ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓިކެޓިންގް އޮފީސް، ޗާންދަނީ މަގާއި އަމީރު އަހްމަދު މަގު ކަންމަތީގައި ހުންނަ އެސްޓީއޯ ސިޓީ ސްކެއާގެ އިމާރާތަށް ބަދަލުކޮށްފިއެވެ.

މޯލްޑިވިއަންގެ ޓިކެޓް އޮފީސް ސިޓީ ސްކެއާގެ އެންމެ ތިރީ ފަންގިފިލާއަށް ބަދަލުކުރިިއިރު، މިހާރުން ފެށިގެން އެތަނުން ހިދުމަތް ލިބިގެންދާނެއެވެ. އެ އޮފީސް ރަސްމީކޮށް ހުޅުވަން ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެ އިމާރާތަށް މިވަގުތު ބަދަލުވެފައި ވަނީ ޓިކެޓް އޮފީސް އެކަންޏެވެެ.

"ވަގުތު"އަށް މައުލޫމާތުދެމުން މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު މުސާ ވަސީމް ވިދާޅުވީ، މިއަދުން ފެށިގެން އާ އޮފީހުންވެސް ޚިދުމަތް ލިބިގެން ދާނެ ކަމަށާއި، ރަސްމީކޮށް އެތަން ހުޅުވާނީ ބުރަސްފަތި ދުވަހު ކަމަށެވެ.

މޫސަ ވިދާޅުވީ، ކުރިން ދާރުލް އީމާންގައި ހިންގަންމުން އައި އެ އޮފީސް ސިޓީ ސްކޮޔާއަށް ބަދަލުކުރީ މުވައްޒަފުންނަށް ރަނގަޅު އޮފީސް މާހައުލެއް ހޯދައި ދޭންވެގެން މެނޭޖްމެންޓުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކަމަށެވެ.

"މިހާރު މެނޭޖްމެންޓުން މިގެންގުޅޭ ވިސްނުމަކީ ހުރިހާ ސްޓާފުންނަށް މަސައްކަތުގެ ރަނގަޅު މާހައުލެއް އިންނަންވާނެކަމަށް، ސްޓާފުންނަށް ރަނގަޅު ވޯކިންގ އެންވެރޮމެންޓެއް ހޯދަ ދޭންވެގެން ބަދަލު މި ކުރީ" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، އާ އޮފީހުގެ ޖާގަ ކުރިއަށްވުރެ ތަނަވަސްވެފައި، ހިދުމަތް ލިބޭ ކައުންޓަރުގެ އަދަދުވެސް އިތުރުވެގެން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާއަހުމަދު

    ވަރަށް ގިނަތަންތާ ކައުންޓަރު މަދެއްނުން އެކަމަކު ހިދުމަތް ގިނަފަހަރަށް ލިބެނީ ދެކައުންޓަރުން

  2. ޞޮކްޗް

    ކައުންޓަރޭ ގިނައީ. ހިދުމަތް ލިބެނީ 3 ކައުންޓަރއިންނޭ

  3. Anonymous

    ފިޔަކޮށަންވީނޫންތޯ،؟ ތިހަތަންތަނަށް ދުވަންޏާ. ކީވެތޯ ޖައްވުގައި ނޭޅީ