ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ލުއި ލޯނެއް ނެގުމުން ލޯނަށް ނެގި ފައިސާ އަނބުރާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއީ މި މަސް ތެރޭގައި ލުއި ލޯނު ނަގާ ފަރާތްތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަން މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށްދާއިރު، ބީއެމްއެލް އިން ބުނީ، ލޯނު ނެގޭ އެންމެ ދަށް އަދަދުން ފެށިގެން އެންމެ ބޮޑު އަދަދާއި ހަމައަށް ލޯނު ނެގިޔަސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.

ބީއެމްއެލްގެ ލުއި އެކްސްޕްރެސް އަދި ލުއި ޕްރޮފެޝަނަލް ލޯން ނަގާ ފަރާތްތަކަށްވެް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މި ލޯނު ނަގާ ފަރާތްތަކަށް ފަސް ދުވަސް ތެރޭގައި ލޯނު ލިބޭކަން ނުވަތަ ނުލިބޭކަން އަންގާނެއެވެ. އަދި ބޭނުންކޮންމެ ކަމެއް ކުރުމަށްވެސް ލޯނު ނެގޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްގެ ލުއި ލޯނުތަކަށް އިންޓަނޭޓް ބޭންކިން މެދުވެރިކޮށާއި ބީއެމްއެލްގެ ބްރާންޗްތައް މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އައްބޭބެ

    ރިބާއާއި ލޮޓަރީއާއި ދުރުވޭ. މިއަދު ފަހަރެއްގައި ރުފިޔާތަކެއް ލިބިދާނެ، އެކަމަކު މާދަމާ ރޯންޖެހިދާނެ. މާތްﷲ ޙަރާމްކުރައްވާފައިވާ ކަންކަމާއި ދުރުވޭ.

  2. އަހަމަދު

    ލޯނުނަގާ މީހުން މަދުވީބާ މިހާރު! ނޫންނަމަ ކަސްޓަމަރުން މަދުވީބާ ތިވަރުގެ ޕްރޮމޯޝަނެއް ތިހުޅުވާލީ..........

  3. އިބޫ ހުޅުމާލެ

    ލުއިލޯނޯ 50،000ރ ނެގީމައި 67،000ރ ދައްކަންޖެހުން އެއީ ލުއިވުންތޯ؟ 17،000ރ އިތުރަށް ވަރަށް ލުއިނު، ތެދެެއް ލޯނު ހަމަޖެހޭލެއްލުއިތޯއްޗެއް..!1

    • ރައްޔިތު މީހާ

      ކޮއްކޯ 67000 އެއް ނޫން 72 މަހަކު 1500 × 48 މަސްދުވަސް

  4. ފެންނަގޮތް

    ހުސް އޮޅުވައިލުން

  5. މަ

    ކިހިނެއް ވާ ޕްރޮމޯޝަނެއް؟ ހުރިހާ އެންމެންނަށް ލޯނު އަނބުރާ ލިބެނީތަ؟

  6. މަރީ

    ލުއި ލޯނު ނެގުމުން އަބަދުވެސް ލޯނަށް އެދޭ ރުފިޔާ ލިބޭ. ނުލިބޭ ދުވަހެއް ނެތް

  7. މަކަނާ

    ބަލަ ރައްޔަތުންގެ ބޭންކް ފަގީރުން ހަނާކުރާބޭންކް މުއްސަދިންނައް ފައިދާހުރި ބޭންކް ލޯނުވެސް މާލޭގެރައްޔަތުންނާ ރާއްޖެ ތެރެޔާ ތަފާތު މިގޮތުން މާލޭގައި އަކަފޫޓަކައް7000 ރުފިޔާ ރާއްޖެ ތެރެއައް 450 ރުފިޔާ މިއީތޯ ދިވެހިންގެބޭންކް ދިވެހިންނައް ފައިދާ ވާކަން؟؟؟ދެންއަނެއްކާ މިހާރު ރައްޔަތުން ބޮޑު ދަރަނިވެރިކުރުވަންތިޔައުޅެނީ؟؟

  8. ޝީނު

    ލުއި ލޯންއަކީ ކޮބާތޯ؟ ލޯން ފަސޭހައިން ލިބުންތޯ ނޫނީ ލޯނުނަގައިގެން ޖީބަށް ލުއިވުންތޯ؟ އޮޅުވާލައިގެން މިފަދަ އިސްތިހާރުކުރުން ސަރުކާރުން މަނާކުރަން އެބަޖެހޭ، އެންމެ ފަހުން ވެސް ތިޔަ ލުއި ލޯނެކިޔާފައި ދޫކުރި ކޮންމެ ފަންސާސް ހާސް ރުފިޔާއަކަށް، %18 އިންޓްރެސްޓްނަގައި ތިރީސް ހާހަށްވުރެ ގިނަ ރުފިޔާ ނަގާފައިވޭ، ރައްޔިތުންނޭ ވިސްނާ، އަހަރުންގެ ބޭންކް ދިވެހީންގެ ބޭންކޭކިއަސް، މިބޭންކަކީ ފަރަންޖީ ބޭންކަކަށްވުރެ މަކަރުގަދަ ބޭންކެއް...

  9. ނުރަބޯ

    ތިޔަކަހަލަ ސަކަރާތް ނުގަނެ، ގެދޮރު ހަދަން ލޯނަށް އެދޭ މީހުންނަށް ތަންކޮޅެއް ފަސޭހަ ލާހިކު ގޮތަކަށް ލޯނު ލިބޭނެގޮތް ތިޔަބޭންކުން ހަދަންވީ. އަދި މިގޮތުން ލޯނުނެގުމަށް ޓަކައި ދައްކަންވާ ނަގާލޯނު ފައިސާ ގެ 30 % އެއަށްވުރެ ކުޑަކޮށް ރައްޔިތުންގެ ޖީބަށް ލުއި ގޮތެއްގައި ލޯނު ދޫކުރެއްވުމުން ގިނަ ބަޔަކަށް ގެދޮރުހެދޭގޮތް މެދުވެރިވާނެ.....!!!

  10. ދަތްދޫނި

    އަނެއްކާ ބެންކް ތެރޭން ކަލު ފައިސާ ތަކެއް އަނބުރަނީބާ! މިހުންނަނީ މިހާރު ސުވާލު އުފެދޭ ކަންކަން.

  11. ާބޫސުފުޔާން

    ތިލޯނުނަގަން އުޅޭމީހަކު ހަންވިއަސްފޯމްގަނދޑުވެސް ފުރަންއެނގިއްޖެއްޔާނަށީބު

  12. Anonymous

    ކިހިނެއް އަނބުރާ ލިބެނީ ، ސުރުހީ އާއި އާރޓިކަލް ގުޅުމެއް ނެތް، އެންމެންނަށް އުނގޭނެ ދޯ އިންޓަރނެޓް މެދުވެރިކޮށް އެޕްލައި ކުރެވޭނެ ކަން. ނޭނގެނީ މިމަސްތެރޭ ލޯނު ނަގާ އެންމެނަށްވެސް ލޯނަށް ނެގި ފައިސާ އަނބުރާއި ލިބެނީތޯ ، އަނބުރާ ދައްކަން ނުޖެހެނީ ތޯ؟

  13. ސސސ

    50 ހާސްނަގައިގެން 18 ޕަސެންޓްގަ އިތުރަށް 23 ޙާސް ދައްކަމުންމިދަނީ. ހަލާކުވެ ހަނާވަނީ