ސްރީލަންކަން އެއާލައިންސް އިން ރާއްޖެ އާއި ޖަޕާނުގެ ވެރިރަށް ޓޯކިޔޯއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.

ޓޯކިޔޯގެ ނަރީތާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ މި ދަތުރުތައް ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ސްރީ ލަންކަން އެއާލައިންސް އިން ބުނި ގޮތުގައި ޓޯކިޔޯ އާއި މާލެއާ ދެމެދު، ހަފްތާ އަކު ހަތަރު ދަތުރު ކުރާނެއެވެ.

އަވަށްޓެރި ސްރީ ލަންކާގެ ގައުމީ އެއާލައިން ކަމަށްވާ ސްރީލަންކަން އިން އަންނަނީ ކޮލަމްބޯ އާއި ރާއްޖެއާ ދެމެދު ވެސް ދަތުރު ކުރަމުންނެވެ. އެގޮތުން ކޮލަމްބޯ އާއި ރާއްޖެ ދެމެދު ދުވާލަކު ހަތަރު ފްލައިޓް އޮޕަރޭޓް ކުރެއެވެ. އަދި ކޮލަމްބޯ އާއި ގަމާ ދެމެދު ހަފްތާ އަކު ތިން ފްލައިޓް ބާއްވައެވެ. އަދި ރާއްޖެ އާއި އިތުރު މަންޒިލްތަކާއި ދަނީ ގުޅުވައިދެމުންނެވެ.