ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތައް 24 ގަޑިއިރަށް ބަދަލުކުރަން ނިންމާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް" ގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރުގެ ނާއިބު އާދަމް ތަޢުފީޤް ވިދާޅުވީ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތަކަށް 24 ގަޑިއިރު ޚިދުމަތްދޭ ތަންތަނަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށާއި، އެކަމަށް މިހާރު އެ މިނިސްޓްރީ ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެގޮތުން އެކަމަށް ބޭނުންވާ ޚާއްޞަ ވަރަށް ހަރުދަނާ އުސޫލްތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެެވެ.

ބައެއް ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތައް 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ ދީނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައެވެ، އޭގެ ފަހުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައިވެސް ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓްތައް ބަންދު ކުރާ ގަޑިތަކަށް ބަދަލު ގެނައެވެ، އަދި މިހާރު އަމަލުކުރަމުންދާ ގޮތަށް ފިހާރަތައް ރޭގަނޑު 10:00 ޖަހާއިރު އަދި ހޮޓާ ރެސްޓޯރަންޓްތައް ރޭގަނޑު 12:00ގައި ބަންދުކުރުމަށް ނިންމީ މި ސަރުކާރުންނެވެ.

އެހެން ނަމަވެސް މި ސަރުކާރުން އަނެއްކާވެސް ގެންނަން މި އުޅޭ ބަދާލަކީ ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އައްޑޫ ތަކުރު

    ސަރުކާރުގެ އޮފީސްތަކާއި ޕްރައިވެޓް އޮފީސް ވެސް 24 ގަޑީގެ ހުޅުވަންޖެހޭނެ ނޫންތޯ؟

  2. ކެފޭ ރެސްޓޯރެންޓްސް ތައް ހުޅުވާ ގަޑިތައް އިތުރުކޮށްގެން އަދި ޕެޓްރޯލް ޝެޑްސް ތައް ހުޅުވާ ގަޑިތައް އިތުރު ކޮށްގެން ނަމަވެސް މާލޭގެ ބާޒާރު މަތީގައި މީހުންނަށް ދުވާލު ދަތުރު ކުރެވޭ ގޮތް ހަދަން އެބަޖެހެއެވެ. މަމެން ގަބޫލުކުރާ ގޮތުގައި ރާއްޖެތެރޭން މާލެ އަށް އަންނަ އޮޑި ފަހަރު ދެން ދާން ޖެހޭނީ ގުޅި ފަޅަށް ދާން ވަގުތީ ގޮތުން ނަމަވެސް. މުދާ އަރުވަން ވެސް ޖެހޭނީ ގުޅިފަޅުން ނެވެ. މާލެ ފަޅަށް ވަންނާނެ ކަމެއް ނެތެވެ. މާލޭގެ ވަޅޯ މަސް މާރުކޭޓް އަދި ލޯކަލް މާރުކޭޓް ވެސް ބަދަލު ކޮށްލަންވީ ގުޅި ފަޅަށް އަދި މަސްމާރުކޭޓް ވެސް ބަދަލު ކޮށްލަންވީ ގުޅިފަޅަށް. އެކަން ކުރުމަށް ޓަކައި ޗައިނާގެ ބޭންކް އަކުން ލޯނެއް ނަގައިގެން އަވަަހަށް ބްރިޖް އެއް އަޅަންވީ މާލެ އާއި ގުޅިފަޅާއި ދެމެދު. އެއިރުން މާލެ ލިޓިލް ޓޯކިޔޯ އަށް ބަދަލު ވާނީ. އައި އޭމް ޖަސްޓް ކިއުރިއަސް އެބައުޓް ދިސް ޗޭންޖް. ކްރިޓިކްސް ދެކޮޅު ހަދާނެ އެމެން ރަންރީނދޫ ޓްވިޓަރޭ މެން ފެލި ފެލި ތިބެދާނެ އެއް ނޫންތޭ ކުރެވޭނެ އެއް ކަމެއްވެސް ނޯންނާނެ ވިއްްޔާދޯ.

  3. ކަލޭމެންނަށް ހަލާކުހުރި!

