ރާއްޖޭގެ މަޝްހޫރު ސައިކަލު ބްރޭންޑެއްކަމުގައިވާ "ހޮންޑާ" ސައިކަލު ވިއްކުމުގެ ހަމައެކަނި އޮތޮރައިޒް ޑިސްޓްރިބިއުޓަރކަން ލިބިފައިވާ ޝީޝާ އިން ޏ. ފުވައްމުލަކު ސިޓީގައި ޝޯވ ރޫމެއް ހުޅުވައިފިއެވެ.

މިއަދު ހަވީރު ޝީޝާއިން މި ޝޯވ ރޫމް ހުޅުވިއިރު، މިއީ ޔަގީނުންވެސް އެ ސިޓީގެ ރައްޔިތުންނަށް ވަރަށްވެސް އުފާވެރި ހަބަރަކަށް ވެގެންދާނެއެވެ.

ސައިކަލު ދުއްވުމަކީ ސިޓީގެ ރައްޔިތުން ވަރަށް ގަޔާވެގެން ކުރަމުން އަންނަ ކަމަކެވެ. އަދި މީގެ ތެރެއިން ގިނަ ޒުވާނުންނަކީ ސައިކަލަށް މަރުދެމުން އަންނަ ބައެއްކަންވެސް ފާހަގަކޮށްލެވެއެވެ. އެހެންކަމުން ޝީޝާއިން އެ ސިޓީގައި ސައިކަލު ޝޯވ ރޫމެއް ހުޅުވުމުން އެ ސިޓީގެ ރައްޔިތުންނަށް ސައިކަލު ގަތުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަން ޔަގީނެވެ.

ޝީޝާގެ ފުވައްމުލަކު ޝޯވރޫމް - ފޮޓޯ: ޝީޝާ

ޝީޝާއަކީ ރާއްޖެއަށް ހޮންޑާ ބްރޭންޑްގެ އެކި ވައްތަރުގެ ސައިކަލު ޑިސްޓްރިބިއުޓްކޮށް ވިއްކަމުން އަންނަ ކުންފުންޏެކެވެ.

ޝީޝާއިން ވިއްކާ ސައިކަލުތަކަށް ބަލާއިރު، ޒޫމާއެކްސް އާއި ރާއްޖޭގެ އެންމެ މަގުބޫލު އެއާބްލޭޑްގެ އެންމެ ފަހުގެ މޮޑެލްގެ ސައިކަލާއި، އެންމެ ތެޔޮ ހަރަދުކުޑަ މޮޑެލް ސައިކަލުކަމުގައިވާ ވޭވް125އައި، އަދި ވޭވް110އައިގެ އެންމެ ފަހުގެ މޮޑެލް ސައިކަލާއި، ދެ ޖިންސަށް ހާއްސަ ފަހުގެ ސްކޫޕީވެސް ހިމެނެއެވެ. މި ހުރިހާ ވައްތަރެއްގެ ސައިކަލު ފުވައްމުލަކުގައި ހުންނަ އައުޓްލެޓުންވެސް ލިބެން ހުންނާނެއެވެ.

ޝީޝާގެ ފުވައްމުލަކު ޝޯވރޫމް ހުޅުވުން - ފޮޓޯ: ޝީޝާ

މީގެ އިތުރުން، ފުވައްމުލަކުގައި ހުޅުވި ޝޯވރޫމް އިންވެސް ސައިކަލުގެ ސްޕެއަރ ޕާޓްވެސް ވިއްކަމުން ދާނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޝީޝާގެ އައުލެޓްތައް މިހާރުވެސް ހިންގަމުން ދެއެވެ. މާލޭގެ އިތުރުން ހުޅުމާލެ، އައްޑޫ ސިޓީ، އަދި ކުޅުދުއްފުށީގައިވެސް ޝީޝާގެ އައުޓްލެޓެއް ހިންގަމުން ދެއެވެ. މި ހުރިހާ އައުޓްލެޓަކުންވެސް، ހޮންޑާ ބްރޭންޑްގެ ފަހުގެ ސައިކަލުތައް ލިބެން ހުންނާނެއެވެ.

ޝީޝާގެ ފުވައްމުލަކު ޝޯވރޫމް - ފޮޓޯ: ޝީޝާ

އަދި ޝީޝާގެ ހުރިހާ އައުޓްލެޓަކުން އިންސްޓޯލްމެންޓަށް ސައިކަލު ނެގުމުގެ ފުރުސަތާއި، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ މެދުވެރިކޮށް ސައިކަލު ނެގޭނެއެވެ.

ޝީޝާ އިން ބުނިގޮތުގައި، އެ ކުންފުނީގެ ހުރިހާ އައުޓްލެޓެއްގައި ސައިކަލު ނަގާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ދިނުމަށް ނިންމާފައި ވެއެވެ. އަދި ޝީޝާގެ އައު އައުޓްލެޓެއް މި އަހަރު ތެރޭގައި ލ. އަތޮޅުގައި ހުޅުވުމަށްޓަކައި މަސައްކަތްތައް ބާރު ސްޕީޑްގައި ކުރަމުން އަންނަ ކަމަށްވެސް ޝީޝާ އިން މައުލޫމާތު ދެއެވެ.