އޫދް އަލް ސަބާޔާގެ ސަރާ ބްރޭންޑްގެ އަބާޔާ ހެދުން (ބޮޑު ހެދުން) އީދަށް ހާއްސަކޮށް އޫދް އަލް ސަބާޔާއިން މިރޭ ނެރުމަށް ނިންމައިފިއެވެ.

އީދަށް ހާއްސަކޮށް މި ބްރޭންޑްގެ އަބާޔާ އޫދް އަލް ސަބާޔާއިން ނެރުމަށް ނިންމާފައި ވަނީ އަބާޔާގެ ތިން ވައްތަރެކެވެ. އޫދް އަލް ސަބާޔާ އިން ބުނީ، އެ ފިހާރައިން ނެރެން ނިންމާފައިވާ އަބާޔާ ހެދުމަކީ ރާއްޖެއިން އެންމެ އަގުހެޔޮކޮށް ލިބޭނެ ބޮޑު ހެދުން ކަމަށެވެ.

އެގޮތުން ހުރިހާ އަބާޔާ ހެދުމެއްވެސް 650 އަށް ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ.

އަދި އެ ފިހާރައިން އީދަށް ހާއްސަ ގިފްޓް ޕެކްތަކެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ފިހާރައިން މައުލޫމާތު ދެއެވެ.

އޫދް އަލް ސަބާޔާއަކީ ރާއްޖޭގެ މަޝްހޫރުކަން ހޯދާފައިވާ، މަޝްހޫރު އަތަރު ބްރޭންޑެކެވެ. މި ބްރޭންޑްގެ އަތަރާއި، ޕާފިއުމް އަދި ލޯޝަންގެ އިތުރުން، އެއާ ފްރެޝްނާވެސް ދަނީ ވިއްކަމުންނެވެ.

އޫދް އަލް ސަބާޔާ ފިހާރަ ހުންނާނީ މާފަންނު މިރިޔަސް މަގުގައެވެ. މި ބްރޭންޑްގެ ފިހާރައެއް އައްޑޫގައި ވެސް ހިންގަމުންދެއެވެ. އަދި އޫދް އަލް ސަބާޔާގެ ޕްރޮޑަކްޓްތައް ރީޓެއިލްކޮށް ހުޅުމާލެ ޝަރޫ މާޓުން ލިބެން ހުންނާނެއެވެ.

އޫދް އަލް ސަބާޔާއާ ގުޅޭނެ ފޯން ނަމްބަރަކީ 9495757 އެވެ.