އަޟްހާ އީދާއި ދިމާކޮށް ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ އަތަރު ބްރޭންޑް އޫދް އަލް ސަބާޔާއިން ވިޔަފާރިކޮށްގެން ހަދިޔާތަކެއް ލިބޭ ޕްރޮމޯޝަންއެއް ފަށައިފިއެވެ.

މިރެއިން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އޫދް އަލް ސަބާޔާގެ ފިހާރައިން ކުރާ ކޮންމެ ވިޔަފާރިއަކަށް ހިލޭ އަތަރު ފުޅިއެއް ލިބިގެން ދާނެއެވެ.

މީގެ އިތުރުން އީދަށް ހާއްސަކޮށް ހާއްސަ ގިފްޓް ޕެކެއްވެސް އޫދް އަލް ސަބާޔާއިން ވަނީ ތައާރަފްކޮށްފައެވެ. ހަތަރު ފުޅި ސެންޓު އިންނަ މި ގިފްޓް ޕެކްގެ އަގަކީ 300 ރުފިޔާއެވެ. މިއީ ރަހުމަތްތެރިއަކަށް ނޫނީ ލޯބިވެރިޔާ ނޫނީ އަނބިމީހާ/ފިރިމީހާއަށް އީދު ހަދިޔާއެއް ދިނުމަށް ގަނެވިދާނެ ގިފްޓް ޕެކެކެވެ.

ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ އަތަރާއި ސެންޓް އަދި ބޮޑީ ލޯޝަން އާއި އެއާ ފްރެޝްނާ ފަދަ އެއްޗެހި ވިއްކަމުން އަންނަ އޫދް އަލް ސަބާޔާގެ މާލެ ފިހާރަ ހުންނާނީ މާފަންނު މިރިޔަސް މަގުގައެވެ. މި ބްރޭންޑްގެ ފިހާރައެއް އައްޑޫގައި ވެސް ހިންގަމުންދެއެވެ. އަދި އޫދް އަލް ސަބާޔާގެ ޕްރޮޑަކްޓްތައް ރީޓެއިލްކޮށް ހުޅުމާލެ ޝަރޫ މާޓުން ލިބެން ހުންނާނެއެވެ.

އޫދް އަލް ސަބާޔާއާ ގުޅޭނެ ފޯން ނަމްބަރަކީ 9495757 އެވެ.