ޕެޓްރޯލް ޝެޑްތައް ހުޅުވާފައި ހުންނަ ގަޑިތައް އިތުރު ކުރުމުގެ ހުއްދަ ސަރުކާރުން ދީފިއެވެ.
އިކޮނަމިކް މިނިސްޓްރީ އިން މިހާރު ވަނީ ރޭގަނޑު 00:00 އާއި ހަމައަށް ޕެޓްރޯލް ޝެޑްތަކުން ޚިދުމަތް ދިނުމުގެ ހުއްދަ ދީފައެވެ. މީގެ ކުރިން ރޭގަނޑު 22:00 ގައި ޕެޓްރޯލް ޝެޑްތައް ވެސް ބަންދުކުރަން ޖެހެއެވެ.
ސަރުކާރުން މިހާރު ވަނީ ކެފޭތަކާއި ރެސްޓޯރެންޓްތައް ވެސް ރޭގަނޑު 01:00 އާއި ހަމައަށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފައެވެ.
އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު މިރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރޭގަނޑު 10 ޖަހާއިރު ފިހާރަތައް ބަންދުކުރި ނަމަވެސް ފިހާރަތަކަށް ބޭނުންވާ މުދާތައް ވެއްދުމަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.
"ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން ކުރިން ބާރަޖެހުމާހަމަޔަށް މިހުރީ. އެހެންނަމަވެސް މިހާރު އައި ބަދަލާ ގުޅިގެން ރޭގަނޑު އެކެއްޖެހުމާ ހަމަޔަށް ހުޅުވާފަ ބެހެއްޓޭނެ. ޕެޓްރޯލް ޝެޑްތައް ވެސް ބާރަ ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ. ފިހާރަތައް ދިހައެއް ޖަހާއިރުގައި ބަންދުކުރަންޖެހޭނެ. އެހެންނަމަވެސް ވިޔަފަރިވެރިން ސްޓޮކް ރިޕްލޭސްކުރުމަށްޓަކައި ވިޔަފާރިތައް ހުޅުވިފައި ބެހެއްޓިދާނެ. އެހެންނަމަވެސް ވިޔަފާރިކުރުން މަނާވާނެ." ޢާދަމް ތަޢުފީޤް ވިދާޅުވިއެވެ.
އެހެން ހުޅުވާފަ ހުންނަ ގަޑިތަކުގައި ދޭތެރެއަކުން ވިޔަފާރިއެއް ކޮށްލާނީއެވެ.
ދިވެހިންނަކީ ހުއްދަ ކަންތަކާ ޙަލާކު ކަންތަކަށް އެހާ އިންޓްރަސްޓް ހުންނަ ބައެއްނޫން. މަނާ ކަންތަކާ ހަރާމް ކަންތަކާ އަގުބޮޑު ތަކެއްޗަށް ލޯބި ކުރާ ބައެއް.