިޔަ އިމްޕޯޓު ޑިއުޓީ ބޮޑު ކުރުމުން ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ ބިއުރޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވާގޮތުން މިދިޔަ މަހާއި ވޭތުވެދިޔަ އަހަރު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ދުފުމުގެ ބާވަތްތަކުންނެވެ. އަދި މިދިޔަ މަހު ދުފާތަކެތިން 9.15 ޕަސެންޓު އަގު ބޮޑުވެފައިވެ އެވެ.

އަދި ދުފުމުގެ ބާވަތްތަކުގެ އަގު އުފުލުނު މައިގަނޑު ސަބަބަކީ ރަސިލީ ސުޕާރީން ނަގަމުންދިޔަ އިމްޕޯޓު ޑިއުޓީ ބޮޑުކުރުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މިދިޔަ ޖެނުއަރީ މަހާއި އަޅާ ބަލާއިރު ފެބްރުއަރީ މަހު ދުފާތަކެތީގެ އިންފްލޭޝަންގެ 38.12 ޕަސެންޓު ހިއްސާ ކުރަނީ ރަސްލީ ސުޕާރީ ކަމަށާއި ވޭތުވެދިޔަ އަހަރު ދުފުމުން 33 ޕަސެންޓު އުފުލިފައިވާ ކަމަށްވެސް އެ ބިޔުރޯއިން ބުނެއެވެ.

ދުފުމުގެ ބާވަތްތަކުގެ އިތުރުން މި ދިޔަ މަހު އަގު އުފުލުނު ބާވަތްތަކަށް ބަލާއިރު މޭވާގެ ބާވްތަތަކާއި، މަހުގެ ބާވަތްތަކުގެ އިތުރަށް ގޭގެ ކުލި ހިމެނެއެވެ. އަދި މިދިޔަ މަހު އަގު ހެޔޮވި ތަކެތީގެ ތެރޭގައި ފޮތީގެ ބާވްތަތަކާއި އަންނައުނާއި، ތަރުކާރީގެ ބާވަތްތަށް ހިމެނެ އެވެ. މީގެ އިތުރުން ކަރަންޓުވެސް ވަނީ މިދިޔަ މަހު އަގުހެޔޮވެފައެވެ.

މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން 1.09 އިންސައްތަ އަށް އުފުލިފައިވާއިރު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށް އިންފްލޭޝަން ރޭޓް 1.02 އިންސައްތަ މަތިވެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަރުގިސް

    ޔާމިނު ވެރިކަމަށް އެރިފަހުން އަގުބޮޑުނުވާ އެއްޗެއް ނެތް.. މި ކޮމެންޓް ވަގުތު ކުދިންނަށް ޖަހާކަށް ނުކެރޭނެ... ނުޖެހިޔަސް ސޯޝަލް މީޑިޔާގަ ފަތު އަޑުކިޔާފަ އެނބުރޭނީ މި ކޮމެންޓް

  2. Friends

    ކަރަންޓް އަގުހެޔޮ ވިއޭ ބުނާ އިރުގަ ހަމަ ގައިމުވެސް މިރަށުން(ބ.އަތޮޅު) ކަންޓް ބިލްތައްވީ އަގު ބޮޑު.300 އަރާ ގެ ތަކަށް 200 އަގު ބޮޑުވީ.ހަމަ އެހެން 500 އަރާ ބިލް ތަކަށް 400 ބޮޑު ވީ.ދެން އަހަރުންނަކައް ނޭނގޭ އަގު ހެޔޮ ވަނީ މިހެން ކަން ނޭނގެ. ޑެން އަހާލީމަ ބުނާނެ ދެން އޮތް ބިލް އޭ އަގު ހެޔޮވަނީ. އިބިލީހު ގެ ކައިވެނީ މީ ހަމަ................... މަގޭ ހިޔާލް....
    .(ހިޔާލް ފާޅު ކުރުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއް).......

    • ފަލަކު

      އެކަމަކު ޚިޔާލު ފާޅުކުރަން ޖެހޭނީ ކަންތައް އޮންނަ ގޮތަށް ޙަގީގަތާއި އެއްގޮތަށް