ދިވެހިންނަކީ އަތަރާއި ސެންޓަށް ވަރަށް ލޯބި ކުރާ ބައެކެވެ. އަބަދުވެސް ތަފާތު މީރުވަސް ދުވާ އަތަރާއި ސެންޓު އަދި އެ ނޫނަސް މީރުވަސް ދުވާ އެއްޗެއްސަށް ދިވެހިން ލޯބިކުރެއެވެ. މިގޮތަށް ދިވެހިން ލޯބިކުރާ ގިނަ ވައްތަރުތަކުގެ އަތަރާއި ސެންޓު ވިއްކަމުން އަންނަ ދާރުލް މިސްކަކީ އެތައް ދިވެހިންނެއްގެ ލޯބި ލިބިފައިވާ ފިހާރައެކެވެ. ރާއްޖޭގެ ގިނަބައެއްގެ މަގުބޫލުކަން މި ފިހާރައަށް ލިބެމުން ދަނީ ވިއްކަމުންދާ އަމިއްލަ ސެންޓާއި އަތަރުގެ މީރު ވަހުގެ ސަބަބުންނެވެ.
ދާރުލް މިސްކުގެ ފިހާރައެއް މިވަގުތު ހުޅުމާލޭ ނިރޮޅު މަގު ހަތް ނަމްބަރު ގޯޅީގައި ހިންގަމުން އަންނައިރު، އެ ބްރޭންޑްގެ އާ ފިހާރައެއް މާލޭގައި ހުޅުވަން އުޅޭ ޚަބަރު މި ވަނީ ލިބިފައެވެ. މިއީ ޔަގީނުންވެސް އެ ބްރޭންޑް ފިހާރައިން ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކަށް އުފާވެރި ހަބަރަކަށް ވެގެން ދާނެއެވެ.
ދާރުލް މިސްކް މީ ކޮން ބައެއް؟
ދާރުލް މިސްކަކީ ފްރޭގްރެންސް މާކެޓުގައި އެންމެ ކުރިއަރަމުން އަންނަ އެއް ބްރޭންޑެވެ. އޮރިއެންޓަލް އަދި ފްރެންޗް ޕާފިއިމްގެ އަތަރާއި އެތައް ދިވެހިންނެއް ގަޔާވާ ވައްތަރު ތަކުގެ އަތަރާއި ސެންޓްވެސް ވިއްކަމުން އަންނަ ބައެކެވެ.
ދާރުލް މިސްކުން ލިބެން ހުންނަނީ ކޮންކޮން އެއްޗެއް؟
ދާރުލް މިސްކްގެ އަމިއްލަ ޕާފިއުމް އާއި އަތަރު އެ ފިހާރައިން ލިބެން ހުރެއެވެ. އޭގެ ތެރޭގައި، ވެލްވެޓް މަސްކް، ވެލްވެޓް ރޯސް، ވެލްވެޓް އޫދް، ވެލްވެޓް އިންޓެންސް، ޕިޔޯ ސިލްކް، މާރްވެލް، ވޭލާ، ރޫބީ، އަދި ސަފާޔާ ސެންޓާއި އަތަރު ހިމެނެއެވެ.
މީގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު ދެ އެއްޗަކީ ވެލްވެޓް މަސްކް ޕާފިއުމް (ފިރިހެން) އަދި ރޫބީ ޕާފިއުމް (އަންހެން) އެވެ. ގިނަބަޔަކު އެތަނަށް މި ދެ ވައްތަރުފެ ޕާފިއުމް ގަންނަން ދެއެވެ.
މިތަނުން ހަމައެކަނި ލިބޭނީ ސެންޓާއި އަތަރެއްވެސް ނޫނެވެ. އަންހެން ކަނބަލުންނަށް ހާއްސަ ޒަހްރާ ބްރޭންޑްގެ އަބާޔާ އާއި ނިގާބް ލިބެން ހުންނާނެއެވެ. އަދި ބްރޭންޑެޑް ކުރުތާވެސް ލިބެން ހުރެއެވެ. އެގޮތުން ޕީޓާ އިންގްލޭންޑް އަދި ޖެކަލް ބެރީގެ ކުރުތާ ހިމެނެއެވެ.
އަމިއްލަ ބްރޭންޑްގެ އަތަރާއި ސެންޓުގެ އިތުރުން، ދުނިޔޭގެ މަޝްހޫރު ބްރޭންޑެޑް ސެންޓުގެ އަތަރުތައް ލިބެން ހުރެއެވެ. އެގޮތުން ޑއޯރް ސައުވޭޖް، ބްލެކް އެކްސް، ޕިޔޯ އެކްސެސް، މޮންޓް ބްލޭންކް، ބްލިއު ޑީ ޗެނަލް، ގުޑް ގާލް އޮލިމްޕިއާ ސި، އަދި ޖޯޖިއޯ އަރްމަނީ ގެ ސްޓްރޯންގާ ވިތް ޔޫ ފަދަ އަތަރުތައް ވެސް ލިބެން ހުރެއެވެ.
ދާރުލް މިސްކުގެ ތިން އަހަރުވީ ވިޔަފާރިއަށް އާ ބޮޅެއް އިތުރުވެގެން މި ދަނީ އެތަނުގެ އާ ފިހާރައެއް މާލޭގައި ހުޅުވުމަށް ތައްޔާރުވަމުން އަންނާތީއެވެ. މާދަމާ ރޭ އެ ފިހާރަ މާލޭގައި ހުޅުވާއިރު، އެތަނުން ވިއްކާ އެކި ބްރޭންޑްތަކުގެ އެއްޗެހި ކުރިން ހަމައެކަނި ހުޅުމާލޭ ފިހާރައިން ލިބެން ހުރިކަމުގައި ވިޔަސް، މިހާރު މި ތަކެތި މާލެ އިން ލިބޭނެއެވެ.
ދާރުލް މިސްކްގެ މާލެ ފިހާރަ ހުންނާނީ މަޖީދީ މަގުގައި ހުންނަ ކެމްޕަސް ގޯޅިގަނޑު ތެރޭގައެވެ. ދާރުލް މިސްކުގެ ފޯން ނަމްބަރަކީ 9889977 އެވެ.
ޥަރަށް ސަޅި ބައެއް ތީ. ތީ ހަމަ އެއްވަނަ
ޥެލްވެޓް ހަބޭސް. ޢައި ލަވް އިޓް
ޢެސްޓިއޯ ހުރިޙާ ކުދިން ރޫބީ އަށް މޮޔަވެފަ.ސްމެލްސް ރިއަލީ ގުޑް.
ހަބޭސް.
މިސްކައް ފަހުން ގެނައި ކޮންމެސް އާ އަތަރެއް އަތުގަ އުންގުޅާފަ މަސައްކަތު ގޮސް ނިންމާފަ ވަސްބެލިއިރު ދުވަނީ މާ މީރުވަހެއް. ???