ކުރިއަށް އޮތް އަޟްހާ އީދަށް ހާއްސަކޮށް އައްޑޫ ސިޓީ ހިތަދޫގައި ބޮޑު ސޭލްއެއް މިރޭ ފަށަން ތައްޔާރުވާން ފަށައިފިއެވެ.

މި ސޭލް ކުރިއަށްދާނީ މިރެއިން ފެށިގެން ހަތަރު ދުވަހަށެވެ. މި ދުވަސްތަކުގައި ކޮންމެ ރެއެއްގެ 8:00 އިން 10:30 އަށް މި ސޭލް ކުރިއަށްދާނެއެވެ.

މި ސޭލް އިންތިޒާމް ކުރާ ފަރާތްތަކުން ބުނީ، ހިތަދޫ ބޮޑު މަގުގައި މި ސޭލް ކުރިއަށްދާއިރު، އެތަނުން އީދަށް ހާއްސަކޮށް ވަރަށް ގިނަ އެއްޗެހި ވިއްކަމުންދާނެ ކަމަށެވެ.

އެގޮތުން އަންހެނުންނަށް ހާއްސަ ދިގު ހެދުން ފަހާ ފޮއްޗާއި، އެކި ވައްތަރުގެ ފޮތީގެ އިތުރުން ޝޯލް އާއި ކުޑަކުދިންގެ ހެދުމާއި، އަދި އެކި ވައްތަރުގެ ތުވާލިވެސް ވިއްކަމުންދާނެކަމަށް މިކަން އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ.

މި ސޭލް ކުރިއަށްދާނީ ބޮޑު މަގުގައި ހުންނަ އާގަލާ މާޓް ހޯލް ސޭލް ފިހާރަ ކުރިމަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާސސސސސ

    ފިހާރަ ކުރިމަތީ ބޭވިމެއި އުދަގުވޭނެއި އޭޑެލިވަރީ ކެރާ ފިހާރާ ވެހިކަލް އައް ވެދެނުކުމި ހަދާ އުދަގޫ ވޭހެއް
    މިކަން އިންތިޒާމް ކެރާފަރާތަކުން ވިސްނުން ރަނގަޅަ