މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތް ދެމުން ގެންދާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ކަމަށް އަވަސް ރައިޑް އިން ބުނެފިއެވެ.

އަވަސް ރައިޑަކީ އައު އަގުތަކަށް އަމަލުކުރާނެކަމަށް އިއުލާނުކޮށްފައިވާ ފުރަތަމަ ޓެކްސީ ސެންޓަރެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ މާލެ ސަރަހައްދުގެ ޓެކްސީ އަގުތަކަށް ބަލާއިރު މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގަކީ މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ އެވެ. އަދި މާލެ - ހުޅުލެ، ހުޅުލެ - މާލެ ދަތުރެއްގެ އަގު -/60 ރުފިޔާއަށް ކަނޑައަޅާފައިވާއިރު، ހުޅުމާލެ – ހުޅުލެ، ހުޅުލެ - ހުޅުމާލޭ ދަތުރެއްގެ އަގަކީ -/60 ރުފިޔާއެވެ. އަދި މާލެ - ހުޅުމާލެ، ހުޅުމާލެ - މާލެ ދަތުރެއްގެ އަގަކަށް ކަނޑައަޅާފައި ވަނީ -/75 ރުފިޔާއެވެ.

ޓްރާންސްޕޯޓް އިން ފަހުން ކަނޑައެޅި އަގުތަކަށް އަމަލު ނުކުރާނޭކަމަށް ގިނަ ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން އަންނަނީ ސޯޝަލް މީޑިއާގައި އާއި އެކި މީޑިއާތަކުގައި ބުނަމުންނެވެ. ބައެއް ސެންޓަރުތަކުގެ ވެރިންނާއި ސެންޓަރުގެ ޑްރައިވަރުން ވަނީ މިކަމާއި މުޒާހަރާވެސް ކުރަން ނިންމާފައެވެ. އަދި ޓެކްސީ ސެންޓަރުތަކުން ވަނީ ސިވިލް ކޯޓަށް މިއަގުތައް ބާތިލް ކޮށްދިނުމަށް އެދި މައްސަލައެއްވެސް ހުށައަޅާފައެވެ. ގިނަ ޓެކްސީ ސެންޓަރުތަކަކުން ބުނަމުން ދަނީ އަގަށް ގެނެވުނު ބަދަލާއިއެކު ސެންޓަރުތަކުގެ އާމްދަނީއަށް ހީނަރުކަމެއް އަންނާނެ ކަމަށެވެ.

ނަމަވެސް މިގެނެވުނު އަގުގެ ބަދަލަކީ ގިނަ ރައްޔިތުންތަކެއް އެދި އެދި ތިބި ބަދަލެކެވެ.

"ވަގުތު" އިން ދެންނެވި ސުވާލަކަށް ޖަވާބުދެމުން "އަވަސް ރައިޑް"ގެ ސީއީއޯ މުޙައްމަދު ޔާނިއު ރަމީޒް ވިދާޅުވީ، އަވަސް ރައިޑުން މާދަމާ އިން ފެށިގެން ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ އަގުތަކަށް އަަމަލު ކުރާނެ ކަމަށެވެ.

އަވަސް ރައިޑްއަށް ދެއްވަމުން ތިޔަގެންދަވާ ތަރުހީބާއި އިތުބާރަށް ހުރިހާ ކަސްޓަމަރުންނަށް ޝުކުރު ދަންނަވަން!❤️?We would...

Posted by Avas Ride on Monday, August 5, 2019

"ރައްޔިތުންނަށް ރައްކާތެރި އަދި އިތުބާރު ހިފޭ ހިދުމަތެއް ދިނުމަށްޓަކައި އަވަސް ރައިޑް އިން އަބަދުވެސް މަސައްކަތް ކުރާނަން، އަދި ޓްރާންސްޕޯޓާއި ގުޅިގެން ޒަމާނީ ޓެކްސީ ކުރުމުގެ ހިދުމަތެއް ދެވޭތޯ މަސައްކަތް ކުރަމުން ދާނަން، އަވަސް ރައިޑްގެ އެޕުން އަދި އަވަސް ރައިޑް ޓެކްސީ ސެންޓަރުތަކުންވެސް ބަދަލުގެނެވިފައިވާ އާއަގުތަކަށް އަމަލު ކުރަމުން ދާނެ. އަދި ރައްޔިތުންނަށް ހިންހަމަޖެހޭ އިތުބާރުހިފޭ ޚިދުމަތަކަށް ހެދުމަށް މަސައްކަތް ކުރަމުންގެންދާނެ." ޔާނިއު ވިދާޅުވިއެވެ.

ޔާނިއު ވިދާޅުވީ، އަވަސް ރައިޑްގެ ޑްރައިވަރުންނަކީ އަބަދުވެސް ކަމާއި ގުޅުން ހުރި އިދާރާތަކުން ނެރޭ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާނެ ފަރާތްތައް ކަމަށެވެ.

އަވަސް ރައިޑްއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ޓެކްސީ ފްލީޓެވެ. އަދި މިހާރުވެސް އަވަސް ރައިޑްގެ މަގުބޫލުކަން އިތުރުވަމުން އަންނައިރު، އަވަސް ރައިޑް އާއި އިތުރު ޓެކްސީތައް ވެސް ދަނީ ގުޅެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ހައިފާ

  އަވަސް ރައިޑް ތީހަމަ އެއްވަނަ.

