ކުރިއަށް އޮތް ބަރަކާތްތެރި އަޟްހާ އީދަށް ހާއްސަކޮށް އޫދް އަލް ސަބާޔާއިން މަޝްހޫރު ގިނަ ވައްތަރެއްގެ އަތަރު ނެރެފިއެވެ.

އޫދް އަލް ސަބާޔާގެ މެނޭޖަރ އަހުމަދު ފަޒަލް ވިދާޅުވީ, މިހާރުވެސް ތަފާތު ގިނަ ވައްތަރުތަކުގެ ޕާފިއުމް އާއި އަތަރު ވިއްކަމުން އަންނަ އޫދް އަލް ސަބާޔާއިން އެންމެ ފަހުން ނެރެފައި ވަނީ ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބްރޭންޑްތަކުގެ އަތަރު ކަމަށެވެ.

އޭގެ ތެރޭގައި، ފިރިހެނުންނަށް ހާއްސަ މޮންޓް ބްލޮންކް - އެކްސްޕްލޯރާ އާއި އަންހެނުންނަށް ހާއްސަ ޖިވެންޗީ ލިންޓާޑިޓް އާއި އަންހެނުންނަށް ހާއްސަ ވިކްޓޯރިއާ ސީކްރެޓް - ބޮމްބްޝެލް ނިއުޔޯކް އާއި ފިރިހެނުންނަށް ހާއްސަ ވައިއެސްއެލް ހިމެނޭ ކަމަށް ފަޒަލް ވިދާޅުވިއެވެ.

ދުނިޔޭގެ މަޝްހޫރު މި ބްރޭންޑްތަކުގެ އަތަރުތައް މިހާރުން ފެށިގެން އޫދް އަލް ސަބާޔާއިން ލިބެން ހުންނާނެއެވެ.

އޫދް އަލް ސަބާޔާއަކީ ދިވެހިންގެ އިތުބާރު ހޯދާފައިވާ މަޝްހޫރު ބްރޭންޑްތަކުގެ އަތަރާއި ޕާފިއުމްގެ އިތުރުން އަމިއްލަ ބްރޭންޑްތަކުގެ އަތަރާއި ޕާފިއުމް އަދި ލޯޝަން އާއި އެއާ ފްރެޝްނާވެސް ވިއްކަމުން އަންނަ ބައެކެވެ. އަދި މީގެ އިތުރުން އެތަނުން އަންހެންވެރިންނަށް ހާއްސަ ސާރާ ބްރޭންޑްގެ އަބާޔާ (ދިގު ހެދުން) ވެސް ވިއްކަމުން ދެއެވެ.

އޫދް އަލް ސަބާޔާގެ މައި ފިހާރަ ހުންނަނީ މާފަންނު މިރިޔަސް މަގުގައެވެ. މީގެ އިތުރުން އައްޑޫ ސިޓީގައިވެސް އޫދް އަލް ސަބާޔާގެ ފިހާރައެއް ހިންގަމުން އަންނައިރު، ހުޅުމާލޭގައި ހުންނަ ޝަރޫ މާޓަކީ އޫދް އަލް ސަބާޔާގެ އެޖެންޓެކެވެ. ޝަރޫ މާޓުންވެސް އޫދް އަލް ސަބާޔާގެ ގިނަ ޕްރޮޑަކްޓްތައް ލިބެން ހުންނާނެއެވެ.

އޫދް އަލް ސަބާޔާގެ ފޯން ނަމްބަރަކީ 9495757 އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖީނިއަސް

    މިތަންވަރެއް ހަމަ ނެތޭ އިނގޭ... އެހެން ތަންތާނގެ ސެންޓު އަތަރުވެސް މަ ޓެސްޓް ކުރިން އެކަމު މިތަންހާ ކޮލިޓީ ސަޅި އަމިއްލަ ވަންތަ ބްރޭންޑެއް އަދި މިރާއްޖޭގަ ސެންޓުގެ ދުނިޔޭގަ ނެތޭ ބުނެވޭނީ........
    ވަރަށް އުފާވޭ ދިވެހިންގެ އަމިއްލަ ބްރޭންޑްތައް މިހެން އުފެދެމުން އަންނާތީވެ.... ތިތާނގެ އޯނަރާ މެނޭޖްމަންޓަށް ހަމަ ޝުކުރު ދަންނަވާލަން ބޭނުންވަނީ..
    ވީ ވިލް ލައިކް ޔުއަރ ޕްރޮޑަކްޓްސް... ސޯ ކީޕް އިޓް ގުޑް ކޮލިޓީ ބްރޯ

    6
    1