ހދ.ކުޅުދުއްފުށީ އެއަރޕޯޓަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް މާދަމާ ފަށަން ތައްޔާރުވާއިރު، ޓިކެޓްތަކުގެ ޑިމާންޑް ވަރަށް ބޮޑު ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

ކުޅުދުއްފުށީ އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށަން މޯލްޑިވިއަން ތައްޔާރުވެފައިވާއިރު، ިޓިކެޓް ވިއްކަން ފަށައިފައި ވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެންނެވެ. މޯލްޑިވިއަން އިން ބުނީ، މިދިޔަ ދެ ދުވަސްތެރޭގައި މި މަހުގެ 17 ވަނަ ދުވަހު ހަމައަށް ފްލައިޓްތައްވެސް ފުލްވެފައިވާކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް މޯލްޑިވިއަން އިން ކުރަން ނިންމާފައި ވަނީ ދުވާލަކަށް އެއް ދަތުރެވެ.

ކުޅުދުއްފުށީ އެއާޕޯޓްގައި ހަދާފައި ވަނީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެކެވެ.

ކުޅުދުއްފުށި އެއާޕޯޓް ތަރައްގީކޮށްފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުންނެވެ. ރަންވޭގެ މަސައްކަތް އެކަނި ނިންމުމަށް ފަހު ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުށީގައި ފްލައިޓް ޖެއްސިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ައަހުމަދުބެ

    ހުސް ދޮގު، އިއްޒަތްތެރިންގެ އާއިލާތަކަށް އެކަނި ތި ޓިކެޓް ވިއްކީ. ނިކަމެތި ރައްޔިތުމީހާ އަށްް ޖެހުނީ ވެއިޓް ލިސްޓްކޮށް ނޫހުން ޓިކެޓް ހުސްވި ވާހަކަ އަޑުހަން.

  2. ައަބުދު ﷲ

    ސުކުރިންޔާ ރ ޔާމީން

    12
    6
  3. ދަންނަ

    ޝުކުރިއްޔާ ރައީސް ޔާމީން މިޤައުމު މިހާތަނަށް ދުށް އެންމެ ވަރުގަދަ ލީޑަރަކީ ރ. ޔާމީން މަނިކުފާނާ އިދިކޮޅު މީހުން ދެރަވިޔަސް، ލަދުގަތަސް، ފޫހިވިޔަސް، ރުޅިއަޔަސް ތިޔައީހަމަ ތަރައްޤީގެ ބާނީ ސާބަސް ރައިސް ޔާމީން ފަށްފަށުން ހަމަ ޝުކުރިއްޔާ

    11
    6
  4. ލިވީ

    ޝުކުރިއްޔާ ތަރައްޤީގެ ބާނީ ރައީސް ޔާމީން

    9
    7