  66
  5
 2. ޖ

  ދެންތިބޭ ޓެކުސީޑުރައިވަރުން ހަޅޭލަވަން ވާނެއެއްވެސް ކަމެއްނޮއޮންނާނެ ހަމަތިބެންޖެހޭނީ

  59
  3
 3. އިބްރާހީމް

  ޝުކުރިއްޔާ އަވަސްރައިޑް.

  69
  2
 4. ޥިންދު

  ރައްޔިތުން ފެލުން ހުއްޓުވަންވީ. މަދު ފަހަރަކު އެކަނި އިނދެ ޓެކްސީގައި ދަތުރު ކުރެވިފައިވަނީ. ޢާންމުކޮށް އެކަކު އިތުރަށް އަރުވާ ދަތުރުގެ ތެރޭގައި. ކައިރި ހޖސާބަކަށް ފޭބިނަމަވެސް ދަތުރެއްގެ އަގު ދެމީހުންގެ އަތުންވެސް ނަގާ. ހުޅުމާލެއިން އަންނައިރު މި ކަން ވަރަށް ގިނަ. އަދި ބައެއް ފަހަރު ދަތުރުގެ ތެރެއިން ތިން ދަތުރު އެބަ ނަގާ. ދިމާވެފަ އެބަހުރި

  63
  3
 5. ބޮކަރ

  ގަވާއިދާ ޚިލާފަށް ޕާކު ކޮށްފައި ހުންނަ ހަތަރު ފުރޮޅުލީ އުޅަނދުތައް ޓޯވް ނުކުރާތާނގައި އޭގެން އެއްޗެއްގައި ޓުރެފިކު ޕޮލިހުންނަށް ޕާކިން އިސްޓިކާގަނޑެއްވެސް ޖަހާލަން ނުކެރިގެން މިއުޅެނީ ކީއްވެތަ؟

  38
  3
 6. އާދަނު

  އަވަސް ރައިޑަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން!

  48
  2
  • ވިސްނާ

   އަވަސް ރައިޑްގެ ޙިދުމަތް ބަރާބަރު އެކަމަކު މައްސަލަޔަކީ ބޭނުންވާއިރު އެޕް މެދުވެރިކޮށްވެސް ޓެކްސީ ނުލިބޭތީ.

   17
   2
 7. ރީކޯ މޫސަ

  ވ ރަނގަޅު ނިންމުމެއް..އަވަސް ރައިޑް..

  46
  3
 8. މޫސަ

  ޢަހަރެން ވަރަށްގިނަފަހަރުމަތިން ޓްރައިކޮށްފިން ތިޔަ އަވަސްރައިޑު އެޕުބޭނުންކޮށްގެން ޓެކުސީއެއްލިބޭތޯ އަދިމިވީހިސާބަށް ޓެކުސީއެއް ލިބޭކަމަކަށްނުވޭ.

  14
  2
 9. މަހްމޫދު

  ސާބަހޭ އަވަސް ރައިޑަށް. ތީހަމަ މިޤައުމަސް ބޭނުންވާ ދަރީންނަކީ. ޓެކްސީ ޑްރއިވަރުން ދެން ރާކަނި މަސް ކާންދޭ. އަދި އެބަ ބުނޭ ނޫން ނުކުރާނމޭ އެއަގުގަ ދަތުރެއް . އަޅެ ކާކުތައް ބުނީ ކުރާށޭ ކަލޭމެން ކައިރީގައި . އވަވަހަށް ކާރު މަގުމަތިން ނަގާފައި ގެއަށް ވަދެބަލަ

  14
  1
 10. ފިރި

  ނާދެޔޭ، ނާދެޔޭ. އަންހެނެއް ރިކުވެސްޓްކުރީމަ އަންނަނީ. އެޕުބާއްވާފަ އެޕުނުލާ ދުއްވަނީ.

  8
  1
 11. އަޒޫ

  މި އެޕް އިން ހުޅުމާލެއައް ދާން އެކަނި ޑުރައިވަރުން ނަގަނީ.. މާލޭގެ ރައިޑް ނުނަގަން އުޅެނީ

  9
  2
 12. އާމިނަ

  އަވަސް ރައިޑް އުޅޭހެން އުޅެން ދަސްކޮށްބަލަ
  ނަމޫނާ ބައެއް
  ވ .އިތުބާރު ކުރެވޭ. ޖަޒާކަﷲ ޚައިރަން.

  10
 13. ސައިޒުކުރުން

  ޓެކްސީސެންޓަރުތައް އުވާލަންވީ އުވާލާފަ ސަރުކާރުން އެހިދުމަތްދޭންވީ... އޭރުން ދައުލަތައް އެއްޗެއްވަންނާނީ... ކުރިއައްއޮތްތާމިކަންވާނެކަމަށް ބުނަނީ.... ގަދައިނގޭ ސަރުކާރު.... ސެންޓަރުތައް އުވާލަންވީ...

  4
  2
 14. ޜާއްޖެ

  ޓެކްސީސެންޓަރުތައް އުވާލަންވީ އުވާލާފަ ސަރުކާރުން އެހިދުމަތްދޭންވީ... އޭރުން ދައުލަތައް އެއްޗެއްވަންނާނީ... ކުރިއައްއޮތްތާމިކަންވާނެކަމަށް ބުނަނީ.... ގަދައިނގޭ ސަރުކާރު.... ސެންޓަރުތައް އުވާލަންވީ...

  5
  1