އެޗްއެސްސީ މޯލްޑިވްސްގެ ފަރާތުން ރާއްޖޭގެ ބާޒާރަށް އާ ވައްތަރެއްގެ ކޮފީއެއް ނެރެފިއެވެ.

އިއްޔެ ހަވީރާއި ރޭ މާލޭގައި ބޭއްވި ސޮފްޓް އޮޕެނިންގގައި ރާއްޖެއަށް ނެރެފައި ވަނީ "ބަރ 2000 ކޮފީ" އެވެ. މަގުމަތީގައި ބޭއްވި ސޮފްޓް އޮޕެނިންގ ރާވާ ހިންގާފައި ވަނީ މާލޭގެ ކޮފީ އާއިލާގެ މެދުގައި މަގްބޫލު ކޮފީ ހައުސްއެއް ކަމަށްވާ "ކޮމްފުޑް" އާއި ގުޅިގެންނެވެ.

އެޗްއެސްސީ އިން ރާއްޖެ އަށް ތަޢާރަފްކުރި ކޮފީއަކީ ޔޫރަޕްގެ ގައުމެއްކަމަށްވާ ސްލޮވީނީއާގެ އުފެއްދުމެކެވެ.

"ބަރ 2000 ކޮފީ" ރާއްޖެއަށް ނެރުމަށް ބޭއްވި އިވެންޓްގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އިއްޔެ ބޭއްވި ސޮފްޓް އޮޕެނިންގައި ގިނަ ބަޔަކު ބައިވެރިވިއެވެ. މަޝްހޫރު ފަންނާނުންގެ ހަރަކާތްތަކާއެކު ކުރިއަށްދިޔަ މި އިވެންޓްގައި ކޮފީގެ ރަހަ ބަލާލުމުގެ ފުރުސަތު އިވެންޓް އޮތް ސަރަހައްދަށް ދިޔަ އެންމެންނަށް ލިބިގެން ދިޔައެވެ.

"ބަރ 2000 ކޮފީ" ރާއްޖެއަށް ނެރުމަށް ބޭއްވި އިވެންޓްގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ކޮފީ ރަހަ ބަލަން ދިޔަ މީހުންނަށް ކޮފީގެ ރަހަ ވަރަށް ކަމުދިޔައެވެ. އެތައް ބައެއްގެ އިތުބާރުވެސް އެ ކޮފީއަށް ލިބިގެން ގޮސްފައި ވެއެވެ.

"ބަރ 2000 ކޮފީ" ރާއްޖެއަށް ނެރުމަށް ބޭއްވި އިވެންޓްގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ބަރ 2000 ކޮފީ"ގެ ފަސް ވައްތަރެއްގެ ކޮފީ ބްލެންޑާ ހިމެނެއެވެ. މީގެ ތެރޭގައި 100 އިންސައްތަ އެރޭބިކާ ކޮފީ އާއި، އެރެބިކާ އަދި ރޮބަސްޓާ ހިމެނޭ ކޮފީ ބްލެންޑްތައް ހިމެނެއެވެ.

"ބަރ 2000 ކޮފީ" ރާއްޖެއަށް ނެރުމަށް ބޭއްވި އިވެންޓްގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އެޗްއެސްސީން ވަނީ "ބަރ 2000 ކޮފީ"ގެ ދަޅާއި، ޕެކެޓް ބާޒާރަށް ނެރެފައެވެ.

ތަފާތު ރަހަތައް ހިމެނޭ މި ކޮފީއަކީ ރާއްޖެއިން މިވަގުތު ލިބޭނެ އެންމެ ފެންވަރު ރަނގަޅު ކޮފީކަން ފާހަގަކޮށްލަން ޖެހެއެވެ.

އެޗްއެސްސީން ބުނީ، އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ބާޒާރުން އަބަދުވެސް ފަސޭހަކާއެކު މި ބްރޭންޑްގެ ކޮފީ ލިބޭނެ ގޮތް ހެދުން ކަމަށެވެ.

"ބަރ 2000 ކޮފީ" ރާއްޖެއަށް ނެރުމަށް ބޭއްވި އިވެންޓްގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އިއްޔެ ނެރުނު މި ކޮފީއާއެކު، އެކި ވައްތަރުގެ ކޮފީ މެޝިނާއި، ކޮފީ ގްރައިންޑަރ އާއި މި ނޫނަސް ކޮފީ އާއި ބެހޭ ގިނަ ސާމާނުތައް އެޗްއެސްސީގެ ފިހާރަ އިން ލިބެން ހުންނާނެއެވެ. އަދި އެއްވެސް ދަތިކަމެއް ނެތި ބޭނުންވާ މެޝިންތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ އިތުރުން، އަވަސް ކަމާއެކު ކަސްޓަމަރ ސާވިސް ކަށަވަރުކޮށްދިނުމަކީ އެޗްއެސްސީގެ އަމާޒު ކަމަށް އެ ކުންފުނިން ބުނެއެވެ.

އެޗްއެސްސީން ވިއްކާ މި ކޮފީ އާއި މެޝިންތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކުން 7342000 އަށް ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް، [email protected] ނޫނީ އެ ކުންފުނީގެ ވެބްސައިޓް www.hscmaldives.com މެދުވެރިކޮށް ގަނެލުމުގެ ފުރުސަތު ލިބޭނެއެވެ.