ދުނިޔޭގެ މަޝްހޫރު ނޯޓް ކޮސްމެޓިކްސް ބްރޭންޑްގެ ޕްރޮޑަކްޓްތަކާއި ދުނިޔޭގެ މައްޝޫރު ފްރޭގްރެންސްތައް އަދި މަޤްބޫލް ބްރޭންޑުތަކުގެ ރީތިވާ ސާމާނު ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ހޯލްސޭލް ކުރަމުންގެންދާ ނިއު އެޑިޝަން އިން އީދަށް ހާއްސަ ސޭލެއް ފަށައިފިއެވެ.

"އީދު 150 ސޭލް"ގެ ނަމުގައި ކުރިއަށްގެންދާ މި ސޭލްގައި އެ ފިހާރައިން ވިއްކަމުންދާ ކޮލެޓީ ޕްރިމިއަމް ޕްރޮޑަކްޓްތަކުން، ސޭލްއަށް ހާއްސަ ހުރިހާ އައިޓަމްތަކެއްވެސް 150 ރުފިޔާއަށް ލިބިގެންދާނެއެވެ.

"މި ފިހާރައިގައި ހުންނާނެ ޢީދު 150 ސޭލް ޕްރޮމޯޝަނަލް އޭރިއާއެއް، އެ ހިސާބުގައި އައިޓަމްތަކެއް އެތައް ބާވަތެއްގެ ޕްރޮޑަކްޓްތަކެއް ލިބެން ހުންނާނެ، ޢީދު 150 ސޭލް އަށް ޙާއްސަ ކޮށްގެން ގިފްޓް ޕެކްސްތަކެއް ލިބެން ހުންނާނެ، އެ ޕެކްސްތަކަކީ 150 ރުފިޔާއަށް ލިބޭ ޕްރޮޑަކްޓްސް ތަކެއް ބަންޑަލް ކޮށްފައިވާ ޕެކްސް ތަކެއް". ނިއު އެޑިޝަން އިން މައުލޫމާތު ދެއެވެ.

ނިއު އެޑިޝަނުން މައުލޫމާތު ދޭގޮތުގައި، ސޭލްއަށް ހާއްސަ އައިޓަމްތަކުގެ ތެރޭގައި ނީ އެންޑް ނާ ކަލެކްޝަން ބޫޓާއި، އަތް ދަބަސް، މިސްޓް އަދި ޕާފިއުމްސް ވެސް ހިމެނޭނެއެވެ.

"އަގުބޮޑު ގުޑީސް އެއްޗެހިން ގިފްޓް ހެމްޕާ ހަދާލާފައި ހުންނާނީ، ރަނގަޅު ތަފާތު ތިން ހަތަރު އެއްޗެއް ޕެކެއްގައި ކޮމްބައިން ކޮށްލާފައި ހުންނާނެ، މީގެ ތެރޭގައި ސެންޓާއި، ބޮޑީ ސްޕްރޭ އާއި މިސްޓާއި ޕާފިއުމްސް އާއި ބޮޑީ ބަޓާ ލޯޝަން، ރީތިވާ އެކި ޒާތުގެ ޕްރޮޑަކްޓްސް މިކަހަލަ ބައިވަރު ބާވަތްތައް ހުންނާނެ އެކައްޗަށް ލާފައި، މިއީ ރަނގަޅު ޕްރިމިއަމް ބްރޭންޑްސްގެ ޕްރޮޑަކްޓްސް. މި ޕްރޮޑަކްޓްސް މި ހުންނަނީ ބަންޑްލް ހަދާލާފައި 150 ރުފިޔާއަށް". ނިއު އެޑިޝަން އިން މައުލޫމާތު ދެއެވެ.

ނިއު އެޑިޝަން އިން ބުނީ، މި ޕްރޮމޯޝަންއަކީ ވީހާވެސް ގިނަ މީހުންނަށް އަގުހެޔޮކޮށް ކޮލެޓީ ޕްރޮޑަކްޓްސްތަކެއް އީދު ތެރޭގައި ހަދިޔާ ގޮތުގައި ދިނުމަށާއި، އީދުގައި ބޭނުން ކުރެވޭނެ މަގުތަނަސް ކޮށްދިނުމުގެ ފުރުސަތު ދިނުމަށް ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

މި ޕްރޮމޯޝަންގައި އަގުހެޔޮވެގެން ދާނީ ސޭލްއަށް ހާއްސަ އައިޓަމްތަކުންނެވެ. މިއީ މާލޭގައި ސީދާ ވަކި އަގަކަށް ގިނަ އަދަދެއްގެ ޕްރޮޑަކްޓް ބަންޑަލްކޮށް ޕްރޮމޯޝަނެއްގޮތުގައި ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ. ނިއު އެޑިޝަނުން ވަނީ މިފަދަ ޕްރޮމޯޝަނެއް ދާދި ފަހުންވެސް ބާއްވާފައެވެ، އެޕްރޮމޯޝަންގައި ވަނީ ނޯޓް ކޮސްމެޓިކްސްގެ ހުރިހާ ޕްރޮޑަކްޓްއަކުން 1 ގަޑި އިރަށް %50 އަގު ހެޔޮ ކޮށްލާ ފްލޭޝް ސޭލެއް ބާއްވާފައެވެ. އެ ޕްރޮމޯޝަން އަށްވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

ޢީދު 150 ސޭލް ޕްރޮމޯޝަން ނިއު އެޑިޝަންގައި ކުރިޔަށް ދާނީ އޮގަސްޓް މަހުގެ 14 ވަަނަ ދުވަހުގެ ނިޔަލަށެވެ.

ނިއު އެޑިޝަން ހުންނަނީ އޮލިމްޕަސް ކުރިމަތީ މަގުން ގޮސް ބޮޑުރަސްގެފާނު މަގަށް އަޅާއިރު ވައަތްފަޅީގައެވެ.

ނިއު އެޑިޝަންއަކީ ރާއްޖޭގެ މަގުބޫލު ގިނަ ބްރޭންޑްތަކެއްގެ ޕްރޮޑަކްޓްސްތައް ހޯލްސޭލްކޮށް ވެސް ޑިސްޓްރިބިއުޓް ކުރަމުން އަންނަ ފިހާރައެކެވެ. އޭގެ ތެރޭގައި ނޯޓް ކޮސްމެޓިކްސް، ބާތް އެންޑް ބޮޑީ، މޮންޓާލޭ، ލިލީލޯ، މެޖިކް، ވިކްޓޯރިޔާސް ސީކްރެޓް އަދި ކަންޓޫ ހިމެނެއެވެ.