ރާއްޖޭގެ ފުޅާދާއިރާއެއްގައި ފަރުނީޗަރާއި، އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ވިއްކަމުން އަންނަ ރެއިންބޯއިން އޮންލައިންކޮށް ކުރާ ވިޔަފާރިތަކުން ބޮޑު ޑިސްކައުންޓް ދޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައ،ި ރެއިންބޯގެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ކުރާ ވިޔަފާރިއަކަށް 50 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

އެ ކުންފުނިން ބުނީ އޮންލައިންކޮށް ގަންނަ މުދާ މާލެ އަދި ހުޅުމާލޭގެ ކޮންމެ ތަނަކަށްވެސް ހިލޭ ގެންގޮސްދޭނެ ކަމަށާއި، އޮންލައިންކޮށް ގަންނަ ފަރުނީޗަރުތައް ހިލޭ ރާވާދޭނެ ކަމަށެވެ.

ރެއިންބޯ އޮންލައިންކޮށް ވިއްކަމުންދާ ތަަކެތީގެ ތެރޭގައި ފަރުނީޗަރުތަކުގެ ތެރޭގައި ސޯފާއާއި، އެނދާއި، ބަދިގެއަށް ބޭނުންވާ ގިނަ އަދަދެއްގެ ސަމާނު ހިމެނެއެވެ.

1990 ވަނަ އަހަރު ވުޖޫދަށް އައި ރެއިންބޯއަކީވެސް ދިވެހިންގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ. ރެއިންބޯގެ އެތައް ފިހާރައެއް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ދަނީ ހިންގަމުންނެވެ.