ހުޅުމާލޭގެ މުދާ ފެރީގެ ދަތުރުތައް ހަމައެކަނި ރޭގަނޑަށް ބަދަލުކޮށްފިއެވެ.

އެމްޓީސީސީން ގެނައި މި ބަދަލާއެކު މުދާ ފެރީ މާލެއިން ފުރާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ރޭގަނޑު 19:00 އާއި 22:00 ގައި އަދި ދަންވަރު 1:00ގައެވެ. އަދި ހުޅުމާލެ އިން މާލެއަށް ފުރާނީ ހަވީރު 17:30 އާއި 20:30 އާއި 23:30 ގައެވެ.

ހުކުރު ދުވަހު އޮންނަ ފެރީ މާލެއިން ފުރާނީ 19:00 ގައި އެވެ. އަދި ހުޅުމާލެ އިން ފުރުން އޮންނާނީ ހަވީރު 17:30 ގައެވެ.

އެމްޓީސީސީގެ މުދާ ފެރީ މާލެއިން ފުރުން ހަމަޖައްސާފައި ވަނީ ދާންނާ ގިމަތައިންނެވެ. އަދި މުދާ ފެރީގެ ބިލްތަކަށް ހުޅުމާލެ އާއި މާލެއިން ވެސް ފައިސާ ބަލައިގަންނައިރު، އެ ފައިސާ ބަލައިގަންނާނީ ފެރީ ފުރުމުގެ 30 މިނެޓްކުރިން ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

އެމްޓީސީސީން މިގޮތަށް ނިންމާފައި ވަނީ ދުވާލު ގަޑީގައި މާލެ ތެރޭގައި މުދާ އުފުލުން މަނާކުރުމާއި ގުޅިގެންނެވެ.