  4. ތީ އެހާ ރަނގަޅު ކަމެއް ކަމަކަށް ނުބެލެވޭ. އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަން ޖެހޭނީ ރޭގަނޑު ޢިޝާއަށްފަހު އަވަހަށް ނިދައި ފަތިހު އަވަހަށް ހޭލައިގެން ދުވާލުގެ މަސައްކަތަށް މުރާލިކަމާއެކު ނުކުންނަ ގޮތަށް. ރޭގަނޑު ހަތަރުދަމު ކޮފީގަ ރައްޓެހިންނާއެކު އަނގަ ތަޅަން ހޭލާ އުޅެއުޅެފަ ކަންނެތްކަމާއެކު ވަޒީފާއަށް ނުކުންނަ ގޮތަކަށް ނޫން. މިކަމަށް މަގުފަހިވާ ގޮތަށް ކަންކަން އޮތުމަކީ އެހާ ބަލައިގަނެވޭ ކަމެއް ނޫން. މީ އަޅުގަނޑުގެ މިނިވަން ޚިޔާލު.

    • އަހަންމަދޭގެ ތިމިނިވަން ޚިޔާލައް އަޅުގަނޑު ވަރައް ތާއިދުކުރަން.

    • ޢަހަންމަދޭ ގެ ހިޔާލަކީ އަސްލު މުޅިގަުމުގެ ގައުމަށް ހެޔޮއެދޭ މީހުން ބަލާގަންނަ ޙިޔާލެއް ވަރަށްތާއީދު. މިހާރު

  5. ތީ ރަނގަޅު ކަމެއް

  6. ތީ ވަރަށް ރަނގަޅުކަމެއް. އޭރުން ސަރުކާރަށްް ވަންނަ ޓެކްސް އިތުރުވާނެ. ވަގު ވިޔަފާރި ހުއްޓުމަކަށް އަންނާނެ.

  7. ވަރަށް ގޯސް ޒިންމާދާރުކަން ކުޑަ ނިންމުމެއް. ތިކަމުގެ ސަބަބުން ގޯސް އެތައް ކަމެއް ރަށުތެރޭގައި އާއްމު ވެދާނެ. ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން ބޭނުން ކަމުގައި ވާނަމަ ތިފަދަ ކަންކަން ނުކުރަން ގޮވާލަން. ކެނެރީ ގޭ ނަޝީދު ވެސް ނިންމި ތިކަން. ނަމަވެސް ތިކަން ހުއްޓާލީ ގޯސްކަމެއްކަމަށް ދެކިގެން. ޢަހަރަމެންގެ މުޖުތަމައު ވާންވާނީ އިސްލާމީ ރިވެތި އާދަތަކުން ޖަރީ ކުރަން. ޙުޅަގުގެ ނުބައި ކަންތައް ދޫކޮށްލަން ޖެހޭ..

  8. ދަންވި ދަންވިހެން ކުށުގެ ވެހި ތަރައްޤީވެ އާއްމު ރައްޔިތުންނަށް ބިރުވެރިކަން...

  9. މިސަރުކާރަކީ އުނބަށް ޖެއްސެވުމުގެ ރެކޯޑެއް ގާއިމުކުރާނެ ސަރުކާރެއް ކަމަށްބެލެވޭ!! ދުވާލު ހަތަރުފުރޮޅުލީ އުޅަނދަށް ޚާއްޞަކޮށްފަ، ރޭގަނޑު ދެފުރޮޅުލީ އުޅަނދަށް ޚާއްޞަކުރަން ފެނޭ!! އޭރުން ވަޒީފާއަށް ދާންޖެހޭނީ ހިނގާފަ ނުވަތަ ޓެކުސީގަ.. ކިހާ ހިތްގައިމު.. ރޭގަނޑު ސައިކުގަ ފިނިބުރު ޖެހޭނެ.. މީ ކިހާސަޅިގޮތެއް..

  10. ކަން ތިހެން އޮތަކަސް ވޯޓެއް ދެނެއް އިތުރުވާނެހެނެއް ހީއެއްނުވޭ...