ގޭތެރޭގައި، ޚާއްސަކޮށް ދިރިއުޅޭ ކޮޓަރި އަދި މަސައްކަތްކުރާ އޮފީސް ތެރޭގައި ނުބައިވަސް ހިފާފައި ހުރުމަކީ ގިނަ ބަޔަކަށް ދިމާވެފައި އޮންނަ މައްސަލައެކެވެ. ބައެއް ފަހަރަށް ވިއްސާރަވެ ފިނިވުމުންވެސް މި މައްސަލަ ކުރިމަތިވާއިރު، އަނެއްބައި ފަހަރު ފާރުގައި ލާކުލަ ނުވަތަ ބޭނުންކުރާ އެނޫންވެސް އެފަދަ އެއްޗެއްގެ ސަބަބުން މި މައްސަލަ ދިމާވެއެވެ. މި މައްސަލަ އާއި އެއްވަރަށް، ގޭގައި މަދިރި ގިނަވެ އޭގެ އުނދަގުލުން ސަލާމަތްނުވެވުމަކީ ވެސް ގިނަ ބަޔަކަށް ކުރިމަތިވާ ބޮޑު މައްސަލައެކެވެ. އެހެންކަމުން މި ދެމައްސަލަ ފާހަގަކުރެވެނީ އާންމު ގޮތެއްގައި އެއްފަހަރާ ދިމާވާ ދެ މައްސަލައެއްގެ ގޮތުގައެވެ.

މަދިރީގެ އުނދަގުލުން ސަލާމަތްވުމަށް އާންމުކޮށް ބޭނުންކުރެވޭ ދުންދަނޑި އާއި އެނޫންވެސް އެފަދަ ތަކެއްޗަކީ ގިނަ ފަހަރަށް އޭގެ ސަބަބުން ނުރަނގަޅު ކަންކަމާއިވެސް ކުރިމަތި ކުރުވާ ތަކެއްޗެކެވެ. އެހެންކަމުން އެއް ކަމަކުން ފަސޭހަ ލިބޭއިރު އޭގެ އުނދަގޫ ތަޙައްމަލް ކުރަން ޖެހުމުން ލިބޭ ހިތްހަމަޖެހުމެއް ނޯވެއެވެ.

މަދިރީގެ އުނދަގުލުން ސަލާމަތްވުމާއި އެކު ދިރިއުޅޭ ވަކި މާހައުލެއްގައި ނުބައިވަސް އަށަގެންފައި ހުންނަ މައްސަލައަށް މިފަހަރު މިއޮތީ ފައްކާ ހައްލެކެވެ. އެއާފްރެޝްނާއެއް ގޮތަށްވެސް ބޭނުންކޮށްލެވޭ "ފުޓަވާން ސިޓްރޯނެލާ މޮސްކިޓޯ ރިޕެލެންޓް ސްޕްރޭ" އަކީ މަދިރި ކޮންޓްރޯލްކޮށްދިނުމާއި އެކު ގޭތެރޭގައި ނުވަތަ ކޮޓަރީގައި މީރުވަސް އަށަގެނުވުމަށް ބޭނުންކުރެވޭނެ މޮޅު އުފެއްދުމެކެވެ. ދެ ބޭނުމުގައި އެއްފަހަރާ ބޭނުންކޮށްލެވޭ މި ސްޕްރޭއަކީ ސިއްޙަތަށް ނުރައްކާ ކުރުވާ އެއްވެސް މާއްދާއެއް ނުހިމެނޭގޮތަށް އުފައްދާފައިވާ 100 އިންސައްތަ ގުދުރަތީ އުފެއްދުމެކެވެ.

އަތާއި ފައި އަދި ގަޔަށްވެސް ޖަހަން ބޭނުންކުރެވޭނެހެން ތައްޔާރުކޮށްފައިވާ މި ސްޕްރޭ އަކީ އޭގެ ސަބަބުން އެންމެ މަދުވެގެން ތިންގަޑިއިރަށް މަދިރީގެ އުނދަގުލުން ދުރުކޮށްދޭ ސްޕްރޭއެކެވެ. ހުރިހާ އުމުރެއްގެ މީހުނާއިވެސް ގުޅޭ މި ސްޕްރޭއަކީ އޭގައިވާ މާއްދާތަކުން ކުޑަކުދިންނާއި ގޭގައި ގެންގުޅޭ ދޫންޏާއި ޖަނަވާރުފަދަ ތަކެއްޗަށްވެސް ނުރަނގަޅު އަސަރު ކުރުވާ ސްޕްރޭއެއް ނޫންކަން ތަހުލީލުތަކުން އެނގެއެވެ.

"ފުޓަވާން ސިޓްރޯނެލާ މޮސްކިޓޯ ރިޕެލެންޓް ސްޕްރޭ" އަކީ މަދިރީގެ އިތުރުން ކޮޓަރިތެރޭގައި އުޅޭ އެނޫންވެސް ކުދި ސޫފިތަކުން ކޮޓަރި ސާފުކޮށްދޭ ސްޕްރޭއެކެވެ. ކޮޓަރި ތެރެއަށް އެއާފްރެޝްނާއެއްގެ ގޮތުގައި މި ސްޕްރޭ ޖަހާލުމަށްފަހު އޭގެ ވަސް ކެނޑެންދެން މަދިރި އާއި އެނޫންވެސް އެފަދަ ސޫފީގެ އުނދަގޫ ކުރިމަތިނުވާނެ ކަމަށް ކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ ފޭސްބުކް ޕޭޖް، "ލިބޭ އެމްވީ" އިން މިހާރު މި ސްޕްރޭ ވިއްކަމުންދާއިރު، އޭގެ 100 މިލިގްރާމުގެ ފުޅިއެއް ލިބޭ އިން ވިއްކަނީ 100 ރުފިޔާއަށެވެ. "ލިބޭ" އިން ވިއްކަމުން ދަނީ މި ސްޕްރޭގެ "ލެމަންގްރާސް އެރޯމާ" އެވެ. މި ޕްރޮޑަކްޓު ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9946822 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ" ޕޭޖަށް މެސެޖު ކުރުމަށް އެފަރާތުން އެދެއެވެ. މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.




"ލިބޭ" އިން ވިއްކަމުންދާ އިތުރު ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. އަނގައިން ނުބައިވަސްދުވުން ހުއްޓުވައިދޭ ކޮކޯމޭޓް ޓޫތްޕޭސްޓް (10 އެމްއެލް 40 ރުފިޔާ / 110 އެމްއެލް 200 ރުފިޔާ)


2. ހަށިގަނޑު ދޮންކޮށްދޭ، ވަޓްސަންސް ސްޓޯބެރީ އެކްސްޓްރެކްޓް (190 ރުފިޔާ)


3. ބަނޑު ހިންދާލުމަށް ޚާއްސަ ކޮފީ (200 ރުފިޔާ)


4. hހަލާކު ވެފައިވާ އިސްތަށިގަނޑަށް ޚާއްސަ ސެރަމް (100 ރުފިޔާ)